އިސްލާމް އާބާދުން ރޮއިޓާރސްގެ ޚަބަރުގައި މިއަދު ބުނެފައިވަނީ އިމްރާން ޚާނުގެ ތިންވަނަ އަނބިކަނބަލުން ބުޝްރާ ޚާން ( ބުޝްރާ ބީ ބީ ) އާއެކު ކުރެއްވި ކައިވެނި އިސްލާމީ ޝަރީއަތާ ޚިލާފު ކަމަށް ކަނޑައަޅައި ހަތް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ފެބްރުއަރީމަހުގެ ތެރޭގައި ކޮށްފައިވާ ހުކުމްގެ އިސްތިއުނާފް ޝަރީއަތުގައި ޕްރޮސެކިއުޝަނުން މައްސަލަ ސާބިތުކޮށް ނުދެވުމުން އިސްތިއުނާފް ކޯޓުން އެ މައްސަލަ ބާތިލު ކޮށްލައިފިއެވެ. އަދި އެހެން މައްސަލައެއްގައި ޖަލު ހުކުމް ތަންފީޒު ކުރައްވަން ޖެހިވަޑައިގެންފައިނުވާނަމަ އެ ދެމަފިރި ކަނބަލުން ޖަލުން މިނިވަން ކުރުމަށް އެ ހުކުމްގައި އަމުރުކުރައްވާފައި ވެއެވެ.
ކޯޓުގެ އަމުރު ރޮއިޓާރސްއަށްވެސް ވަނީ ފެނިފައެވެ. އެހެންނަމަވެސް އިމްރާން ޚާނުގެ ޕީ ޓީ އައި ޕާރޓީން ބުނެފައިވަނީ މިލިޓްރީންނާ ދެކޮޅަށް 2023 ގައި އާންމު ރައްޔިތުންގެ ގިނަބަޔަކު މަގުތަކަށް ނެރެފައިވާތީ އާއި މިލިޓްރީއާއި ދައުލަތުގެ ތަންތަނަށް ގެއްލުންދީފައިވާކަމަށްބުނެ ޓެރަރިޒަމްގެ ކުށުގައި އަލުން އިމްރާން ޚާން ހައްޔަރުކުރުމުގެ އަމުރު ސަރުކާރުން ހޯދާފައިވާ ކަމަށެވެ. ފެބްރުއަރީ މަހުގެ އިންތިޚާބުގެ ކުރިން އިމްރާން ޚާނުގެ މައްޗަށް ހުކުމް ކޮށްފައިވާ ހަތަރު ދައުވާ އިސްތިއުނާފް ކޯޓުން ވަނީ ބާތިލުކޮށްފައެވެ. ސަރުކާރުގެ ރަސްމީ ލިއުމެއް އިމްރާން ޚާން އާންމުކުރިކަމުގެ މައްޗަށް ކޮށްފައިވާ ހުކުމް ވެސް ވަނީ މީގެ ކުރިން ބާތިލުކޮށްފައެވެ. އަދި ސަރުކާރުން ހުށައެޅި އެހެން 2 ދައުވާއެއްވެސް ވަނީ މުއްދަތު ނެތްގޮތަށް ފަސްކޮށްފައެވެ.
އެންޓި-ޓެރަރިޒަމް ކޯޓަކުން އިމްރާންޚާން މިނިވަންކުރުން މިދިޔަ ހަފްތާގައި ބާތިލުކޮށް އިމްރާން ޚާނާއި އިތުރު އެތައް ހާސް އާންމު ރައޔިތުންގެ މައްޗަށް ޓެރަރިޒަމްގެ މައްސަލަ ވަނީ ރަސްމީ ގޮތުން ރަޖިސްޓަރީކޮށްފައެވެ. ޕީޓީއައި އިން ބުނެފައިވަނީ އިމްރާން ޚާން ޖަލުގައި ބެހެއްޓުމުގެ ބޭނުމުގައި ސަރުކާރުން މިހާރު ގޭމް ޖައްސަނީ ކަމަށެވެ.
އިމްރާން ޚާންގެ އަނބިކަނބަލުން ބުޝްރާ ޚާން ހުންނެވީ އިމްރާ ޚާން ހޯއްދެވި ބިމެއްގެ މައްސަލައިގާ ބައިވެރިވެފައިވާ ކަމަށް ބެލެވިގެން ކަފާލަތުގެ ދަށުން ދޫކޮށްލާފައެވެ. ނަމަވެސް އިސްތިއުނާފް ކޯޓުގެ ހުކުމާ ގުޅިގެން އެކަމަނާ ވަނީ މިހާރު މިނިވަން ވެފައެވެ.
އިސްތިއުނާފް ކޯޓުން އިމްރާން ޚާނުގެ މައްސަލަތައް ބޭރުކޮށްލުމަށްފަހުވެސް ސަރުކާރުން އެމަނިކުފާނު ޖަލުގައި ބަންދުކޮށްގެން ގެންގުޅެން ވިސްނަމުންގެންދާނަމަ ޕާކިސްތާނުގެ 240 މިލިއަން މީހުންގެ ސަބަބުން ސަރުކާރަށް ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޕީޓީއައި އިން ވަނީ އިންޒާރު ދީފައެވެ.
1947 ވަނައަހަރު ޕާކިސްތާނަށް މިނިވަންކަން ލިބުނު ފަހުން މިހާތަނަށް އެއްވެސް ސަރުކާރަކުން 5 އަހަރު ދުވަހުގެ ދައުރެއް ފުރިހަމަކުރެވިފައެއް ނުވެއެވެ.
2 Responses
ވަރަށް ސިޅިގޮތެކެވެ. ވެރިކަމަށް އަޔަނުދިނުމަށް ރިޝްވަރުދީގެން ދަށުކޯޓުތަކުން ޙުކުމް ކުރުވައި ޖަލަށްލައިފާ އިންތިޚާބު ނިމި ޝައިތާނުތައް ވެރިކަމަށް އިސްވެ ހަމަޖެހިލީމާ ދެން ހައިކޯޓުން ނުވަތ ސުޕްރީމް ކޯޓުން އެ ޙަރާމް ޙުކުމް ބާތިލް ކޮށްލީމާ އެނިމުނީ ދޯއެވެ. ގައުމުގެ ރައްޔަތުން ހަނާވީއެވެ. އަދި ހަމަ ވެރިކަން ލިބެންވާމީހާ އިންދާލެވުނީއެވެ. ނިމިދިޔަ ރާއްޖޭގެ އިންތިޚާބުގައިވެސް ހަމަ ޖެއްސީ ތި ޗައްކަރެވެ. އިއްޒަތްތެރި ޝައިނާތުން ގިނަވީއެވެ. ސަހަރޯއޭ ހިތައް އަރައެވެ. އިސްލާމް ދީނަށްވެސް ހުތުރެވެ.
އަހަރެމެންނަށްވުރެންވެސް ސަޅި. އަހަރެމެން ބައެއްފަހަރު 30 އަހަރުވެސް އެބަ ހަމަކުރަމުތާ