ގަވަރުނަރު ވަކިކުރަން މާލިއްޔަތު ކޮމިޓީން ފާސްކޮށްފި

Loading

Facebook
Twitter
WhatsApp

 އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަޤާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފިއެވެ.

މި ނިންމުން ފާސްކޮށްފައި މިވަނީ ގަވަރުނަރު މަޤާމުން ވަކިކުރަން މަޖިލީހުން ހިންގާ މައްސަލައިގައި ޖަވާބުދާރީވާން، މާލިއްޔަތު ކޮމިޓީއަށް މިދިޔަ ތިން ދުވަހު ވެސް ގަވަރުނަރު އާލާސްކަންފުޅާ އުޅުއްވާތީ ހާޒިރުވެވަޑައިގެންފައި ނުވާތީ، ލިޔުމުން ފޮނުއްވި ޖަވާބަށް ރިއާޔަތްކުރުމަށްފަހުއެވެ.

ގަވަރުނަރު މަޤާމުން ވަކިކުރުމަށް ހުށަހެޅުއްވީ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ރައީސް އަހްމަދު ނާޒިމް އެވެ.

މާލިއްޔަތު ކޮމިޓީން ގަވަރުނަރު ވަކިކުރަން ރައީސަށް ލަފާދޭން ފާސްކުރުމާއެކު ދެން މިކަމާ މެދު ގޮތެއް ނިންމާނީ މަޖިލީހުގެ މެންބަރުގެ މެދުގައި މި މައްސަލަ ހުށަހަޅައިގެން ނަގާ ވޯޓަކުންނެވެ.

ގަވަރުނަރު ވަކިކުރަން ރައީސަށް ލަފާ ދެނީ ޤައުމުގެ އިގުތިޞާދު ހީނަރުވެ، އަލުން އަނބުރާ އިޔާދަކުރަން އުނދަގޫ ހިސާބަކަށް ދިޔައިރު، އެމްއެމްއޭއަށް މަނިޓަރީ ޕޮލިސީ އޭގެ އެންމެ އެކަށޭނެ ގޮތުގައި ހިންގަމުންދާ ތަން ފެންނަމުން ނުދާތީ ކަމަށް މަޖިލީހުގެ ނައިބު ރައީސް ނާޒިމް ވިދާޅުވެފައިވެއެވެ.

Loading

2 Responses

  1. ދިވެހީންގެ ރާއްޖޭގެ ރައްޔަތުންގެ މަޖިލީސްއަކީވެސް ފުށްދުންތެރިކަން ނެތް އަދި ދީނެއް އުޑެއްބުޑެއްނެތް ގިނަމީހުން ކުލަބެކެވެ. އަތައް ފައިސާފޮއްޗެއް އަރާނެ ކޮންމެގޮތެއް ވަރިހަމަ ބަޔެކެވެ. ދެން އެންމެނެއް ނޫނޭ ބުނެފާނެއެވެ. ނަމަވެސް 99% ދޯ

  2. އަމިއްލަޔަށް އުޅެވޭވަރު ތެދުވެރި މީހެއްވިއްޔާ އެތަނަށް ވަންނާކަށް ބެނުމެއް ނުވޭ. ދެންވާނެ ހައެތި ރާއްޖެއަށް މިވީއެވެ. ރައީސުލް ޖުމްހޫރިއްޔާގެ މަޖިލިސް ކޮންމަޖިލިސް؟ “ ރައްޔަތުންގެ މަޖިލީސް “ އ. ހ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް