އީރާންގެ އައު ރައީސަކަށް ޕެޒެޝްކިއާން   

Loading

Facebook
Twitter
WhatsApp

އިސްލާހީ ބަދަލުތަކަށް ތާއީދު ކުރައްވާ ބޭފުޅެއްކަމަށްވާ މަސްޢޫދު ޕެޒެޝްކިއާން އީރާންގެ ރައީސް އަކަށް ހޮވިވަޑައިގެންފިއެވެ. އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވީ އިހުގެ އުސޫލުތަކަށް ތާއީދުކުރައްވާ ސައީދު ޖަލީލީއެވެ.


ނަތީޖާ އިއުލާން ކޮށްފައިވަނީ 30 މިލިއަން ވޯޓު ގުނުނު އިރު ޕެޒެޝްކިއާން އަށް 53.3 އިންސައްތަ ކާމިޔާބް ކުރެއްވުމުންނެވެ.ޖަލީލީ އަށް އޭރު ލިބިވަޑައިގެންފައިވަނީ 44.3 އިންސައްތަ ވޯޓެވެ.
އީރާންގެ ރިޔާސީ އިންތިޚާބްގެ ފުރަތަމަ ބުރުގެ ވޯޓުލުން ބާއްވާފައިވަނީ ޖޫން 28 ވަނަ ދުވަހުއެވެ. ނަމަވެސް ކުރިމަތިލެއްވި 5 ކެންޑިޑޭޓުންގެ ތެރެއިން އެއްވެސް ބޭފުޅަކަށް ސާފު އަޤުލަބިއްޔަތު ލިބިވަޑައިނުގަތުމުން އެންމެ ކުރީގައި އުޅުއްވި ދެބޭފުޅުން ވާދަ ކުރައްވާގޮތަށް ނިންމިއެވެ.
އީރާންގައި ރިޔާސީ އިންތިޚާބް ބާއްވާފައި މިވަނީ ކުރިން ހުންނެވި އިބްރާހީމް ރައީސީ ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާއެއްގައި އަވަހާރަ ވުމާއި ގުޅިގެންނެވެ. އެހާދިސާގައި ފޮރިން މިނިސްޓަރ އަބްދުﷲހިއާން ހިމެނޭ ގޮތުން އިތުރު ހަތް މީހުން މަރުވެފައި ވެއެވެ.
އައު ރައީސް، އުމުރުފުޅުން 71 އަހަރުގެ ހާޓް ސަރޖަން އަކީ އީރާންގެ ޕާލަމެންޓްގެ މެންބަރެކެވެ. އަދި އޭނާއަކީ އީރާންގެ ގިނަ ބަޔެއްގެ ފާޑުކިއުން ކުރިމަތިވަމުން އަންނަ މޯރަލިޓީ ޕޮލިހަށާ އެހެންވެސް އެތެރޭގެ ކަންކަމަށް ފާޑުވިދާޅުވާ ބޭފުޅެކެވެ.އީރާން ބޭރު ދުނިޔެއާ އެކަހެރި ވެފަ އޮންނަ އޮތުމަށް ނިމުމެއް ގެންނަވާ އަދި ގައުމުގެ އެތެރޭގައިވެސް އެކުވެރިކަމާ އެއްބައިވަންތަކަން އިތުރު ކުރައްވާނެ ކަމަށް ޕެޒެޝްކިއާން ވިދާޅުވުމުން ގިނަ ބައެއްގެ ސަމާލުކަން އެކަމަށް އައިސްފައި ވެއެވެ.
ޕެޒެޝްކިއާން ވަނީ 2015 ވަނަ އަހަރު އެކުލަވާލެވުނު ނިއުކްލިއަރ އެއްބަސްވުން އައު ކުރުމާބެހޭ ގޮތުން ހުޅަގުގެ ބާރުތަކާއެކު ބިނާކުރުވަނިވި މަޝްވަރާތަކަކަށްވެސް ގޮވާލައްވާފައެވެ.


Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް