ދޫނި ގެންގުޅޭ ކޮއްޓެއްގައި ދެ މީހަކު ބަންދުކުރި މައްސަލައެއް ފެންމަތިވެ،ފުލުހުން އެ މައްސަލަ ބަލަން ފަށައިފިއެވެ.
އާންމުވެފައިވާ ވީޑިއޯއިން ދޫނި ކޮއްޓެއްގައި ދެ ފިރިހެނަކު ބަންދުކޮށްފައި ތިބޭ މަންޒަރު ފެނެއެވެ. އެ ދެ މީހުންވެސް ތިބީ މަތިން އެއްޗެއް ނުލައެވެ. އަދި މި ވީޑިއޯއިން ފައިސާ ދޭނެ ކަމަށް އެތަނުން އެކަކު ބުނާ އަޑު އިވެއެވެ. ބެލެވޭ ގޮތުގައި އެ ކޮށީގައި އެ މީހުން ބަންދުކޮށްފައި ވަނީ ފައިސާގެ މައްސަލައެއްގައެވެ.
މިކަމަށް އިޝާރާތްކޮށް ފުލުހުން ބުނީ އެ ވީޑިއޯ ފުލުހުންގެ ސަމާލު ކަމަށް މިހާރު އައިސްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ނަމަވެސް މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.