އެމް.ޕީ.އެލްގެ ފުރަތަމަ ބޮންޑް ކޫޕަންގެ ގޮތުގައި 3.5 މިލިއަން ރުފިޔާގެ ފައިދާ އިންވެސްޓަރުންނަށް

Loading

Facebook
Twitter
WhatsApp

މޯލްޑިވްސް ޕޯޓްސް ލިމިޓަޑްގެ ބޮންޑުގައި އިންވެސްޓުކުރި ފަރާތްތަކަށް ފުރަތަމަ ކޫޕަން ޕޭމެންޓުގެ ގޮތުގައި 3.5 މިލިއަން ރުފިޔާ ޖަމާކޮށްދީފިއެވެ.

އެމްޕީއެލް އިން ބުނީ މިއީ އެ ކުންފުނިން ކެޕިޓަލް މާކެޓުގައި އިޝޫކުރި ފުރަތަމަ ބޮންޑު ކަމަށާއި މި ބޮންޑުގައި އިންވެސްޓް ކުރުމުގެ ފުރުސަތު 11 އޭޕްރިލް 2023 ގައި ހުޅުވާލިއިރު މި ބޮންޑަށް ގިނަ ފަރާރްތަކުން އިންވެސްޓުކޮށްފައިވާ ކަމަށެވެ.

އެގޮތުން މި ބޮންޑްގެ ފުރަތަމަ ކޫޕަންގެ ޕޭމަންޓް އިންވެސްޓްކުރި ފަރާތްކަށް 4 ޖުލައި 2024 ގައި ވަނީ ޖަމާކޮށްދީފައި ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

އެމްޕީއެލް އިން ބުނީ އެ ކުންފުނީގެ ބޮންޑު ކާމިޔާބުކަމާއެކީ ކެޕިޓަލް މާކެޓަށް ނެރެދިނުމުގައި ލީޑް އެރޭންޖަރގެ ޙައިސިއްޔަތުން މަސައްކަތްކޮށްފައި ވަނީ ފަރސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން ކަމަށެވެ.

 ފަރސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން އަކީ ފައިނޭންސްގެ ދާއިރާގައި އަދި ޚާއްސަކޮށް ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓުގައި ގިނަ ކުންފުނިތަކެއްގެ އިތުބާރު ހޯދައިފައިވާ ކުންފުންޏެކެވެ.

މިފަދަ ބޮންޑުތަކުގައި އިންވެސްޓުކުރުމަށް ލިބޭ ފުރުސަތުތަކަކީ ފައިސާ ފަހަށް ރައްކާކުރަން ބޭނުންފުޅުވާ ފަރާތްތަކަށް ވަރަށް ރަނގަޅު ފުރުސަތުތަކެކެވެ. ރާއްޖޭގެ ކެޕިޓަލް މާކެޓުގައި ބޮންޑު ލިސްޓުކުރެވެނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ހުއްދަ ލިބިގެންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް