މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކުރީ 46 އަހަރުގެ ފިރިހެނެކެވެ. އެއީ އދ.ހަންޏާމީދުއަށް ނިސްބަތްވާ މީހެކެވެ.
ތުހުމަތުކޮށްފައިވާ ކުށް މީނާ ކޮށްފައިވާ ކަމަށް ތުހުމަތުވާ މިންވަރަށް ފުލުހުން ވަނީ ކޯޓަށް ހެކި ހުށަހަޅާފައެވެ. އޭގެތެރޭގައި ހާދިސާ ރިޕޯޓް ހިމެނެއެވެ.
އަންހެން މީހާއާއެކު ވާހަކަ ދެއްކީ މީނާއާއެކު ދިޔަ މީހާ ކަމަށާއި ކުރި ކަމެއް ކުރީ އޭނާ ކަމަށާއި އޭނާ އެއްވެސް މުއާމަލާތެއް ނުހިންގާ ކަމާއި މިކަމުގެ އެއްވެސް މުއާމަލާތެއް އޭނާއަށް ނޭނގޭ ކަމަށް ބުނި ކަމަށް އަމުރުގައިވެއެވެ.
މި މައްސަލާގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ މުއްދަތަކަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.