އަންހެނެއްގެ ބަނޑުން ކިލޯއެއްހާ ބަރުދަނުގެ އިސްތަށިގުޅައެއް ނަގައިފި

Loading

Facebook
Twitter
WhatsApp

ދެކުނު އެމެރިކާގެ ގައުމެއްކަމަށްވާ އިކުއެޑޯގައި ކުރެވުނު ހައިރާން ކުރުވަނިވި އޮޕަރޭޝަނަކަށްފަހު އަންހެނެއްގެ ބަނޑުން ކިލޯއެއްހާ ބަރުދަނުގެ އިސްތަށިގުޅައެއް ނަގައިފިއެވެ. އުމުރުން 24 އަހަރުގެ އަންހެންމީހާގެ ބަނޑުން ނެގި އިސްތަށިގުޅައިގެ ބަރުދަނުއި 907 ގަރާމް ހުރިއިރު ބޮޑުމިނުގައި 16 ވަރަކަށް އިންޗި ހުރި ކަމަށް ވެއެވެ. އިސްތަށިގުޅަ ބޮޑު ކަމުން ބަނޑުގެ ބޭރުން އަތްލުމުންވެސް އެފަދަ އެއްޗެއް އޮތްކަން އިނގޭ ކަމަށް ވެއެވެ. އިސްތަށިގުޅަ ހިމަ ގޮހޮރަށް ދާން ފަށާފައިވީނަމަވެސް 45 މިނިޓްގެ އޮޕަރޭޝަން އަކަށް ފަހު ޑޮކްޓަރުން މިހާރުވަނީ ކާމިޔާބްކަމާއެކު ހުރިހާ އިސްތަށިނަގާފައި ކަމަށް ވެއެވެ.

ބަނޑުގައި އިސްތަށިގުޅަ އޮތުމުގެ ސަބަބުން ފާއިތުވި ދެއަހަރު އަންހެންމީހާ އައީ ހޮޑުލުމާ، އެއްޗެއް ނުކެވުމާއި ބަނޑުގައި ރިއްސުން ފަދަ އުނދަގޫ ތައް ތަހައްމަލު ކުރަމުން ކަމަށް ވެއެވެ.އަދި އެއްޗެއް ނުކެވި އެހާ ދުވަސް ވުމުން ވަނީ ހަށިގަނޑު ވަރަށް ބޮޑަށް ހިކި އަނަރޫފަ ވެފަ ކަމަށް ވެއެވެ.

މިޚާއްސަ މެޑިކަލް ކޭސްއާއި ބެހޭގޮތުން ޑޮކްޓަރުން ނެރެފައިވާ ރިޕޯޓް ބުނާގޮތުން އަންހެން މީހާގެ ބަނޑަށް އެހާގިނަ އަދަދަކަށް އިސްތަށިގޮސްފައިވަނީ ދިރުވާލައިގެންނެވެ.އެކަން ހިނގާފައިވާ ސަބަބު    ނޭގުނު ނަމަވެސް އެއަންހެން މީހާއަކީ ”ސައިކޯ އިމޯޝަނަލް“ ނުވަތަ ނަފްސާނީ ބައްޔެއް ހުންނަ މީހެއްކަން ދެނެގަނެވިފައިވާކަމަށް ޑޮކްޓަރުން ބުނެފައި ވެއެވެ.

ސަރޖަރީގެ ސަބަބުން އޭނާގެ ބަނޑަށް ސީރިއަސް ގެއްލުމެއް ނުލިބި ސަލާމަތް ކުރެވިފައިވާ ކަމަށް ޑަކްޓަރުން ބުނެފައި ވެއެވެ.

އަންހެންމީހާ މިހާރުވަނީ (ފޮލޯއަޕް ފަރުވާ އަށް) ހޮސްޕިޓަރުން ދޫކޮށްލާފައެވެ.

މައުލޫމާތު : ވިއޯން ޗެނަލް

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް