ދިވެހި 2 އަންހެނުން އިންޑިޔާގެ އައިއެސްއާރުއޯގެ ސިއްރު ތަކެއް ހޯދަން އުޅުނު ކަމަށް ބުނި މައްސަލަ އަކީ ކެރަލާގެ ސިފައިން އުފެއްދި މައްސަލައެއް: ސީ.ބީ.އައި

Loading

Facebook
Twitter
WhatsApp

އިންޑިޔާގެ ސްޕޭސް ރިސަރޗް އޯގަނައިޒޭޝަން އައި.އެސް.އާރު.އޯގެ ސިއްރު ތަކެއް ހޯދަން އުޅުނު ކަމަށް ބުނެ ސައިންސްވެރިޔާ އެން.ނަރަޔާނަން އާއި ދެކޮޅަށް ކުރިޔަށް ގެންދިޔަ މައްސަލަޔަކީ، ދިވެހި އަންހެނަކާ ”ބެހުމަށް“ ކެރަލާގެ ސިފައިންގެ މީހަކު މަސައްކަތްކޮށް، އެކަން ނާކާމިޔާބު ވުމުން އޭނާ އުފެއްދި މައްސަލަ އެއްކަމަށް އިންޑިޔާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި)އިން ބުނެފިއެވެ.

ބުދަދުވަހު ތުރިވަނާދަޕޫރަމްގެ ކޯޓެއްގައި ކުރުރިޔަށް ދިޔަ އަޑުއެހުމަކަށް ސީބީއައިގެ ފަރާތުން ހުށައެޅި ޗާޖްޝީޓް އެއްގައި 1994 ވަނަ އަހަރު ކުރިޔަށް ދިޔަ ”އައި.އެސް.އާރު.އޯ އެސްޕިއޮނާޖް ކޭސް“ އަކީ ދިވެހި އަންހެނަކު ގަވާއިދާއި ޚިލާފަށް ހިފެހެއްޓުމަށް ކެރަލާ ފުލުހުންގެ އޭރުގެ ސްޕެޝަލް ބްރާންޗްގެ އޮފިސަރަކު އުފެއްދި މައްސަލަ އެއްކަމަށެވެ.

މި ޗާޖްޝީޓް އަކީ ސައިންޓިސްޓް ނަރަޔާނަން އާއި ދިވެހި ދެއަންހެނުން ހިމެނޭ ގޮތުން ފަސްމީހަކު ޖާސޫސު ކުރުމުގައި ބައިވެރިވާކަމަށް ބުނެ މައްސަލަ އުފައްދާފައިވާތީ އެފަސް އޮފިސަރުންނާދެކޮޅަށް ސީބީއައި އިން ކޯޓަށް ހުށައެޅި މައްސަލައިގެ ޗާޖް ޝީޓް އެވެ. ޗާޖް ޝީޓް ފައިލް ކޮށްފައިވަނީ ޖޫންމަހު ނަމަވެސް އާންމު ކޮށްފައިވަނީ ބުދަ ދުވަހުއެވެ.

ސީބީއައި އިން ބުނެފައިވާ ގޮތުގައި އޭރު ސްޕެޝަލް ބްރާންޗް އޮފިސަރ އަކަށް ހުރި އެސް.ވިޖާޔަން ވަނީ ދިވެހިރާއްޖޭގެ އަންހެނެއް ކަމަށްވާ މަރިޔަމް ރަޝީދާ އާއި ”ބެހުމަށް“ މަސައްކަތް ކޮށް އެކަން ކާމިޔާބް ނުވުމުން މަރިޔަމް ރަޝީދާގެ ޓްރެވެލް ޑޮކިއުމަންޓް ހިފަހައްޓާ އޭނަ ފުރިޔަނުދީ ހިފަހައްޓާފައެވެ.  އޭގައިވާ ގޮތުން މަރިޔަމް ރަޝީދާ، އައިއެސްއާރުއޯ ގެ ސައިންޓިސްޓް ޝަޝީކުމާރަން އާ މުއާމަލާތު ކުރިކަން ވިޖާޔަން އަށް ފަހުން އެގުނެވެ. އެކަމާ ގުޅުވާ، އެހާހަމައިން ކެރަލާ ފުލުހުން މަރިޔަމް ރަޝީދާ އާއި އަދި އޭނާގެ ރައްޓެއްސެއްކަމަށްވާ ފައުޒިއްޔާ ހަސަން އަށް ފާރަލާން ފެއްޓި ކަމަށް ބުނެފައި ވެއެވެ.

އޭރު ފުލުހުން ސަބްސިޑިއަރީ އިންޓެލިޖަންސް ޔުނިޓް(އެސްއައިބީ)އަށް ދިވެހި ދެއަންހެނުންގެ މައްސަލަ ހުށައެޅިނަމަވެސް އެސް.އައި.ބީ އޮފިސަރުންނަށް އެމީހުންނަށް ޝައްކު ކުރެވޭ ވަރުގެ އެއްވެސް ކަމެއް ފެނިފައި ނުވާކަމަށް ސީބީއައިގެ ޗާޖްޝީޓްގައި ބުނެފައި ވެއެވެ.އެއަށްފަހު ވިސާ ނެތި އިންޑިޔާގައި އުޅުނު ކަމަށް ބުނެ ”ފޮރިނަރސް އެކްޓް“ގެ ދަށުން މަރިޔަމް ރަޝީދާ ހައްޔަރު ކޮށްފައިވާ ކަމަށް ސީބީއައި އިން ބުނެފައި ވެއެވެ.

މަރިޔަމް ރަޝީދާގެ ބަންދުގެ މުއްދަތު ހަމަވާން ހަމަ ކައިރިވެފައި ވަނިކޮން ”ސީކްރެޓްސް އެކްޓް“ގެ ދަށުން އެމީހުންނާ ދެކޮޅަށް ޖާސޫސް ކުރުމުގެ މައްސަލަ އެއް ވައްދާ، އެމީހުންގެ ބަންދުގެ ކަންތައް ޚާއްސަ ކޮމިޓީ އަކާ ހަވާލު ކުރިއެވެ. މިކޮމިޓީން ފަހުން ވަނީ ނަރަޔާނަން ހިމެނޭ ގޮތުން އައިއެސްއާރިއޯގެ ހަތަރު ސައިންޓިސްޓުން ހައްޔަރު ކޮށްފަ ކަމަށް ސީބީއައި ބުނެފައިވެއެވެ.

އަދި މި އޮފިސަރުން، ފުރަތަމަ ހެދި ގޯސްތައް ދަމަހައްޓާ، ފަހުން ވަނީ އަސްލުނޫން ތަހްގީގް ރިޕޯޓްތަކެއްގެ މައްޗަށް ބިނާކޮށް ދިވެހިދެ އަންހެނުންނާ ނަރަޔާނަން ހިމެނޭ ގޮތުން ހައްޔަރުގައިތިބި މީހުންނާ ދެކޮޅަށް އިތުރު ސީރިއަސް ކޭސް އެއްވެސް ފައްޓާފައި ކަމަށް ސީބީއައިގެ ފައިނަލް ރިޕޯޓްގައި ބުނެފައިވެއެވެ. އަދި މިކަމުގައި ޝާމިލުވާ ކުރީގެ އިސް5 އޮފިސަރުންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާ ދިނުމަށް އެދިފައިވެއެވެ.

މިއަދު މިމައްސަލަ ކޯޓަށް ވައްދާ ކުށްވެރިވާ މީހުންނަށް އަދަބު ދިން ކަމުގައި ވީނަމަވެސް މީގެ 30 އަހަރު ކުރިން ހިނގާފައިވާ މި ހާދިސާ ގައި ކުށެއް ނެތް ދިވެހި ދެއަންހެނުންގެ ހައްގުތައް އެހާބޮޑަށް ނިގުޅައިގަނެވި އަދި އެމީހުންނާމެދު ހިތުނު އިހާނެތި ގޮތް ތަކުގެ ބަދަލު އިންޑިޔާ ސަރުކާރަށް ދެވޭނެތޯ މިއީ މިއަދު ކޮށްލަން ބޭނުން ސުވާލެކެވެ. އެމީހުންނާއި އާއިލާއިން އެޅި ކަރުނައިގެ ބަދަލު ދެވޭނެތޯއެވެ؟

މައުލޫމާތު : ހިންދުސްތާން ޓައިމްސް

Loading

2 Responses

  1. މިފަދަނުހައްގު އަނިޔާތަކެއްދިންބަޔަކަށް އެއްވެސްއަދަބެއްދިންތޯ ދިވެހި ދެއަންހެނުންނަށް ޖަލުގައި ހައްޔަރުކޮށްގެން ނުދޭއަނިޔާއެއްނެއް މިއަނިޔާދޭރާވާ މިއަނިޔާދިންފަރާތްތަކަށް ހައްގުއަފަބުލިބެންވާނެ ހަމައެކަނި އެކަމުގެބަދަލަށް ކުޑަފަެިސާކޮޅެއްދީގެން ހަމަޖައްސާލުމީވެސް ވަރަށްބޮޑުނާއިންސާފެއް މިއަނިޔާދިންފަރާތްތައް މިހާރުކޮބައިތޯ އާއި އިންޑިއާ ސަރުކާރުން އެމީހުނާއިދޭތެރޭ ކަންކޮށްފައިވާގޮތް އެނގެންޖެހޭ މިކަންސާފުވޭތޯ ފާފުޒަވިޔަނި ބައްލަވައިދެއްވުންއެދެން ….

  2. ތިޔަ ކަމުގައި ސަރުކާރުން ހިފަންޖެހޭނެ. ތިޔަ ކަމުގައި އަދަބު ލިބުނު އެކަކު އެވަނީ މިހާރު ނިޔާވެފައި. އެފަރާތްތަކަށް އެކަށީގެންވާ ބަދަލެއް ހޯދައިދީ ހައްގު އަދަބު ކުއްވެރިންނަށް ދޭން މަސައްކަތްކުރަންޖެހޭ. ތިއީ ދިވެހި ރައްޔިތުން އަޑު އުފުލަން ނުކުންނަންވެސް ޖެހޭވަރުކަމެއް.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް