ރާއްޖޭގެ ކޮންމެ 10 ޒުވާނުންގެ ތެރެއިން އެކަކު އެއްވެސް ކަމެެއް ނުކުރޭ

Loading

Facebook
Twitter
WhatsApp

ރާއްޖޭގެ ޒުވާނުންގެ އާބާދީގެ %19 ޒުވާނުން ނުވަތަ ކޮންމެ 10 ޒުވާނުންގެ ތެރެއިން އެކަކަކީ ތައުލީމު ހާސިލުނުކުރާ, ވަޒީފާއެއް އަދާނުކުރާ އަދި ތަމްރީނެެއް ވެސް ހަދަމުންނުދާ މީހެއް ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ދުނިޔޭގެ އާބާދީ ދުވަހާ ގުޅިގެން އެ އިދާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީގެ ތެރެއިން, 15-24 އަހަރާ ދެމެދުގެ ޒުވާނުންގެ އާބާދީއަކީ 53,537 މީހުންނެވެ.

އޭގެތެރޭގައި ހިމެނެނީ 27,625 ފިރިހެނުންނާއި, 25,912 އަންހެނުންނެވެ.

މި ޒުވާނުންގެ ތެރެއިން 10,414 މީހުންނަކީ ތައުލީމު ހާސިލުނުކުރާ ވަޒީފާއެއް އަދާނުކުރާ އަދި އެއްވެސް ތަމްރީނެެއް ހަދަމުންނުދާ މީހުންނެވެ. މިއީ ޒުވާނުންގެ އާބާދީގެ %19  އެވެ. މީގެތެރެއިން %22 (5,672) އަކީ އަންހެނުންނެވެ. %17 (4,744) އަކީ ފިރިހެނުންނެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި;

ވަޒީފާ އަދާކުރަމުން ތައުލީމު ހާސިލުކުރާ ޒުވާނުންގެ ނިސްބަތަކީ %11.1

ވަޒީފާ އަދާނުކޮށް, ތައުލީމު ހާސިލުކުރާ ޒުވާނުންގެ ނިސްބަތަކީ %1.2

ތައުލީމު ހާސިލުނުކުރާ, ވަޒީފާ އަދާނުކުރާ ޒުވާނުންގެ ނިސްބަތަކީ %14.5

ތައުލީމު ހާސިލުނުކުރާ, ވަޒީފާ އަދާކުރާ ޒުވާނުންގެ ނިސްބަތަކީ %34.2

ވަޒީފާގެ ބާޒާރުން ބޭރުގައި ތައުލީމު ހާސިލުކުރާ ޒުވާނުންގެ ނިސްބަތަކީ %34.0

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި މަސައްކަތް ކުރާ މީހުންގެ އާބާދީއަކީ 300,422 މީހުންނެވެ. އެއީ 171,130 ދިވެހިންނާއި, 129,292 ބިދޭސީންނެވެ.

މަސައްކަތް ކުރާ މީހުންގެ އާބާދީގެ 126,386 މީހުން މާލެގައި އުޅޭއިރު, ރާއްޖޭގެ އެހެނިހެން ތަންތަނުގައި އުޅެނީ 174,036 މީހުންނެވެ.

Loading

One Response

  1. ފެނަކާ ކަހަލަ ދައުލަތުގެ ކުންފުނިތަކުގައި ވެސް ގިނައީ މަސައްކަތް ނުކުރާ މީހުން. އެ ބައިގައި ގުނިންތަ ؟ އޭރުން މިރިޕޯޓް ފުރިހަމަ ވާނީ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް