ފުލުހުންގެ ނަމުގައި ފޭކު މެއިލްތަކެއް ދައުރުވަމުން އަންނާތީ ސަމާލުވާން އެދިއްޖެ

Loading

Facebook
Twitter
WhatsApp
Maldives Dhivehi News

 ދިވެހި ފުލުހުންގެ ނަމުގައި ފޭކު މެއިލްތަކެއް ދައުރުވަމުން އަންނާތީ ސަމާލުވާން ފުލުހުންގެ އިދާރާއިން އަންގައިފިއެވެ.

މިފަދަ މެއިލްތަކެއްގެ ފޮޓޯ ހިއްސާކޮށް ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ފުލުހުން ނުވަތަ ސީޕީގެ ނަމުގައި ފޮނުވާ މެއިލްތަކެއްކަން ނުވަތަ ފުލުހުން އަންގާ އެންގުންތަކެއް ގޮތަށް ސިފަވާ ކަހަލަ ފޭކު މެއިލްތަކެއް ދައުރުކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ދައުރު ވަމުންދާ އީމެއިލް ތަކަކީ އެ މުއައްސަސާއިން ފޮނުވަމުން ގެންދާ މެއިލްތަކެއް ނޫން ކަމަށް ޝިފާން ވަނީ ވިދާޅުވެފައެވެ.

ހަމައެހެންމެ މިފަދަ މެއިލްތަކަށް ސަމާލުވުމަށް ޝިފާން ވަނީ އިލްތިމާސް ކުރައްވާފައެވެ.

މީގެ އިތުރުން މިފަދަ މެއިލްތައް ފޮނުވުމަކީ މަކަރާއި، ހީލަތް ހަދައި އޮޅުވާލައިގެން ނަހަމަގޮތެއްގައި ފައިދާ ހޯދާ ފަރާތްތަކުން ބޭނުންކުރާ އާއްމު އުކުޅެއް ކަމުގައި ޝިފާން ވިދާޅުވިއެވެ.

މިގޮތުން މިފަދަ މެއިލްތަކަށް ރިޕްލައިކޮށް، އެ މެއިލްތަކުގައި ހިމެނޭ ލިންކުތަކަށް ނުފިތުމަށް ޝިފާން ވަނީ އިލްތިމާސްކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް