ޓްރަމްޕްއަށް ހަމަލާދިނީ އަމިއްލަ ޕާޓީ އަށް ނިސްބަތްވާ މީހެއް

Loading

Facebook
Twitter
WhatsApp

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ރާއްޖޭ ގަޑިން މިއަދު ފަތިހު (އެތާގަޑިން ހޮނިހިރު ދުވަހު ހަވީރު) ބަޑިން ހަމަލާދީފައިވާއިރު، ހަމަލާދިން މީހާ މީހާރުވަނީ އެފްބީއައި އިން ދެނެގަނެފައެވެ.


މި ހަމަލާދީފައިވަނީ ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީ އަށް ނިސްބަތްވާ،އުމުރުން 20 އަހަރުގެ ތޮމަސް މެތިއު ކްރޫކްސް ކިޔާ މީހެކެވެ.
އޭނާގެ ނަން ފުރަތަމަ އެފްބީއައި އިން ހާމަ ކޮށްފައެއް ނުވެއެވެ. ނަމަވެސް ބައެއް މީޑިއާ ރިޕޯޓް ތަކުގައި ނަން ހާމަ ކުރަން ފެށުމުން އެފްބީއައި އިންވެސް ވަނީ ނަން ހާމަ ކޮށްފައެވެ.
ތޮމަސް މެތިއު ކްރޫކްސް އަކީ ރިޕަބްލިކަން ޕާޓީ އަށް ނިސްބަތްވާ މީހެއް ނަމަވެސް އޭނާ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ހިންގި ފަންޑް ރެއިސިންގ އަކަށްވެސް 15ޑޮލަރު ދީފައިވާކަން ވަނީ މިހާތަނަށް ހާމަވެފައެވެ. އެ ފައިސާ އޭނާ ދީފައިވަނީ ޖެނުއަރީ 20 ދުވަހުއެވެ.އެއީ ރައީސް ޖޯބައިޑަން މަގާމުގެ ހުވާ ކުރެއްވި ދުވަހެވެ.
ކްރޫކްސް އަކީ ތައުލީމީ ދައުރުގައި ކިޔެވުމަށް މޮޅު ޒުވާނެއްކަން ވަނީ ހާމަވެފައެވެ. އޭނާއަށް ނެޝަނަލް މެތު އެންޑް ސައިންސް އިނީޝިއޭޓިވުން ދޭ އިނާމެއް ކަމަށްވާ 500ޑޮލަރުވެސް ލިބިފައިވާކަން ވަނީ ހާމަވެފައެވެ. އޭނާ ހައިސްކޫލުން ގްރެޖުއޭޓް ވެފައި ވަނީ 2022ވަނަ އަހަރުއެވެ.
ޑޮނަލްޑް ޓްރަމްޕް އަށް ކްރޫކްސް ހަމަލާދީފައި ވަނީ ޓްރަމްޕް އެއްވުން ބާއްވަވަމުން ގެންދެވި ތަނާ މާދުރުނޫން ހިސާބެއްގައި ހުރި އިމާރާތެއްގެ މަތިންނެވެ. އޭނާ ފޮނުވާލި އެއް ވަޒަން ވަނީ ޓްރަމްޕް ގެ ކަންފަތަށް ޒަޚަމް ތަކެއް ގެނުވާފަ އެވެ.އަދި ވަގުތުން ކަންފަތް ކައިރިން ލޭ އަންނަތަން ފެނިފައި ވެއެވެ.
ސީކްރެޓް ސަރވިސް އޭޖެންޓުން ވަގުތުން ވަނީ ޓްރަމްޕްއަށް ހިމާޔަތްދީ އެތަނުން(ހޮސްޕިޓަލް އަށް) ގެންގޮސްފައެވެ. މި ހަމަލާގައި ޓްރަމްޕް އަށް މާބޮޑު އިތުރު ގެއްލުމެއް ލިބިވަޑައިގެންފައެއް ނުވެއެވެ.އަދި ދާދި އަވަހަށް ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.
ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މިއަދުގެ ހަމަލާއަކީ ޓްރަމްޕް ނުވަތަ ރިޕަބްލިކަން ޕާޓީން ފަހަތުގައި އޮވެގެން (އެޕާޓީން ޚަރަދުކޮށްގެން)ރާވާ ހިންގި ހަމަލާއަކަށްވެސް ވެދާނެއެވެ. އެއީ ކުރިޔަށް އޮތް އިންތިޚާބްގައި ޓްރަމްޕް އަށް އިތުރު މަގްބޫލުކަން ހޯދުމުގެ ގޮތުންނެވެ. ނަމަވެސް މިގޮތަށް ނިންމަން އަދި މާއަވަސް ކަމަށް އެފްބީއައި އިން ބުނެފައި ވެއެވެ.
ލޭތަކާއެކު ޓްރަމްޕް ހުންނެވި ފޮޓޯތައް ބޭނުންކޮށް އޭނާގެ ދަރިން ވަނީ ”އެމެރިކާއަށް ބޭނުންވަނީ މިފަދަ ހީރޯ އިން“ ކަމަށް ބުނެ ޓްވީޓް ކޮށް ހަދާފައެވެ. އަދި ޓްރަމްޕް ވެސް ވަނީ،އެފަދަ ހާލަތެއްގައި ހަދަންޖެހޭ ގޮތަށް ތިރިވެގެން އޮންނެވުމުގެ ބަދަލުގައި،ގެންދިޔަ މަގުމަތީވެސް ގޮއްމުށް މައްޗަށް ނަންގަވާ ފޮޓޯ އަށް ޕޯސް ކުރައްވާފައެވެ.

Loading

One Response

  1. އެމެރިކާ ގައިވެސް ޓެރެރިސްޓުން އުޅޭތޯއެވެ. ވަރަށް އަޑު ނާހަމެވެ. އެހެން ގައުމުތަކުގައި އެބައިގަނޑު ގިނަވާހަކަޔާއި އެބައިގަނޑު އަތްދަށުން ސަލާމަތްވެވޭނެ ގޮތް ވަރަކަށް އެމެރިކާއިން ކިޔައިދެވެ. އެހެނަސް ހުރިހާ ނުލަފާލެއްގެ އަސްލަކީ އެމެރިކާކަން މިހާރު ދުނިޔެ ދެކެފިއެވެ. ގާޒާ ފުނޑާލަން ނަތަންޔާހޫއަށް ބޮމާއި ބަންކަރ ބަސްޓަަަރ ބޮންވެސް ދީފާ އަދިވެސް ހަމަ ދުނިޔޭގެ ސުލްޙައަށް އެންމެގޮވާ ގައުމަކީ އެމެރިކާއެވެ. އެހެންތާ ވަނީ އެ ދުއްވާ ދެބޯގެރި އެއްވެސް ބާރެއްނެތް ޢަރަބި އަޅު ރަސްކަލުން އަމީރުން އެބަ އާހ ހޫނ ކިޔާވިއްޔާއެވެ. ހުރި ނުލަފާކަމެއްގެ ބޮޑުކަމާއެވެ. އ. ހ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް