ރައީސް ޑރ.މުޢިއްޒު, ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބާގައި ތަހުނިޔާ ފޮނުއްވައިފި

Loading

Facebook
Twitter
WhatsApp

ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

ތަހުނިޔާގެ ޚިޠާބުގައި ރައީސް ވިދާޅުވީ ހިޖުރީ އައު އަހަރަކާ ބައްދަލުކުރުމުގެ ހެޔޮ ތައުފީގު ދެއްވި ކަމަށްޓަކައި އެކަލާނގެ ހަޟްރަތަށް ޙަމްދުކުރައްވާ ކަމަށެވެ.

“މި ފެށުނު އައު އަހަރުގެ މުނާސަބަތުގައި އަޅުގަނޑުގެ ހިތުގެ އިޚްލާސްތެރި ތަހުނިޔާއާއި މުބާރަކްބާދު، ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަމެވެ.“

ހަމައެއާއެކު މުޅި އިސްލާމީ އުންމަތް އިޙުތިފާލުކުރާ މި ތާރީޚީ މުނާސަބަތުގެ ހެޔޮއެދުންތައް ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ތިއްބެވި އުޚުއްވަތްތެރި މުސްލިމުންނަށް ފޮނުއްވާ ކަމަށެވެ.

މި ފެށުނު އައު އަހަރަކީ، އެކަލާނގެ މަދަދާއި ރަޙްމަތާއެކު، ދިވެހިރާއްޖެއަށް ފާގަތި އަހަރެއް ކަމުގައި ހެއްދެވުމަށާއި, ތަރައްގީގެ ރޮނގުގައި ދިވެހީން އެދޭ އެތައް އުންމީދެއް ހަގީގަތަކަށް ވާނޭ އަހަރެއް ކަމުގައި ހެއްދެވުމަށް ރެޔާދުވާލު ހިންމަތާއެކު ސަރުކާރުން މަސައްކަތްކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

“ދިވެހީންގެ އުޖާލާ މުސްތަގުބަލެއް ބިނާކުރުމަށް މި ކުރާ އިޚްލާސްތެރި މަސައްކަތުގައި މާތް ބަރަކާތްލައްވާށިއެވެ. މި ލޮބުވެތި ވަޠަން ސިލްމާއި ސަލާމަތާއި، މަޖްދާއި އުފާފާގަތިކަމުގައި އަބަދުމެ ލަހައްޓަވާށިއެވެ. އާމީން.“

ހިޖުރީ އައު އަހަރު ފެށެނީ މުހައްރަމް މަހުންނެވެ. މުސްލިމުން ހިޖުރީ ތާރީޚު ގުނަން ފެށީ ކީރިތި ރަސޫލާ މައްކާ ދޫކުރައްވައި މަދީނާއަށް ހިޖުރަކުރެއްވި ހިޖުރައާ ގުޅުވައިގެންނެވެ. މި ފެށުނީ ހިޖުރައިން 1446 ވަނަ އަހަރެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް