މަޖިލިސް މެންބަރުންގެ އަދަދު 77 ބަދަލުކުރަން އިސްލާހު ހުށަހަޅަނީ

Loading

Facebook
Twitter
WhatsApp

ދައުލަތުގެ ހަރަދު ކުޑަކުރުމަށް ދެން އަންނަ ދައުރެއްގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 77 އަށް މަދު ކުރަން އިސްލާހު ހުށަހަޅަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިރޭ ބޭއްވި ޕީއެންސީގެ ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން ރައީސް ވިދާޅުވީ ޤާނޫނުގައިވާ ގޮތުން އާބާދީއާއި އެކު މެމްބަރުން އިތުރުވަމުންދާނެ ކަމަށެވެ. ނަމަވެސް އެއީ ބޭނުމެއް ހުރިކަމެއް ނޫން ކަމަށް ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެންމެ ރަނގަޅު ގޮތަކީ 17 ވަނަ މަޖިލީހުގައި މެމްބަރުން ތިއްބެވި އަދަދަށް މެމްބަރުންގެ އަދަދު ހިފެހެއްޓުން ކަމަށެވެ.

ހަމައެހެންމެ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ މަޖިލިސް މެންބަރުން އިސްވެ ތިއްބަވާ މަޖިލީހުގެ އަދަދު ދަށް ކުރުމަށް ގަރާރެއް ހުށަހެޅުއްވުމުން ރައީސް މުޢިއްޒު ވަނީ ޝުކުރުއަދާކުރައްވާފައެވެ.

މީގެ އިތުރުން މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކޮށްލުމަށް ޤާނޫނަށް އިސްލާހު ހުށަހެޅުމުގެ މަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ އެ ދެ އިންތިޚާބު ވަކިވަކިން ބޭއްވުމުން ދައުލަތުން ކުރަން ޖެހޭ ޚަރަދު ބޮޑު ކަމަށާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކީ ދެ އިންތިޚާބު އެއްކޮށްލުން ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް