ރަޝިޔާ ޔޫކްރެއިންގެ ހަނގުރާމަ 24 ގަޑިއިރުން ހުއްޓުވާނެ ގޮތެއް ބުނެބަލަ

Loading

Facebook
Twitter
WhatsApp

ދަ ހިލް އިން ރިޕޯރޓްކޮށްފައިވާ ގޮތުގައި ރަޝިޔާއާއި ޔޫކްރެއިން ކުރަމުންގެންދާ ހަނގުރާމަ 24 ގަޑިއިރުތެރޭގައި ހުއްޓުވަން ހައްދާވާނެ ފަނޑިތައެއް، ސިހުރެއް އޮޅުންފިލުވާ ދެއްވުމަށް ޔޫކްރެއިންގެރައީސް ވޮލޮޑޮމީރް ޒެލެންސްކީ  އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕަށް ޗެލެންޖް ކުރައްވައިފިއެވެ.

ރަޝިޔާ އާއި ޔޫކްރެއިނާއި ދެމެދު ކުރެވެމުންމިދާ ހަނގުރާމަ ކުރީގެ ރައީސް ޓްރަމްޕަށް އެމެރިކާގެ ރިޔާސަތު މިއަންނަ ނޮވެމްބަރު މަހުގައި ކާމިޔާބު ކުރެވިއްޖެނަމަ 24 ގަޑި އިރު ތެރޭގައި ހުއްޓުވާނެކަމަށް ބައިނަލް އަގްވާމީ އެތައް ފޯރަމެއްގައި ޓްރަމްޕް ގެންދަވަނީ އިޢުލާން ކުރައްވަމުންނެވެ.

އެކަމަކު އެކަން ކުރައްވާނެ ގޮތެއް ހާމައެއް ނުކުރައްވައެވެ. ރައީސް ޒެލެންސްކީ ވިދާޅުވީ ޓްރަމްޕް އެ ވިދާޅުވާ ފޯރމިލާއެއް ނުވަތަ ފަންޑިތައެއް ނުވަތަ ބްލެކް މެޖިކެއް މިއަދުން މިއަދަށް އަހަރެމެންނަށް އެނގެން ބޭނުމެވެ. އެކަން ދެނެގަތުމަށްޓަކައި އެތައްފަހަރަކު ރައީސް ޓްރަމްޕް ޔޫކްރެއިނަށް ވަޑައިގަތުމަށްވެސް ދެންނެވިއްޖެއެވެ.

އަހަރެމެންވެސް ރަޝިޔާއާއި އެކު ހަނގުރާމަ ކުރާކަށް ބޭނުމެއް ނޫނެވެ. ދެ ގައުމުން އެއްބަސްވެވޭ ގޮތަކަށް ހަނގުރާމަ ހުއްޓާލުމަކީ ޔޫކްރެއިނުގެ މިހާރުގެ  މަސްލަޙަތު ކަމަށްވެސް ގަބޫލު ކުރަމެވެ.        

ކުރީގެ ރައީސް ޓުރަމްޕް ދައްކަވަމުންދާ ވާހަކަފުޅު ތަކަށް ބަލާއިރު ރަޝިޔާގެ ރައީސް ޕޫޓިންއަކީ އާދަޔާ ޚިލާފު ނަމޫނާ ޝަޚްސިއްޔަތެކޭ ކިޔައިގެން ތަޢުރީފް ކުރުން ނޫން އެހެން ވާހަކައެއް ނުދައްކަވައެވެ. އަދި ބައެއްފަހަރު ދޫއޮޅިގެންނަމަވެސް އެމެރިކާއިން ޔޫކްރެއިނަށް މިއޮއް ފޮނުވާ ހަތިޔާރުގެ ބޭނުން ކޮށްގެންވެސް ކުރެވޭ ކަމެއް ނެތޭ ބުނެއެވެ. އަދި ޔޫކްރެއިނަށް މިދޭ އެހީއަކީ އެއިން އެއްވެސް ބޭނުމެއް ހިފޭ އެއްޗަކަށް ނުވެއެވެ. ޔޫކްރެއިނަށް އެހީތެރިވެ ދިނުމަކީ އެމެރިކާއަށް މުޅިން ބޭކާރު ކަމެކެވެ.                                          

އަހަރެންނަށް ޖެނުއަރީ 20 ގައި އެމެރިކާގެ ރައީސް ކަމުގެ ތަޚުތު ލިބިއްޖެނަމަ 24 ގަޑިއިރު ތެރޭގައި ޒެލެންސްކީއާއި ޕޫޓިންގެ ރުޅިވެރިކަން ނިމުމަކަށް ގެނެސް މިހާރު ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެންނާނަމޭ ވިދާޅުވެ ޓްރަމްޕް ގެންދަވަނީ ބައިޑަން އާއި ޗެލެންޖު ކުރައްވަމުންނެވެ.                                   

ރައީސް ޒެލެންސްކީއަށް ޙަވާލާދީ ބުލޫމްބާރގުން ބުނެފައިވަނީ ރަޝިޔާ ޔޫކްރެއިން ހަނގުރާމަ ކާމިޔާބު ކުރަން ޔޫކްރެއިންގެ ސިފައިންނަށް ކޮންމެހެން ބޭނުންވާ ހަތިޔާރު ނެތުމުގެ ސަބަބުން ޔޫކްރެއިންގެ ލަޝްކަރުތައް މިހާރު ތިބީ ފާޑަކަށް މަރުތަޅު އެޅިފައެވެ.

  އަހަރެމެންގެ ސިފައިންނަށް ބޭނުންވާ ހަތިޔާރު ލިބިއްޖެނަމަ އެ މަރުތަޅު ފުނޑުފުނޑު ކޮށްލެވިދާނެއެވެ.އަހަރެމެންގެ އަޒުމެއް ނުގުޑާނެއެވެ.އެކަމަކު ބޭނުންވާ ހަތިޔާރު ލިބިގެން މެނުވީ އެ އަޒުމުގައި ކުރިއަށްދެވޭކަށްނެތެވެ.                         

ދަ ހިލް އިން ރައީސް ޓްރަމްޕުގެ ކެމްޕޭނު ޓީމުގެ ބަހެއް ހޯދުމަށް މަސައްކަތް ކުރަމުން ގެންދާކަމަށް ހާމަކޮށްފައި ވެއެވެ.  

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް