ވަގު ޕާސްޕޯޓުގައި ރާއްޖެ އެތެރެވާން މަސައްކަތްކުރި 4 މީހަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

ވަގު ޕާސްޕޯޓުގައި ރާއްޖެ އެތެރެވާން މަސައްކަތްކުރި 4 މީހަކު ހައްޔަރުކޮށްފިއެވެ. މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ކުރި ޕޯސްޓެއްގައި ބުނީ ސައްހަ ނޫން ލިޔެކިޔުންތަކެއް ބޭނުން ކޮށްގެން ނުވަތަ ނަކަލުކޮށްފައިވާ ޕާސްޕޯޓުތަކެއް ބޭނުން ކޮށްގެން ރާއްޖެ އެތެރެވާން މަސައްކަތް ކުރި ހަތަރު ބިދޭސީއަކު ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓުން މިދިޔަ ބުދަ ދުވަހު ހިފަހައްޓާފައިވާ ކަމަށެވެ.

މިގޮތުން އެއީ 28 އަހަރުގެ ބިދޭސީއަކާއި 31 އަހަރުގެ ބިދޭސީއަކާއި 25 އަހަރުގެ ބިދޭސީއެއްގެ އިތުރުން 22 އަހަރުގެ ބިދޭސީއެއް ކަމަށާއި ހަތަރު މީހުނަކީވެސް ފިރިހެނުން ކަމަށް އިމިގްރޭޝަނުން ބުނެފައި ވެއެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމަށްޓަކައި ސަރުކާރުން ދަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް