އާޕޯޓްތަކަށް ދިމާވާ އިމަޖެންސީއެއްގައި އެހީވުމަށް އެމްޕީއެލުން އެއްބަސްވެއްޖެ

Loading

Facebook
Twitter
WhatsApp

އެއާޕޯޓްތަކަށް ދިމާވާ އިމަޖެންސީއެއްގައި އެހީވުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އާރްއޭސީއެލް) އާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.  

މި އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ އިއްޔެ އެމްޕީއެލްގެ އޮފީހުގައެވެ.

އެގޮތުން މި އެއްބަސްވުމުގެ މަގުސަދަކީ އެމަޖެންސީ ހާލަތެއްގައިވެސް އާރްއޭސީއެލް އިން އާންމުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތައް ބުރުލެއް ނާރާ އޮޕަރޭޝަން ކުރިއަށްގެންދެވޭނެ މަގު ފަހިކުރުމެވެ.

މި އެއްބަސްވުމުގެ ދަށުން އެއާޕޯޓަށް ދިމާވެދާނެ ކުއްލި ހާލަތެއްގައި އެއާޕޯޓް އޮޕަރޭޝަނަލް ހާލަތަކަށް ގެނައުމަށްޓަކައި ކަނޑާއި އަދި އެއްގަމު މަގުން ބޭނުންކުރަން ޖެހިދާނެ އެކި ކަހަލަ ވަސީލަތްތައް ހޯދުމުގައި އެމްޕީއެލްގެ އެހީތެރިކަން އާރްއޭސީއެލްއަށް ދޭނެއެވެ.

މި އެއްބަސްވުމުގައި އާރްއޭސީއެލްގެ ފަރާތުން ސޮއެކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން އެވެ. އެމްޕީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް