މާލޭ މިސްކިތަކުން ފެން ކޭސްތަކެއް ވަގަށް ނެގި މައްސަލައެއް ފުލުހުން ތަހުގީގު ކުރަނީ

Loading

Facebook
Twitter
WhatsApp

މާލޭގެ މިސްކިތަކުން ފެން ކޭސްތަކެއް ވަގަށް ނެގި މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ ތަހުގީގު ކުރަން ފަށާފައިވަނީ މާލޭ ވިޔަފާރިވެރިންގެ މިސްކިތުގައި ބަހައްޓާފައިވާ ފެންކޭސްތަކެއ ވަގަށް ނެގި މައްސަލައެއް ކަމަށެވެ.

އެގޮތުން މި މައްސަލަ ހުށަހަޅާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އެހެންކަމުން މި މައްސަލައާއި ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ވިޔަފާރިވެރިންގެ މިސްކިތުން ފެން ކޭސްތަކެއް ވަގަށް ނަގައިގެން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު، މިސްކިތްތަކުން ވައްކަން ކުރާ މައްސަލައަށް އިޝާރާތްކޮށް ފުލުހުން މިދިޔަ މަހު ބުނީ މި އަހަރުގެ މިހާތަނަށް މާލޭގެ މިސްކިތްތަކުން ވައްކަން ކުރުމުގެ 21 މައްސަލައެއް ފުލުހުންނަށް ހުށައަޅާފައިވާ ކަމަށާއި އެ މައްސަލަތައް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް