ގަވަރުނަރުކަމަށް އައްޔަންކުރަން ނިންމި މުނައްވަރާ ގުޅޭގޮތުން ޝަކުވާއަށް ހުޅުވާލައިފި

Loading

Facebook
Twitter
WhatsApp

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރުކަމުގެ މަގާމަށް އައްޔަންކުރަން ރައީސް ޑރ. މުއިއްޒު ފޮނުއްވި އަހްމަދު މުނައްވަރާއި ގުޅޭ ޝަކުވާ ހުށައެޅުމުގެ ފުރުސަތު މަޖިލީހުން ހުޅުވާލައިފިއެވެ.

މުނައްވަރުގެ ނަމާއި ގުޅޭ އެއްވެސް ޝަކުވާއެއް އޮތްނަމަ މާދަމާގެ 14:00 ކުރިން ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް މަޖިލީހުން ބުނެއެވެ. އަދި ޝަކުވާ ހުށައަޅާނީ އެ ޝަކުވާ ހުށައަޅާ ފަރާތުގައި ނަމާއި އެޑްރެސް އަދި ފޯން ނަމްބަރު އެނގޭގޮތަށްް މަޖިލީހުގެ އީމެއިލްއަށް ކަމަށެވެ. 

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުގެ މަގާމަށް ބޭފުޅަކު ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

އެމްއެމްއޭގެ ގަވަރުނަރުކަމުގެ މަގާމަށް އައްޔަންކުރަން ނިންމާފައިވަނީ ކުރީގެ ފިނޭންސް މިނިސްޓަރު އަޙްމަދު މުނައްވަރެވެ.

ގަވަރުނަރުކަމުގެ މަގާމަށް މުނައްވަރު ހަމަޖެއްސެވުމާ މެދު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނުގެ 6 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގެ ދަށުން ރައީސް ޑރ.މުޢިއްޒު ވަނީ ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް އެދިވަޑައިގެން، އެ މަޖިލީހަށް ހުށަހަޅުއްވައިފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އެ މައްސަލަ ކަމާގުޅޭ ކޮމިިޓީއަށް ފޮނުވައިފައެވެ.

މުނައްވަރުގެ ނަމާއި ގުޅޭ އެއްވެސް ޝަކުވާއެއް އޮތްނަމަ މާދަމާގެ 14:00 ކުރިން ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް މަޖިލީހުން ވަނީ ބުނެފައެވެ.

ޝަކުވާ ހުށައަޅާނީ އެ ޝަކުވާ ހުށައަޅާ ފަރާތުގައި ނަމާއި އެޑްރެސް އަދި ފޯން ނަމްބަރު އެނގޭގޮތަށްް މަޖިލީހުގެ އީމެއިލްއަށެވެ.

ގަވަރުނަރަކަށް ކުރިން ހުންނެވި އަލީ ހާޝިމް އެ މަގާމުން ވަކިކުރެއްވުމަށް، ރައްޔިތުން މަޖިލީހުން ރައީސްއަށް މަޝްވަރާދެއްވާފައިވާތީ އަލީ ހާޝިމް އެ މަގާމުން ވަކިކުރެއްވީ އިއްޔެގައެވެ.

ހާޝިމް ވަކިކުރުމަށް މަގާމުން ވަކިކުރުމަށް ފެންނަ ކަމަށް 63 މެންބަރުން ވޯޓު ދެއްވިއެވެ. އެކަމާ ދެކޮޅަށް ވޯޓު ދެއްވީ 09 މެންބަރެކެވެ.

ހާޝިމް މަގާމުން ވަކިކުރަން ފާސްކުރި ކޮމިޓީ ރިޕޯޓުގައި ބަޔާންކޮށްފައިވަނީ އެމްއެމްއޭގެ ގާނޫނުގައި ބަޔާންކޮށްފައިވާ އެ އޮތޯރިޓީގެ މަގުސަދުތަކާއި މަސައްކަތްތައް އަދާކުރުމުގެ ގާބިލުކަން އޭނާގެ ކިބައިގައި ނެތް ކަމަށް މާލިއްޔަތު ކޮމިޓީއަށް ސާބިތުވާ ކަމަށް ބުނެއެވެ.

Loading

2 Responses

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް