މާލިއްޔަތު ކޮމިޓީއަށް މިއަދު ވަޑައިނުގެންނެވޭ ކަމަށް ގަވަރުނަރު އަންގަވައިފި

Loading

Facebook
Twitter
WhatsApp

މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ހާޒިރުވެ ވަޑައިނުގެންނެވޭނެ ކަމަށް ރާއްޖޭގެ މަރުކަޒީ ބޭންކު އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް އަންގަވައިފިއެވެ.

ހާޝިމް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރު ކުރަން މިއަދު 11:00 އަށް ތާވަލު ކޮށްފައި ވާއިރު އޭނާ މަޤާމުން ވަކިކުރުމުގެ މަސައްކަތް ވަނީ މާލިއްޔަތު ކޮމިޓީން ފަށާފައެވެ. އެގޮތުން މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަކީ ހާޝިމް މަގާމުން ވަކިކުރަން ރައީސް ޑރ. މުހައްމަދު މުޢިއްޒަށް ލަފާއެރުވުމުގެ މައްސަލަ ފަށަން ތާވަލުކުރި ބައްދަލުވުމެވެ.

އެގޮތުން އެމްއެމްއޭ އިން މަޖިލީހަށް ފޮނުވި ސިޓީއެއްގައި ބުނީ ގަވަރުނަރު އަލީ ހާޝިމް އަލާސްކަންފުޅާ އުޅުއްވާތީ މިއަދު އޮފީހަށް ވަޑައިނުގަންނަވާ ކަމަށެވެ.

އެހެންކަމުން ޖަވާބުދާރީވެވަޑައިގަތުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މިއަދު ގަވަރުނަރު ހާޝިމްއަށް ހާޒިރުވެ ވަޑައިނުގެންނެވޭނެ ކަމަށް އެ ސިޓީގައި އަންގާފައި ވެއެވެ.

މިގޮތުން ގަވަރުނަރަށް ހާޒިރު ނުވެވޭނެކަން އެންގުމާއެކު މާލިއްޔަތު ކޮމިޓީގެ އެ ބައްދަލުވުން ވަނީ ކެންސަލްކޮށްފަ އެވެ.

ގަވަރުނަރު ހާޝިމް ހާޒިރު ކުރުމަށް ނިންމާ ތާވަލު ކުރި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ އެ ބައްދަލުވުން ބާއްވަން ނިންމާފައި ވަނީ މިއަދު 11:00 ގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް