މަަސްތުވާތަކެއްޗާއި , ގޭންގާއި, ބިދޭސީންގެ މައްސަލަ ހައްލުކޮށް ނަތީޖާ ނެރެދޭނަން: ރައީސް

Loading

Facebook
Twitter
WhatsApp

ރާއްޖޭގެ އޮތް އެންމެ ބޮޑު ތިން މައްސަލަ ކަމަށްވާ މަސްތުވާތަކެއްޗާއި , ގޭންގާއި, ބިދޭސީންގެ މައްސަލަ ހައްލުކޮށް ނަތީޖާ ނެރެދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ނާރެސް ޕޯޓަލް އިފްތިތާހު ކުރުމާއި ކުރަނގި އޮޕަރޭޝަން ފޭސް 2 އިފްތިތާހު ކުރުމުގެ ހަފްލާގައި ރައީސް ވިދާޅުވީ މިރޭ މި ފެށިގެން ދިޔައީ ވަރަށް މުހިންމު ދެ މަސައްކަތް ކަމަށެވެ.

“މީގެ ނަތީޖާއަކަށް ވާނީ ރައްޔިތުންނަށް ހިތްހަމަޖެހުން ރައްކާތެރިކަން ލިބުން އަޅުގަނޑުމެންގެ ގައުމުގެ މިނިވަންކަން ޔަގީން ކުރުމުގަ ކުރެވޭ މަސައްކަތަކަށް ކާމިޔާބީތަކެއް ހާސިލުވެގެންދިއުން“

މި ގައުމުގައި އަދަދު ވެސް ނޭނގޭހައި ބިދޭސީން މަސައްކަތް ކުރަމުންދާއިރު, ގައުމުގެ މިނިވަންކަމަށް ބުރޫއަރާ ކަންތައްތަކުގައި އެ ގައުމެއްގައި އެ ގައުމެއްގަ ރައްޔިތުން ނޫން ބައެއް އުޅެމުންދާނަމަ އެ ބަޔަކާ ބެހޭ މައުލޫމާތު ނޭނގޭނަމަ އެކަމެއް ވެގެންދާނެ ކަމަށެވެ.

“މި ދިޔަ ދުވަސްތަކުގަ މި މައްސަލައަށް އެެދެވޭ ހައްލެއް ނައިސްފައި އޮތީމަ މިހާ ހިސާބަށް ގޮސްފަ މި އޮތީ“

މިއަދު މި ފެށިގެންދާ ކަންކަމުގެ ނަތީޖާއަކަށް ވެގެންދާނީ މި ގައުމުގައި އެކި ކަންކަމުގައި ދިރިއުޅެމުންދާ ބޭރު މީހުންގެ މައުލޫމާތު އެއްކުރެވި އޭގެތެރެއިން ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާކަން އެނގިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ދެން އޭގެފަހުން މި ރާއްޖެއިން ފޮނުވައިލަންޖެހޭ ފަރާތްތައް ފޮނުވައިލެވި އަދި ނިޒާމުގެވތެރެއަށް މަސައްކަތް ކުރަންޖެހޭ ފަރާތްތަކަށް އެކަން ފަހިކުރެވިގެންދާނެ ކަމަށެވެ.

ެަރައީސް ވިދާޅުވީ ޑްރަގްގެ މައްސަލަ އެއީ އެންމެ ބޮޑު އެއް މައްސަލަ ކަމަށެވެ. އަދި ވިދާޅުވީ ޑްރަގްގެ މައްސަލަ ހައްލު ކުރުމަކީ މި ރާއްޖޭގައި އަދި ދުވަހަކު ވެސް ނަތީޖާ ނެރެވުނު ކަމެއް ނޫން ކަމަށާއި އެހެންނަމަވެސް ހުރިހާ ރަށެއްގެ ކައުންސިލުތަކާއި ޖަމްއިއްޔާތަކާއި ޖުމްލަކޮށް މުޅި މުޖުތަމައު އެހީތެރިކަމާއެކު އަޒުމަކަށްވާންވީ މި ފަސް އަހަރުތެރޭގައި އެކަށީގެންވާ ނަތީޖާއެއް މި މައްސަލައަށް ނެރުމަށް ކަމަށެވެ.

“މިއީ އެތައް އަހަރެއްވި މޫލާފައި އޮތް ވަރަށް ބޮޑު މައްސަލައެއް.“
އެހެންނަމަވެސް އަޅުގަނޑުމެން ވަރުގަދަ އަޒުމެއްގަ އެއް ނިޔަތެއްގަ އެ މަސައްކަތް ކުރާނަމަ އެ މައްސަލައަށް ދާއިމީ ހައްލު ގެނެވޭނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި މައްސަލަ ހައްލު ކުރުމަށް ކުރިއަށްދާނެ މަގުތައް މެނިފެސްޓޯގައި ކަނޑައަޅާފައިވާނެ ކަމަށާއި މި ކަންކަމުގައި ލާމަރުކަޒީ ނިޒާމު ވަަރަށް މުހިންމު ވެގެންދާނެކަން ކަށަށެވެ.

މި މައްސަލައާއެކީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައާއި އަދި ގޭންގްތައް ހަދައިގެން އެކި ކަހަލަ ކުށްތަކަށް އަރައިގަންނަ މި ތިން މައްސަލައަކީ މުޖުތަމައުގައި ވަރަށް ބޮޑު ހައްލެއް ގެންނަން ޖެހިފައި އޮތް މައްސަލަތަކެއް ކަމަށާއި ހައްލު ގެނެވިއްޖެނަމަ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ތިން ކަންތަކުގައި އެދެވޭ ނަތީޖާ ނެރެވޭނެ ކަމަށް ވިދާޅުވިއެވެ.

Loading

One Response

  1. ވައުދާ ހުވާކުރާނެޔޭ އެހަދާން ނެތޭނެޔޭ ތީވެރިންގެ އަތްދަށުހިގަމުންދާކަންކަން މަސްތުވެވެނީ ވެސް ބިދޭސީ ވަގުވިޔަފާރިކުރަނީވެސް

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް