ހުޅުމާލޭގައި ރިސާޗް ލައިބްރަރީއަކާއެކު މިސްކިތެއް ބިނާ ކުރަނީ

Loading

Facebook
Twitter
WhatsApp

ހުޅުމާލޭގައި ރިސާޗް ލައިބްރަރީއަކާ އެކީ މިސްކިތެއް ބިނާ ކުރަން ނިންމައިފިއެވެ.

 އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ކުރެއްވި ޕޯސްޓެއްގައި މި ބިނާގެ ކުރެހުން ހިއްސާކުރައްވާ ވިދާޅުވީ ”މަސްޖިދު އުންމުލްމުއުމީން އާއިޝާ ރަޟިޔައް ﷲ އަންހާ“ ގެ ނަމުގައި ބިނާކުރާ މި މިސްކިތަކީ މަދީނާ އިންވެސްޓްމަންޓުގެ ފަރާތުން ބިނާކޮށްދޭ މިސްކިތެއް ކަމަށެވެ.

އެގޮތުން މިއީ ކީރިތި ރަސޫލާގެ އަނބިކަނބަލަކަށް ނިސްބަތްކޮށް ރާއްޖޭގައި ނަން ދެވޭ ފުރަތަމަ މިސްކިތް ކަމަށްވެސް ޝަހީމް ވަނީ ފާހަގަކުރައްވާފައެވެ.

އެތައް އަހަރެއްވަންދެން ޓިނުން ހަދާފައިވާ ވަގުތީ މިސްކިތްހުރި ތަނުގައި ބިނާކުރެވޭ މި މިސްކިތަކީ އިސްލާމީ ދިރާސާކުރަން ބޭނުންވާ ފަރާތްތަކާއި ކިޔަވާ ކުދިން ދެ ނަމާދު ދޭތެރޭ ކިޔަވަން ރިސާޗް ހަދަން/ އެސައިންމަންޓް ހަދަން ތިބެވޭ ގޮތަށް ފުރިހަމަ ލައިބްރަރީއަކާ އެކު ދެ ބުރިއަށް ބިނާކުރެވޭ މިސްކިތެއް ކަމަށް ޝަހީމްގެ ޕޯސްޓުގައި ފާހަގަކުރައްވާފައި ވެއެވެ.

ޝަހީމް ވިދާޅުވީ މި މިސްކިތުގައި އެތެރެއާއި ބޭރާއެކު ދެ ހާހެއްހާ މީހުންނަށް ނަމާދު ކުރެވޭނެ ކަމަށާއި ފުރިހަމަ ސޯލާ ނިޒާމަކުން ކަރަންޓު ދެވި އޭސީކޮށްފައި ހުންނަ މި މިސްކިތުގައި އަންހެނުންނަށް ވެސް ނަމާދު ކުރެވޭ ޖާގަ އާއި އަންހެނުންނަށް ހާއްސަ ފާހާނާވެސް ހުންނާނެ ކަމަށެވެ.

މި މިސްކިތުގެ ބިންގާ އެޅުމުގެ މަސައްކަތް އަންނަ އޮގަސްޓު މަހު ފެށޭނެ ކަން ހާމަކޮށްފައި ވާއިރު މި މިސްކިތުގެ މަސައްކަތް ދޮޅު އަހަރުތެރޭ ނިންމާލެވޭނެ ކަމަށް މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވެފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް