ނޭޓޯއަކީ ޗައިނާއާ ދެކޮޅު ޖަމާއަތަކަށްވުމަށް ހަންގޭރީން ރުހުމެއް ނުދޭނަން

Loading

Facebook
Twitter
WhatsApp

ނޭޓޯއަކީ ޗައިނާއާ ދެކޮޅު ޖަމާއަތަށްވުމަށް ހަންގޭރީން ރުހުން ނުދޭނެކަމަށް އެގައުމުގެ ޚާރިޖީ ވަޒީރު ޕީޓަރ ޒިޖާޓޯ ވިދާޅުވެއްޖެކަމަށް ބުޑަޕެސްޓުން ރޮއިޓާރސް ޚަބަރުދީފިއެވެ.

ވޮޝިންގްޓަންގައި ހިނގަމުންދާ ނޭޓޯގެ ވެރިންގެ ބައްދަލުކުރެއްވުމުގެ ހަވާސާގައި އެމަނިކުފާނު ވިދާޅުވީ ޔޫކްރެއިން އަށް އެ ޖަމާއަތުގެ މެމްބަރުކަން ދިނުމަކީ އެ ޖަމާއަތުގެ އެކުވެރިކަން ބަލިކަށިވެގެންދާނެ ކަމެކެވެ. އޭގެ ސަބަބުން ނޭޓޯއާއި ރަޝިޔާއާ ދެމެދު ދިގުދެމިގެންދާނެ ދުޝްމަނީއަކަށް މަގުފަހިވުން ނޫން އެހެން ކަމެއް ނުވާނެއެވެ. ނޭޓޯއަކީ ދިފާއީ އެއްބަސްވުމެއްގެ މައްޗަށް އެކުލަވާލާފައިވާ ޖަމާއަތެކެވެ. އެހެން ގައުމުގެ ސިޔާސަތަށް ފާޑުކިޔައި ހުރަސްތައް ކުރިމަތި ކުރުމަކީ ނޭޓޯގެ އެއްބަސްވުން ދަންނަ ކަމެއް ނޫނެވެ.

ޗައިނާއަކީ ހަންގޭރީއަށް ވަރަށް މުހިންމު ވިޔަފާރީގެ ބައިވެރިއެކެވެ. ޔޫރަޕްގެ ބައެއް އެހެން ގައުމުތަކުން ޗައިނާއާއި ދުރުހެލިވުމަކީ ހަންގޭރީން ވިސްނަންޖެހޭ ކަމެއް ނޫނެވެ.

މިދިޔަ ހޯމަދުވަހު ކީވަށާއި މޮސްކޯއަށް ވަޑައިގަތުމަށްފަހު ޔޫކްރެއިންގެ ހަނގުރާމަ ހުއްޓުވިދާނެ މަގެއް ހޯދުމުގެ ބޭނުމުގައި ހަންގޭރީގެ ބޮޑުވަޒީރު ވިކްޓަރ އޯރބަން ޗައިނާގެ ރައީސް ޝީ ޖިންޕިން އާއިވެސް ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާފައިވެއެވެ.

ބޮޑުވަޒީރު ވިކްޓަރ އޯރބަން މޮސްކޯގައި ރައީސް ޕޫޓިންއާއި ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވުމުން ޔޫރަޕުގެ ބައެއް ވެރިން ތިބީ ވަރަށް ބޮޑަށް ނުރުހިފައެވެ.

ނޭޓޯގެ ސަމިޓުން ނެރެން އެކުލަވާލާފައިވާ ބަޔާނެއްގެ ޑްރާފްޓްގައި ޔޫކްރެއިނާ ދެކޮޅަށް ރަޝިޔާއިން ކުރަމުންގެންދާ ހަނގުރާމައިގާ ޗައިނާގެ ފުރިހަމަ ބައިވެރިވުން ރަޝިޔާއަށް ލިބޭ ކަމަށާއި އަދި ޗައިނާއަކީ ޔޫރަޕަށް ހުރި ވަރަށް ބޮޑު ނުރައްކަލެއް ކަމަށް ބުނެފައި ވެއެވެ.

ނޭޓޯއިން ނެރެން ގަސްދުކޮށްފައިވާ ބަޔާނާ ބެހޭ ގޮތުން ޗައިނާއިން ބުނެފައިވަނީ އެއީ ރުޅިވެރިކަމާއި ނަފުރަތު އުފައްދަން ރާވާ ރޭވުމެއް ކަމަށެވެ.

2010 ވަނަ އަހަރުއްސުރެ ހަންގޭރީގައި ބޮޑުވަޒީރުގެ މަގާމުގައި ހުންނަވާ ވިކްޓަރ އޯރބާންކީ އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް އާއި ރައީސް ޕޫޓިންގެ ވަރަށް އަރިސް ބޭފުޅެކެވެ.

ނޭޓޯގެ އެއްބަސްވުމާ ޚިލާފަށް ހަންގޭރީގައި ގާނޫނާއި ގަވައިދު ތަންފީޒު ކުރަމުންގެންދާ ކަމަށާއި އެ ގައުމުގައި ކޮރަޕްޝަނާއި ފަސާދަ އަށަގަންނަމުންދާ ކަމަށް ބުނެ ކަމަށްބުނެ ޔޫރަޕިއަން ޔޫނިއަނުން ބުޑަޕެސްޓުގެ 20 ބިލިއަން އެމެރިކާ ޑޮލަރު ވަނީ ހިފައްޓައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް