އެންޑީއޭގެ ސީއީއޯގެ މަގާމުގައި ހުންނެވި އިމާދު އެ މަގާމުން ވަކިކޮށްފި

Loading

Facebook
Twitter
WhatsApp

މޯލްޑިވްސް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ސީއީއޯގެ މަގާމުގައި ހުންނެވި އިމާދު ޞާލިޙް އެ މަގާމުން ވަކިކޮށްފިއެވެ.

އެންޑީއޭގެ ސީއީއޯގެ މަގާމަށް އިމާދު އައްޔަންކުރީ, އެ މަގާމުގައި އޭގެ ކުރިން ހުންނެވި ސީއީއޯ, 2021 ވަނަ އަހަރުގެ ޖަނަވަރީ 18 ވަނަ ދުވަހު މަގާމުން ވަކިކުރުމަށްފަހު ގިނަ ދުވަސްތަކެއް ވަންދެން އެ މަގާމު ހުސްކޮށް އޮތުމަށްފަހު 20 އޮކްޓޫބަރު 2022 ގައެވެ.

ނަމަވެސް އިމާދު މަގާމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަތީ އެ އަހަރުގެ ނޮވެމްބަރު 01 ވަނަ ދުވަހުއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިިނިސްޓަރުކަމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވައިފައިވާ އިމާދު, އެންޑީއޭގެ ސީއީއޯގެ މަގާމުން ވަކިކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިދިޔަ މަހު އެކުލަވައިލެއްވި އެންޑީއޭގެ ބޯޑުގެ މެންބަރުންގެ އިއްތިފާގުންނެވެ.

ބޯޑު ޗެއާމަން ލުބްނާ ޒާހިރު ވިދާޅުވީ އިމާދު ވަކިކުރީ ފައިނޭންޝަލް އޮޑިޓެއް ހެދުމަށްފަހު, އެންޑީއޭގެ މަސައްކަތްތައް ކުރެވެމުން އައި ގޮތާއި ހާސިލުކުރެވުނު މިންވަރަށް ބަލައި ސަރުކާރުގެ ސިޔާސަތު ތަންފީޒުކޮށް, މި ސަރުކާރުން ބޭނުންވާ ސްޕީޑުގައި ގިނަ މަސައްކަތްތައް އަވަހަށް ކުރުމަށް އެންޑީއޭ އިސްލާހުކުރުމަށް ކަމަށެވެ.

ޑްރަގްގެ ފަރުވާއަށް ދާން ތިބި ވަރަށް ގިނަ ޒުވާނުންނަށް ފަރުވާއަށް ނުދެވިފައި އޮތް ބެކްލޮގް ވަރަށް ބޮޑުކަން ފާހަގަކުރައްވަމުން ލުބްނާ ވިދާޅުވީ އިމާދު ވަކިކުރަން ބޯޑުން ނިންމީ މިކަހަކަ ވަރަށް ބައިވަރު ކަންކަމަށް ރިއާޔަތްކޮށްފައި ކަމަށެވެ.

ބޯޑުގެ ސީއީއޯކަމުގެ މަގާމަށް 90 ދުވަސްތެރޭގައި އާ ބޭފުޅަކު އައްޔަން ކުރުމަށް ކަމަށް ނިންމާފައިވާ ކަމަށާއި ވަގުތީ ސީއީއޯއަކަށް ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު ރާޝިދު އައްޔަންކޮށްފައިވާ ކަމަށް ވެސް ލުބްނާ ވިދާޅުވިއެވެ.

ރާޝިދު މި މަގާމަށް އައްޔަންކުރީ އިތުރު އެއްވެސް ފައިސާއެއް ނުދޭ ގޮތަށް ކަމަށް ވެސް ލުބްނާ ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް