ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ އެންމެ އަގުބޮޑު، އިނާމުތައް އެންމެ ގިނަ މުބާރާތްކަމުގައި ހަދާނަން: ރައީސް

Loading

Facebook
Twitter
WhatsApp

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ އިނާމުތައް އެންމެ އަގުބޮޑު، އިނާމުތައް އެންމެ ގިނަ މުބާރާތްކަމުގައި ހައްދަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ މި އަންނަ އަހަރުން ފެށިގެން ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ މި ރާއްޖޭގައި ކޮންމެ އަހަރަކު ބޭއްވޭ އިނާމުތައް އެންމެ އަގުބޮޑު، އަދި އިނާމުތައް އެންމެ ގިނަ މުބާރާތްކަމުގައި ހައްދަވާނެ ކަމުގައެވެ.

އިސްލާމީ މަރުކަޒުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ރައީސް އިތުރަށް ވިދާޅުވީ މާތްވެގެންވާ އިސްލާމްދީނަށް ނަަަސްރުދިނުމަކީ، އެމަނިކުފާނު އެންމެ އިސްކަން ދެއްވާނެ ޤައުމީ އެއް ވާޖިބު ކަމަށެވެ.

އެގޮތުން ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމަށް މި ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ކީރިތި ޤުރުއާން ހިތުދަސް ހާފިޒުން އުފެއްދެވުމަށާއި އެކަމަށް ހިތްވަރުދީ މަގުކޮށައި ދިނުމަށް މި ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާނެ ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި މަސައްކަތުގައި ގެންގުޅުއްވާނެ ސިޔާސަތަކީ ކީރިތި ޤުރްއާން ހިތުދަސް ހާފިޒުން އުފެއްދެވުމަށް ސަރުކާރުން ޚާއްސަ ހޭދައެއްކުރެއްވުން ކަމަށާއި، އެކަމަށްޓަކައި ވަސީލަތްތައް އިތުރުކުރައްވައި ހާފިޒުންނަށް ދެއްވާ އިނާޔަތް ދެ ގުނަޔަށް ބޮޑުކުރެއްވުން ކަމަށެވެ.

މީގެއިތުރުން ހިލޭ ކީރިތި ޤުރުއާން ކިޔެވޭނެ ކުލާސްތައް އިތުރުކުރައްވައި މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ 1981 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ދައުރުގައި 2020 ވަނަ އަހަރު އެ މުބާރާތް ބާއްވާފައެއް ނުވެއެވެ. އެ އަހަރަކީ ކޮވިޑު ބަލި ރާއްޖޭގައި ފެތުރިފައިވާ ދުވަސްވަރެވެ. ނަމަވެސް މިދިޔަ އަހަރު އެ މުބާރާތް ވަނީ ބާއްވާފައެވެ.

Loading

One Response

  1. ގުރުއާނަށް ލޯބި ކުރާނަމަ މިސްތުގައި ޖަހާފަ ހުންނަ މުށިތަކު ގައި ބުދުކުރަހާފައި ހުއްޓާ އެމިސްކިތެއް ގައި ނަމާދު ކުރަން ހުއްދައެއްނުދޭނެ ރަޝީދުމިސްކިތުގައި ޖަހާފައި ހުރިމުށިތަކުގައި ހުރިކުރެހުންތަކުން އަން ހެނަކާ ފިރިހެނެއްގެ ސިފަ ފާޅުވާ ކަމީ ޝައްކެ ހުރި ކަމެއްނޫ އުޑުގަޖެހިފަ ބިމުގަ ޖެހުނަސް
    ނެތެކޭ ނުބުނެވޭނެ ދެންކީއްވެތޯ ތިބުނާ އިމުވެރިން ެތަނަށް ގޮސް ނުބަލަނީ ޝިރުކަކީ ކޮބާތޯ އެކަން ފިސާރި ރަގަޅަށް އޮޅިއްޖެ ސަރުކާރުން އެވަނީ ބީރު ކަންފަތް ދީފަ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް