ރަސްމީ ދަތުރުފުޅެެއްގައި ތިން މިނިސްޓަރަކު މާދަމާ ޗައިނާއަށް ފުރާވަޑައިގަންނަވަނީ

Loading

Facebook
Twitter
WhatsApp

ރަސްމީ ދަތުރުފުޅެއްގައި ތިން މިނިސްޓަރަކު
މާދަމާ ޗައިނާއަށް ވަަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މި ދަތުރުފުޅުގައި ވަޑައިގަންނަވާނީ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި މިނިސްޓަރ އޮފް ފިނޭންސް ޑރ.މުޙައްމަދު ޝަފީގާއި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުލް މުއްޠަލިބެވެ.

މީގެއިތުރުން ދިވެހި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެޮއެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައ ބުނީ ސީޕީސީގެ ސެންޓްރަލް ކޮމިޓީގެ ޕޮލިޓިކަލް ބިއުރޯގެ މެންބަރު، ސެންޓްރަލް ކޮމިޝަން ފޯ ފޮރިން އެފެއާޒްގެ އޮފީހުގެ ޑިރެކްޓަރު އަދި ޗައިނާގެ ފޮރިން މިނިސްޓަރު މިސްޓަރ ވަންގް ޔީ ގެ ދައުވަތަކަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިމަހުގެ 20 އިން 24 އަށް ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރު ޒަމީރު، ފޮރިން މިނިސްޓަރު ވަންގް ޔީއާ އެކު ރަސްމީ މަޝްވަރާތަކެއް ކުރެއްވުމަށާއި މި ދަތުރުފުޅުގައި ޗައިނާ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވާނެ އެވެ.

މީގެއިތުރުން ރާއްޖޭގެ އިގްތިސާދީ ކުރިއެރުމުގައި އިސް ދައުރެއް އަދާކޮށްފައިވާ ޗައިނާގެ މުހިންމު ކުންފުނިތަކާއެކު މިނިސްޓަރު ޒަމީރު މަޝްވަރާ ކުރައްވާނެ ކަމަށެވެ

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް