މަޖިލިސް ތަޅުމުގައި ބޭނުންގޮތަކަށް އަޑުގަދަކުރަން ޖާގައެއް ނުދޭނަން:އަބްދުއްރަހީމް

Loading

Facebook
Twitter
WhatsApp

މަޖިލިސް ތަޅުމުގައި ބޭނުންގޮތަކަށް އަޑުގަދަކުރައްވަން ޖާގަ ނުދެއްވާނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޕީއެންސީއަށް ނިސްބަތްވާ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ވަރަށް އަޑު ހަރުކޮށް ސުވާލު ކުރެއްވުމުންނެވެ.

އެގޮތުން ވޯޓަށް ބޭނުންވެގެން ނޫނީ ވިލިމާލެ ރައްޔިތުން އެއްވެސް ސަރުކާރަކަށް ނުފެންފަ ކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވެފައި ވެއެވެ.

ބްރިޖެއް އަޅަން ބަޔަކާ ހަވާލު ކުރެވިގެން ދިޔަ އިރު އެ ބްރިޖް ކޮންޓްރެކްޓްގައި ފަޅު ހިއްކައިގެން މަގެއް ހަދައިގެން ބްރިޖުގައި މަސައްކަތް ކުރާނެ ވާހަކަ ބުނެފައިވާ ކަމަށާއި ނަމަވެސް އެ ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު އުނދަގުލަކާއި ތަކުލީފެއް މިއަދުވެސް ދިމާވަމުންދާ ކަމަށާއި މިއަދުވެސް ވިލިމާލޭގައި އޮތް މަގު ބޭނުންކޮށްގެން އެމަގު ހަލާކުވެ ފުނޑުފުނޑުވަމުންދާ މައްސަލައިގައި ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުން އެބައޮތް ކަމަށެވެ. ހަމައެހެންމެ ކިރިޔާ ވިއްސާރަކޮޅެއް ވެހިލާއިރަށް އެތާ ފެންބޮޑުވެފައި އޮންނަ ކަމަށެވެ.

އެހިސާބުން ރިޔާސަތުން ވަނީ މެމްބަރު މުހައްމަދު އިސްމާއީލްގެ ވާހަކަ ހުއްޓުވާފައެވެ.  

 ”ބޭނުން ގޮތަކަށް ފުލޯގައި އަޑުގަދަކުރުމަށް ޖާގައެއް ނުދޭނަން. މަޖިލީސްގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތްތެވުމަށް އިއްޒަތްތެރި މެމްބަރަށް ތަކުރާރުކޮށް ދަންނަވަން“ އަބްދުއްރަހީމް ވިދާޅުވިއެވެ.

މިގޮތުން އަބްދުއްރަހީމް ވިދާޅުވީ ވަޒީރުންނާއި ސުވާލުކުރައްވަން ވަޒީރުން މަޖިލީހުގެ ތަޅުމަށް ގެނައުމަށްފަހު ބޭނުންހާ ވާހަކައެއް ދައްކަން ރިޔާސަތުން ފުރުސަތެއް ނުދޭނެ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް