އިސްލާމިކް މިނިސްޓްރީން ފަންޑުކޮށްގެން ސެންޓާ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގައި ނަމާދު ކުރުމަށް ޙާއްސަ ތަނެއް ހުޅުވައިފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ކުރެއްވި ޕޯސްޓެއްގައި ވަނީ އެ މިނިސްޓްރީން ފަންޑުކޮށްގެން ސީއެޗްއެސްއީގައި ތަރައްޤީ ކުރި ނަމާދުކުރާ ތަނުގެ ފޮޓޯ ހިއްސާކޮށްފައެވެ.
އެ ފޮޓޯ ހިއްސާކޮށް މިނިސްޓަރު ވިދާޅުވީ އެއީ ސްކޫލްތަކުގެ ދަރިވަރުންނަށް ނަމާދުކުރުމުގެ ޖާގަ ތަނަވަސްކޮށްދިނުމުގެ ތަޞައްވުރުގެ ދަށުން، އިސްލާމިކް މިނިސްޓްރީން ފަންޑުކޮށްގެން ސީއެޗްއެސްއީ ގައި ޤާއިމު ކުރި ނަމާދުކުރާ ތަން ކަމަށެވެ. އަދި އެތަނުގައި ވުޟޫ ކުރުމުގެ އިންތިޒާމުވެސް ހަމަޖެހިފައި ހުންނާނެ ކަމަށް ޑރ.ޝަހީމް ވިދާޅުވެފައި ވެއެވެ.
މިނިސްޓްރީން ފަންޑުކޮށްގެން ސީއެޗްއެސްއީގައި ތަރައްޤީކުރި މި ނަމާދުކުރާ ކޮޓަރީގެ ސަބަބަން ސްކޫލުގެ ވަގުތުތަކުގައިވެސް ދަރިވަރުންނަށް ނަމާދު ކުރެވޭނެއެވެ.