ސީއެންއެންގެ މިއަދު ހެނދުނު ޚަބަރުގައި ބުނެފައިވަނީ މެދުތެރޭ ގައްޒާގެ ނުސައިރަތު އަވަށުގައި ހުންނަ ސްކޫލް ސަރަހައްދަށް އިސްރާއީލުން ދިން މިސައިލް ހަމަލާގައި 22 މީހުން މަރުވެފައިވާއިރު, އެ ހަމަލާގައި އިސްރާއީލުން ބޭނުންކޮށްފައިވަނީ އެމެރިކާއިން ދީފައިވާ ހަތިޔާރުކަން ހަތިޔާރާ ބެހޭ ތަޖްރިބާކާރުން ސީއެންއެންއަށް ކަށަވަރު ކޮށްދީފައިވާ ކަމަށެވެ.
ކުރިން ސްކޫލަކަށް ބޭނުން ކުރަމުން ދިޔަ އެ އިމާރާތުގައި އެވަގުތު އެތައް ބަޔަކު ހިޔާވަހިކަން ލިބިގަންނަމުން ދިޔަކަމަށާއި 2 މިސައިލެއް އެ އިމާރާތަށް އަމާޒު ވެފައިވާކަމަށް ވެސް ޚަބަރުގައި ބުނެފައިވެއެވެ.
ސީއެންއެންއިން ދެއްކި ވީޑިއޯގައި މިދިޔަ އާދީއްތަ ދުވަހު އިސްރާއީލުން ދިން ހަމަލާގައި ފުޑުފުޑު ވެފައިވާ އިމާރާތުގެ ބައިތަކުގެ ދަށުން މީހުންނެރުމަށް ކެތްތެރިކަމެއްނެތި މީހުންތައް ތެޅިފޮޅެމުން ދިޔައިރު އެމްބިލާންސެއް ވެސް އެތަނުގައި ތައްޔާރަށް އޮތެވެ.
ސީއެންއެންއިން އިންޓަވިއު ކުރި މީހަކު ބުނެފައިވަނީ އިސްރާއީލުގެ ހަމަލާގެ ކުރިން އެއްވެސް އިންޒާރެއްދީފައިނުވާ ކަމަށެވެ. މިވަގުތު ބިމާހަމަކޮށްލާފައިވާ އިމާރާތުގެ ބައިތަކުގެ ދަށުން އެއްދިމާއަކުން އަތެއް އަނެއް ދިމާލަކުން ފައެއް އެ ދަނީ ފެންނަމުންނެވެ. އެ އިމާރާތުގެ ތެރޭގައި ހިޔާވަހިކަން ހޯދުމަށްޓަކައި ވަދެ ތިބީ ހަނގުރާމައިގެ ލަޝްކަރީންނެއް ނޫނެވެ. އެއްވެސް އެހެން ގޮތެއް ނެތިފައި ތިބި އާންމު ރައްޔިތުންނެވެ.
އެހެން މީހަކު ސީއެންއެންއަށް ކިޔާދީފައިވަނީ މިހާރަކަށް އައިސް ބައެއް ސަރަހައްދުތަކުގައި ނުތިބެ ބައެއް އެހެން ސަރަހައްދުތަކުން ރައްކާތެރިކަމާއެކު ހިޔާވަހިކަން ލިބިގަތުމަށް އިސްރާއީލުގެ މިލިޓްރީން އިންޒާރުދެމުން ގެންދާން ފަށައިފި ކަމަށެވެ. އެކަމަކު އެ އިންޒާރުތަކުގެ މަގުސަދަކަށްވެފައި މިވަނީ ވިއްސިވިހާލި ވެފައި ތިބި އަހަރެމެންގެ ރައްޔިތުންގެ ބަޔަކު އެއްތަނަކަށް ޖަމާކުރުމަށްފަހު ހަމަލާދީ ނައްތާލުމެވެ.
މީގެ ފަހުން އިސްރާއީލުގެ ސިފައިންނަށް އެ ފުރުސަތު އަހަރެމެން ނުދޭނަމެވެ. އިސްރާއީލުން ބޭނުންވާނަމަ ދެން އަހަރެމެންގެ ތެރެއަށް ހަމަލާދޭން ޖެހޭނީ ވަކިވަކި ފަރުދުންނަށް އަމާޒުކޮށްގެންނެވެ. ނަތަންޔާހޫ ބޭނުންނަމަ މުޅި ގައްޒާ ވީރާނާ ކޮށްލާފައި އަލުން “ ނަތަންޔާހޫ ގައްޒާ “ ގެ ނަމުގައި އެ ޝަހަރު އިމާރާތް ކުރިޔަސް އަހަރެމެން މިތަނަކުން ނުބޭލޭނެއެވެ.
ސީއެންއެންގައި ވާހަކަ ދައްކަމުން ނުސައިރަތުގެ ވަޒަންވެރިޔަކު ކަމުގައިވާ އަބްދުލްކަރީމް އަލް އައްސާސް ސީ އެންއެންއާއި ސުވާލުކޮށްފައި ބުނަމުން ގެންދިޔައެވެ.
“ އަހަރެމެން ދާނީ ކޮންތަނަކަށް ހެއްޔެވެ؟ ކަލޭމެން ނިކަން ބުނެދީބަލާށެވެ. އަރަބި ގައުމުތަކު ވެރިން ހަމަހިމޭނުން ތިބުމުގެ ސަބަބަކީ ކޮބައިހެއްޔެވެ؟ އަހަރެމްން އަތުގައި ކާނެ އެއްޗެއް ބޯނެ އެއްޗެއް ނެތެވެ. މިތަނުގައި މިތިބީ ހަނގުރާމަވެރިންހެން ކަލޭމެންނަށް ހީވޭ ހެއްޔެވެ؟ މިތަނުގައި މިތިބީ މައިގަނޑު ގޮތެއްގައި ކުޑަކުދިންނާއި މުސްކުޅިންނާއި އަދި އަންހެނުން ނޫންހެއްޔެވެ؟“
ނުސައިރަތުގެ އެހެން ވަޒަންވެރިޔަކު ކަމުގައިވާ ތައިސީރު އަލް ކިލާނީ ސީއެންއެންއަށް ކިޔާދިނެވެ. އަހަރެމެން ވެސް ތިބީ އެ ސްކޫލް ތެރޭގައި ބޯހިޔާވަހިކަން ހޯދައިގެންނެވެ. އިސްރާއީލުގެ ހަމަލާ އަމާޒުވި ވަގުތު ބޭއިޚުތިޔާރުގައި ދުއްވައި ގަނެވުނެވެ. ދެން ކުއްލިއަކަށް އަހަރެންގެ ދަރިޔަކު ޒަޚަމްވެފައި އޮތް އަހަރެންގެ ކާފަދަރިއަކު އަތްދަނޑިމަތީގައި ގެންނަނިކޮށް ފެނުނެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ދެވަނަ މިސައިލް ހަމަލާ އަމާޒު ވެއްޖެއެވެ.
އިސްރާއީލުގެ ޑިފެންސް ފޯސްއިން ބުނެފައިވަނީ ނުސައިރަތުގެ އަބޫ އުރައިބާ ސްކޫލް ހުންނަ ސަރަހައްދުން ވަރަށްގިނައިން އައިޑީއެފްއަށް މުޖާހިދުން ހަމަލާ ދެމުން ގެންދާ ކަމަށެވެ. އެހެންނަމަވެސް ސީއެންއެންއަށް އެކަން ކަށަވަރު ކުރެވޭގޮތެއް ނުވިއެވެ.
One Response
ޑޮނަލްޑްޓްރަމްޕްގެ ކަންފަތުންތެޔޮހަންދިއުންކުއްވެރި އެމެރިކާގެ ހަތިޔާރުބޭނުންކޮގެންދޜ މިފަދަލާއިންސާނީ އަމަލްކުއްވެރިނުވަނީކީއްވެ ؟
ހަމަޔަހޫދީކަންނޫންދެންކޮންކަމެއްމީ އެމެރިކާއަކީ އަހަރެމެންނަށް ހެވެއްއެދޭނެބައެއްނޫންދެލޯފުޅާ ….