ހައްޔަރު ކުރުމުގެ ތެރެއިން މީހަކަށް އަނިޔާވެފައި ވަނީ ފިލަން އުޅެނިކޮށް ވެއްޓިގެން:ފުލުހުން

Loading

Facebook
Twitter
WhatsApp
Maldives Dhivehi News

ފުލުހުން ބަލަމުން ދާ މައްސަލައަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މުޙައްމަދު ޖަމީލް/މ. ދޯޅަބުގެ(38އ) ހައްޔަރު ކުރަން އުޅުމުގެ ތެރެއިން އޭނާ އަށް އަނިޔާވެފައި ވަނީ ހައްޔަރު ކުރަން އުޅުމުން ފިލަން އުޅުމުގެ ތެރޭގައި ވެއްޓިގެން ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައި ވަނީ މިކަމާއި ގުޅިގެން މިއަދު ނެރުނު ނޫސް ބަޔާނެއްގައެވެ.

އެގޮތުން ފުލުހުން ނެރުނު ނޫސް ބަޔާނުގައި ބުނީ އޭނާއަށް އަނިޔާވެފައި ވަނީ، މި މަހުގެ 15 ވަނަ ދުވަހު14:15 ހާއިރު ފުލުހުން އޭނާ ދިރިއުޅޭ ގެއަށް ދިޔުމުން، ތައްޔާރުވެގެން އައުމަށް ވަގުތުކޮޅެއް ދޭން ބުނުމަށްފަހު، އެ ގޭގެ ފުރަތަމަ ފަންގިފިލާގެ ކުޑަދޮރުން ނުކުމެ ފިލަން އުޅުމުގެ ތެރޭގައި މަގުމައްޗަށް ވެއްޓުމުން ކަމަށެވެ.

އަދި އެ ހާދިސާގައި އޭނާގެ ބޯ ފަޅައިގެންގޮސް އިތުރު އަނިޔާތަކެއް ވެސް ވެފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އެހެންކަމުން އޭނާއަށް މިހާރު ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗް ހޮސްޕިޓަލްގެ އިންޓެންސިވް ކެއާ ޔުނިޓްގެ ވެންޓިލޭޓަރުގައި ކަމަށް ފުލުހުން ހާމަކުރެއެވެ.

މިގޮތުން އޭނާ އައިޖީއެމްއެޗަށް ގެންގޮސްފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ މާލޭ ކަސްޓޯޑިއަލްއަށް ގެންގޮސް ކަސްޓޯޑިއަލް މެޑިކަލް އޮފިސަރު ބެލުމަށްފަހު އެ ދުވަހުގެ15:05 ހާއިރު ކަމަށް ފުލުހުންގެ ނޫސް ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން އޭނާ ހައްޔަރުކުރުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތާއި މެދު އާއިލާއިން ކަންބޮޑުވުން ތަކެއް ހުރުމުން، ހައްޔަރުކުރުމުގައި ފުލުހުން އަމަލުކޮށްފައިވާގޮތް ބެލުމަށް، ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑް، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަންގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ވަނީ އެދިފައި ކަމަށް ފުލުހުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް