ރައީސް ޑރ.މުޢިއްޒު, އީރާނުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި މަސްއޫދަށް މަރުހަބާ ވިދާޅުވެއްޖެ

Loading

Facebook
Twitter
WhatsApp

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އީރާނުގެ އާ ރައީސް މަސްއޫދު ޕެޒެޝްކިއާން އަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސް މަރުހަބާ ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސްގެ ޕޯސްޓުގައި ވަނީ އީރާނުގެ އާ ރައީސްގެ ޒައާމަތުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެކުގައި މަސައްކަތް ކުރެއްވުމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.

މީގެއިތުރުން އީރާނާއި މެދުއިރުމަތީގެ ކުރިއެރުމަށާއި ސުލްހަމަސަލަސްކަމަށް އީރާނުން ކުރަމުން އަންނަ މަސައްކަަތަށް ކާމިޔާބަށް ވެސް އެދިވަޑައިގެންނެވިއެވެ.

އީރާނުގައި ރިޔާސީ އިންތިޚާބު ބާއްވައި އާ ރައީސަކު އިންތިޚާބުކުރީ އެ ގައުމުގެ ރައީސްގެ މަގާމުގައި ހުންނެވި އިބްރާހިމް ރައީސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓި މިދިޔަ މެއިމަހުގައި ހިނގި ހާދިސާގައި އެމަނިކުފާނު އަވަހާރަވުމާ ގުޅިގެންނެވެ.

މަސްއޫދު އިންތިޚާބު ކާމިޔާބު ކުރެއްވީ ހަ ކެނޑިޑޭޓުންނާ ވާދަކުރައްވައި ދެވަނަ ބުރުންނެވެ. ދެވަނަ ބުރުގައި މަސްއޫދަށް ވަނީ %53.7 ވޯޓު ލިބިވަޑައިގެންފަ އެވެ. އަދި ޕެޒެޝްކިއާން އާ އެންމެ ގާތުން ވާދަކުރެއްވި ސައީދު ޖަލީލީއަށް ލިބުނީ %44.3 ޕަސެންޓް ވޯޓެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް