އިސްރާއީލާއި ފަލަސްްތީނު ހަނގުރާމަ ހުއްޓުމުގެ މަގުފަހިވަނީ

Loading

Facebook
Twitter
WhatsApp

ސީއެންއެންގެ މިއަދުގެ ޚަބަރުތަކަށް ބަލާއިރު އިސްރާއީލާއި ޙަމާސްއިން ހަނގުރާމަ ހުއްޓާލާއި އަދި ރަހީނުން މިނިވަން ކުރުމުގެ އެއްބަސްވުމަކާއި ވަރަށް ކައިރިއަށް ހިނގައްޖެކަމަށް އުންމީދުކުރެވޭ ކަމަށް ބުނެފިއެވެ.

ސީއެންއެން ގެ ޚަބަރުގައި މިކަން ޙަވާލާދީފައި ވަނީ ކުރެވެމުންދާ މަޝްވަރާތަކުގެ މަޢުލޫމާތު ރަނގަޅަށް އެނގޭ އިސްރާއީލުގެ ރަސްމީ ފަރާތަކަށެވެ. މަޢުލޫމާތު ހާމަކުރި އިސްރާއީލުގެ ރަސްމީ ފަރާތުން ބުނެފައިވަނީ ޙަމާސް އިން އެންމެ ފަހުންދީފައިވާ ޖަވާބަށް ބަލާއިރު ތަފްސީލުތަކާއި ހަމަޔަށް ދެވިދާނެ އެއްބަސް ވުމަކަށް މަގުފަހިވެފައިވާ ކަމަށް ގަބޫލު ކުރެވޭކަމަށެވެ.

ދެފަރާތުން ގަބޫލުކުރެވޭ އެއްބަސްވުމަކަށް އައުމަށް ވަގުތު ނަގާނެ ކަމަށާއި އެންމެ ފުރަތަމަ ބޭނުންވަނީ މަޝްވަރާތަކައިގެން ކުރިއަށްދިއުމަށް ބޮޑު ވަޒީރު ނަތަންޔާހޫ އެއްބަސް ކުރުވުމެވެ. އެ މަޝްވަރާތަކުގައި ރަހީނުން މިނިވަން ކުރުމުގައި އިސްރާއީލުގެ ޖަލުތަކުން މިނިވަން ކުރަންޖެހޭ ގައިދީންގެ ހުރިހާ ވަނަވަރުތަކެއްވެސް ހިމަނަންޖެހޭނެއެވެ.

މަޝްވަރާގައި ބައިވެރިވާ އިސްރާއީލުގެ ވަފުދުން ބޮޑުވަޒީރު ނަތަންޔާހޫވެސް ހިމެނޭގޮތުގައި އެގަމުގެ ކަމާބެހޭ ސިޔާސީ ފަރާތަތްކާއި އެކު ކުރިއަށްއޮތް މަދު ދުވަސްތަކުގެ ތެރޭގައި މަޝްވަރާ ބައްދަލުކުރުން ކުރިއަށް ގެންދާނެއެވެ.

ޙަމާސްއާއި އެކު ކުރެވޭ އެއްބަސްވުން ބިނާވެގެންދާނީ އެ ބައްދަލުވުން ތަކުން ނިކުންނަ ނަތީޖާއެއްގެ މައްޗަށެވެ.

ޙަމާސްގެ ރަސްމީ ޖަވާބު މިހާރު އޮންނާނީ މިސްރާއި ގަތަރަށް ރައްދު ކޮށްފައިކަމަށް އެ ޖަމާޢަތުން ވަނީ ޔަގީންކޮށް ދީފައެވެ. ޙަމާސް ޕޮލިޓިކަލް ބިއުރޯގެ ފަރާތުން ބާސަމް ނައީމް ސީއެންއެން އަށް މަޢުލޫމާތު ދީފައިވާ ގޮތުގައި ހަނގުރާމަ ހުއްޓާލުމަށާއި އިސްރާއީލުގެ ހުރިހާ ސިފައިން ގައްޒާއިން ފައިބަންޖެހޭނެކަން ކަށަވަރު ކުރުމުގެ ގޮތުން އޭގައި ޝަރުތުތަކެއް އޮންނާނީ ހުށައަޅާފައެވެ. އަދި ކުރިއަށް އޮތްތަނުގައި ފަލަސްތީނުގެ ރައްޔިތުންނަށް އުދުވާނީ ގޯނާ ކުރުން ހުއްޓާލުމާއި ބެހޭ ގޮތުންވެސް ބައެއް ހުށައެޅުން ހުށައަޅާފައި ވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭގެފަހުން ޙަމާސް އިން ބުނެފައިވަނީ އިސްރާއީލުގެ ހުށައެޅުމަށް ޙަމާސް ދީފައިވާނީ ވަރަށް ފެހި ޖަވާބެއް ކަމަށެވެ. އަދި ހަނގުރާމަ ހުއްޓާލުމާ ދޭތެރޭ އިސްރާއީލާ އެކު ވެވޭ އެއްބަސްވުމުގެ އެންމެހާ ޝަރުތުތަކުގެ މައްޗަށް ތަފްސީލުގޮތެއްގައި ޙަމާސްގެ ލީޑަރ އިސްމާޢީލް ހަނިއްޔާ، މިސްރާއި އަދި ގަތަރާއެކު މަޝްވަރާ ކުރައްވަމުން ގެންދަވާކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އެންމެ ފަހުގެ ޙާލަތާބެހޭ މަޢުލޫމާތު ތުރުކީގެ ވެރިންނާއި އެކުވެސް ޙަމާސް އިން ގެންދަނީ ޙިއްސާ ކުރަމުންނެވެ.

މި މަޝްވަރާތަކުގައި އިސްރާއީލުގެ ފަރާތުން ބައިވެރިވާ އިސްރާއީލުގެ ޖާސޫސީ އިދާރާ މޮސްއަދުގެ ޓީމުންވެސް ވަނީ މިސްރާއި ގަތަރަށް ޙަމާސްގެ ޖަވާބު ލިބިފައިވާކަން ކަށަވަރުކޮށްދީފައެވެ. އަދި އެ ޓީމުގެ ފަތާރުން ޙަމާސްގެ ޖަވާބު ދިރާސާކުރަމުން ގެންދާކަމަށްވެސް ބުނެފައިވެއެވެ. އިތުރު އެއްވެސް މަޢުލޫމާތެއް މޮސްއަދުންހާމަކޮށްފައެއް ނުވެއެވެ.

ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމަކަށް އަންނަން އިސްރާއީލު ސަރުކާރަށް މަޖުބޫރު ވެފައިވަނީ ރަހީނުން މިނިވަންކޮށްގެން ގައުމަށް ގެނައުމުގައި ސަރުކާރު ނާކާމިޔާބު ވެއްޖެނަމަ އެގައުމުގެ ހުރިހާ ރައްޔިތުން ސަރުކާރާ ދެކޮޅަށް މަގުތަކަށް ނިކުންނާނެކަން ކަށަވަރުވުމާއި ގުޅިގެން އެހެން ގޮތެއް ނެތުމުންނެވެ. އިސްރާއީލުގެ ރައްޔިތުންގެ ކުރިމަތީގައި ރަހީނުން މިނިވަން ކުރުން ނޫން އެހެން ގޮތެއް ސަރުކާރަކަށް ނޯންނާނެއެވެ.

މިހާރު އެއްބަސް ވެވުމަކަށް އަންނަން މަސައްކަތް ކުރެވެމުންދާ އެއްބަސްވުން ފަނިކޮށްލުމުގެ ފުރުސަތު ސަރުކާރަށް ނުދޭނެކަމަށް އެމީހުންގެންދަނީ ބުނަމުންނެވެ.

                                                 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް