ހަމާސްއިން މަޝްވަރާކުރަނީ މުޅި އެކްސިސް އޮފް ރެޒިސްޓޭންސްގެ ނަމުގައި 

Loading

Facebook
Twitter
WhatsApp

ރޮއިޓާރސް ބެއިރޫތުން ޚަބަރުދީފައިވާ ގޮތުގައި ހަމާސްއިން އިސްރާއީލާއެކު މަޝްވަރާކުރަމުން ގެންދަނީ ހަމައެކަނި ހަމާސްގެ ހައިސިއްޔަތުން ނޫންކަމާށާއި އެއީ މުޅި އެކްސިސް އޮފް ރެޒިސްޓޭންސްގެ ނަމުގައި ކުރެވޭ މަޝްވަރާތަކެއް ކަމަށް ހިޒްބު ގެ ލީޑަރ ސައްޔިދު ހަސަން ރޫޙާނީ ވިދާޅުވެއްޖެއެވެ.

އަހަރެމެން ޖިހާދު ކުރާނީވެސް އެއް މަގްސަދެއްގައެވެ. އަހަރެމެން އެއްބަސްވުމަކަށް އަންނާނީވެސް އެންމެން އެކުގައި އެއް މަގުސަދެއްގައެވެ.

ހިޒްބު އަކީ ހަނގުރާމައަށް ބިރުގަންނަ ޖަމާއަތެއް ނޫނެވެ. ހަނގުރާމަކުރަން ޖެހިއްޖެ ކޮންމެ ހާލަތެއްގައި މި ޖަމާއަތަށް ލިބިފައިވާ ހުރިހާ އާރަކާއި ބާރެއް ބޭނުންކޮށްގެން ޖިހާދުކުރަން އަބަދުވެސް ތިބޭނީ ތައްޔާރަށެވެ.

މެދު އިރުމަތީގައި އެމެރިކާގެ ނުފޫޒު ގަދަކުރަމުން ގެންދިއުމާއެކު އަދި އިސްރާއީލުގެ އުދަނގޫތައް އެކިސިފަސިފައިގާ އިރާނަށް ކުރިމަތިވާން ފެށުމުން އީރާނުގެ ފުރިހަމަ އެއްބާރުލުމާއެކު އެކްސިސް އޮފް ރެޒިސްޓޭންސް އުފެދިގެން އައީ މީގެ އަހަރުތަކެއް ކުރިންނެވެ.

އެކްސިސް އޮފް ރެޒިސްޓޭންސްގައި ހިމެނޭ ޖަމާއަތްތައް ކަމުގައި މިހާތަނަށް އެނގިފައިވަނީ ހިޒްބު އާއި ޔަމަންގެ ހޫތީންނާއި އަދި އިރާގުގެ ޝިޔައީ މަޒްހަބުގެ ހަނގުރާމަވެރިންނެވެ.

ޓީވީގެ ޒަރީއާއިން ސައްޔިދު ހަސަން ރޫހާނީ ވިދާޅުވީ މިވަގުތު ހަމާސްއިން އެ މަޝްވަރާ ކުރަމުން ގެންދަނީ ހަމާސްއާއި ފަލަސްތީނުގެ ނަމުގައްޔާއި އަދި އާންމުކޮށް މުޅި އެކްސިސް އޮފް ރެޒިސްޓެންސްގެ ނަމުގައެވެ. އެ މަޝްވަރާތަކުން ނިކުންނަ ކޮންމެ ނަތީޖާއަކީ މުޅި އެކްސިސް އޮފް ރެޒިސްޓެންސުން ރުހުން ލިބޭނެ ނަތީޖާއެކެވެ.

ހިޒްބު އިން އިސްރާއީލުގެ އުތުރު ސަރަހައްދަށް ދެމުންގެންދާ ހަމަލާތައް އިތުރަށް ހޫނުވެގެންދިއުން ހުއްޓުވުމަށްޓަކައި އެމެރިކާއާއި ފްރާންސުން ޑިޕްލޯމެޓިކް ހައްލެއް ހޯދަން ކުރަމުންގެންދާ މަސައްކަތަށް ހަވާލާ ދެއްވައި ސައްޔިދު ހަސަން ނަސްރު ވިދާޅުވީ އިސްރާއީލުން ގައްޒާއަށް ދޭ ހަމަލާތައް ހުއްޓާލައި ގައްޒާގެ ބިމުން އިސްރާއީލުގެ ސިފައިން ފޭބުމުން ހިޒްބު އާއި ހޫތީން ހަމަލާތައްވެސް ހުއްޓުމަކަށް އަންނާނެއެވެ. އެކަމަށް އިތުރު މަޝްވަރާއަކަށް ދާން ބޭނުމެއް ނުވާނެއެވެ.

މިދިޔަ ބުދަ ދުވަހު އިސްރާއީލު ސިފައިންވަނީ ގައްޒާގެ ޝިޖައްޔާއަވަށުގައި ދިން ހަމަލާތައް ހުއްޓުމަކަށް ގެނެސް އެ ސަރަހައްދުން އިސްރާއީލުގެ ސިފައިން ފައިބައިގެން ހިނގައްޖެކަން އިއުލާން ކޮށްފައެވެ.

ރޮއިޓާރސްގެ އެނެމެ ފަހުގެ ޚަބަރުތަކަށްބަލާއިރު ގައްޒާ ސިޓިގެ ޝިޖައްޔާ އަވަށުން އިސްރާއީލުގެ ސިފައިން ފޭބުމަށްފަހު އެ އަވަށުފެ ވަޒަންވެރިން އެނބުރި ދިޔައިރު މުޅި އަވަށުގައި ބިމާ ހަމަކޮށްނުލާ އެއްވެސް އިމާރާތެއް ނެތެވެ. ބިމާ ހަމަކޮށްލާފައިވާ އިމާރާތްތަކުގެ ދަށުން މިހާތަނަށް ފަސްދޮޅަހަކަށް މީހުންގެ ހަށިގަނޑު ވަނީ ހޯދާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް