ކައުންސިލްތައް ކުޑަކުރުމަށް ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތައްގެނައުމުގެ މަސައްކަތް ފަށައިފި

Loading

Facebook
Twitter
WhatsApp

ކައުންސިލްތައް ކުޑަކުރުމަށް ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ ޕީއެންސީ ހަރުގޭގައި މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ކައުންސިލްތައް މިހާރު އޮތީ ނުކަތާހާ ބޮޑުކޮށް ކަމަށް ފާހަގަކުރައްވާ ރައީސް ވިދާޅުވީ ކައުންސިލްތަކުގެ ސައިޒު ކުޑަ ކުރުމަކީ ރައްޔިތުން ތަމްސީލު ކުރާ ކުރުން ނެތިކޮށްލުން ނޫންކަމަށެވެ.

އެހެންކަމުން ދައުލަތުގެ ހަރަދު ކުޑަކުރުމަށް ރަށްރަށުގެ ކައުންސިލްތަކުގައި ތިއްބަވާ މެމްބަރުންގެ އަދަދު މަދުކުރަން ޤާނޫނަށް އިސްލާހު ހުށަހަޅަން ނިންމާފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.  

މިގޮތުން ގާނޫނުތަކަށް މި އިސްލާހުތައް ގެންނަން މި އަހަރުގެ ތެރޭގައި މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް