އެމްއެސްސްގެ ދަތުރުތައް މެލޭޝިއާ އަދި ސިންގަޕޫރަށް ފަށަނީ

Loading

Facebook
Twitter
WhatsApp

މޯލްޑިވްސް ސްޓޭޓް ޝިޕިން(އެމްއެސްސް)ގެ ދަތުރުތައް މެލޭޝިއާ އަދި ސިންގަޕޫރަށް ފަށަން ނިންމައިފިއެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެމުން އެމްއެސްއެސްއިން ބުނީ މި ދަތުރުތަކުގައި ބޭނުންކުރާނީ އެމްއެމްއެސްގެ އަމިއްލަ ބޯޓެއްކަމަށްވާ އެމްއެސްއެސް ގްރެފީން ކަމަށެވެ.

މި ބޯޓަކީ އެއްފަހަރާ 500އެއްހާ ކޮންޓެއިނަރ އުފުލުމުގެ ގާބިލްކަން ހުރި ބޯޓެއް ކަމަށްވެސް އެމްއެސްއެސްއިން ހާމަކުރެއެވެ.

އެމްއެސްއެސް އިން ބުނީ މި ދަތުރުތައް ކުރާނީ މެލޭޝިއާގެ ޕޯޓު ކިލާންގއާއި ސިންގަޕޫރުން ސްރީލަންކާގެ ކޮލޮމްބޯއަށް ކަމަށާއި މެލޭޝިއާގެ ޕޯޓް ކިލާންގުން އެމްއެސްއެސްގެ ބޯޓުގެ ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 13ވަނަ ދުވަހު ކަމަށެވެ.

މި ދަތުރުތަކުގައި ކޮޅަކަށް 7 ދުވަސްވަރު ހޭދަވާނެ ކަމަށް ބެލެވޭ ކަމަށާއި ވިޔަފާރި އިތުރަށް ކުރިއަށްދާ ވަރަކަށް އިތުރު ބަނދަރުތައް މީގެތެރެއަށް ވަދެގެންދާނެ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އުފައްދާފައިވަނީ 2020 ވަނަ އަހަރުއެވެ.

އެ ކުންފުނި އުފައްދާފައި ވަނީ އިތުބާރު ހިފޭ ގައުމީ ޝިޕިންލައިނެއް ނެތުމުގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނާއި އެހެނިހެން ވިޔަފާރިތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދީ ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށް ދިނުމުގެ ބޭނުމުގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް