ދިވެހިބަސް ކުރިއެރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ލިޔުންތެރިން

Loading

Facebook
Twitter
WhatsApp

ދިވެހިބަސް ކުރިއެރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ލިޔުންތެރީން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހި ލިޔުންތެރިންގެ ދުވަހުގެ މުނާސަބާގައި މީސްމީޑިޔާ މެދުވެރިކުރައްވައި ފޮނުއްވި ތަހުނިޔާގެ ޕޯސްޓެއްގައެވެ.

އެގޮތުން ރައީސް ވިދާޅުވީ ދިވެހިބަހުގެ ދެމިއޮތުމާއި ކުރިއެރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ލިޔުންތެރީން ކަމަށެވެ.  

މިއަހަރު ލިޔުންތެރިންގެ ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ ”ތަހުޒީބު މުޖުތަމަޢެއް ދެމެހެއްޓުމަށް ޓަކައި ލިޔުންތެރީންގެ ދައުރު މުހިންމު!“ މިއެވެ.

ލިޔުންތެރިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 8 ވަނަ ދުވަހުގައެވެ. އެއީ ދިވެހިރާއްޖޭގައި ޗާޕްކޮށްގެން ނެރުނު ފުރަތަމަ އަދަބީ މަޖައްލާ ކަމުގައިވާ“އަލްއިޞްލާޙް“ ނެރެން ފެށުނު ދުވަހެވެ.

Loading

One Response

  1. ރައީސް މުއިއްޒު ވިދާޅުވިޔަސް ސުރުޚީގައި އެވަނީ މުޅިން ރަނގަޅަކަށް ނޫނެވެ. ރާއްޖޭގެ އޮންލައިން ނޫސްތަކުގައި ( ސަންދާނުވެސް ހިމެނޭގޮތުގައި ) ދިވެހިބަހުގެ ލިއުންތައް ދިވެހިބަހުގެ ހަމަތަކަށް ފެއްތުމަށް ކުރެވިފައިހުންނަ މަސައްކަތެއް ނުފެނެއެވެ. ށ ސުކުން ކުރުމުގެ ބަދަލުގައި ޝ ސުކުން ކުރުމާއި ގޮތް ލިއުމުގެ ބަދަލުގައި ގޮއި މިފަދަ އެތައް ކަމެއް އެޑިޓަރުގެ ލޮލުގައި އަޅާ ނުގަނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް