ބިދޭސީން ވިޔަފާރި ކުރުން މަނާ 25 ދާއިރާއެއް ކަނޑައަޅައިފި

Loading

Facebook
Twitter
WhatsApp

ރާއްޖޭގައި ބިދޭސީން ވިޔަފާރި ކުރުން މަނާ ދާއިރާތައް ކަނޑައަޅައި އާންމުކޮށްފިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއިން މިއަދު ކުރި އިއުލާނުގައި ވަނީ ބިދޭސީން ރާއްޖޭގައި ވިޔަފާރި ކުރުން މަނާ 25 ދާއިރާއެއް ހިމަނައިފައެވެ.

ބިދޭސީން ވިޔަފާރި ކުރުން މަނާ ދާއިރާތައް:

ރީޓެއިލް ޓްރޭޑް (އޮންލައިން ވިޔަފާރިވެސް ހިމެނޭގޮތަށް).

ހޯލްސޭލް ޓްރޭޑް – އިމާރާތް ކުރުމަށް ބޭނުންވާ މުދާ ފިޔަވައި.

ޑޮމެސްޓިކް ލޮޖިސްޓިކްސްގެ މަސައްކަތް.

ޕޯސްޓަލް އަދި ކުރިއަރ ސަރވިސަސް.

ކާބޯތަކެތި ވިއްކުމުގެ ހިދުމަތްތައް (ކެފޭ، ރެސްޓޯރަންޓް އަދި ބޭކަރީ ހިންގުން).

ތަކެތި ކުއްޔަށްދިނުމުގެ ވިޔަފާރިތައް (އިމާރާތްކުރުމަށް ބޭނުންކުރާ ބޮޑެތި މެޝިނަރީ ފަދަ ތަކެތި ހިމެނޭ ގޮތަށް).

އެމްޕްލޯއިމަންޓް އޭޖަންސީ އަދި ވަޒީފާތަކަށް މީހުން ހޯދުމުގެ ޚިދުމަތްތައް.

ޓްރެވަލް އޭޖަންސީ، ޓުއަރ އޮޕަރޭޓަރސް، ރިޒަވޭޝަން އަދި މިކަމާ ގުޅުން ހުރި އެހެނިހެން މަސައްކަތްތައް.

ލޭންޑްސްކޭޕިންގ މަސައްކަތް.

ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި ގައުމުގެ ދިފާއީ ބާރުތަކާއި ގުޅުންހުރި މަސައްކަތްތައް.

ޖެނެރަލް ޓިއުޝަން ކްލާސް އަދި ޤުރުއާން ކްލާސް ހިންގުން.

ޖެނެރަލް ކްލިނިކް ހިންގުމުގެ މަސައްކަތް.

ކޮމްޕިއުޓަރު، އާންމު މުދާ އަދި ގޭތެރޭގައި ބޭނުންކުރާ މުދާ މަރާމާތު ކުރުމުގެ މަސައްކަތް.

ޕްރޮގްރާމިންގ އަދި ބްރޯޑްކާސްޓިންގ މަސައްކަތް.

ގާނޫނީ ވަކީލުންގެ ޚިދުމަތްތައް.

ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީގެ މަސައްކަތް.

ޕިކްނިކް އައިލެންޑް ތަރައްގީކުރުމާއި ހިންގުން.

ވިޔަފާރި އުސޫލުން އެއްގަމު އުޅަނދު ދުއްވުން.

ސުވެނިއަރ އަދި އަތްތެރި މަސައްކަތުން ތަކެތި އުފައްދައި ވިއްކުން.

ރަބަރު އަދި ޕްލާސްޓިކް ތަކެތި އުފެއްދުން.

ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ތަކެތި އުފެއްދުމާއި ވިއްކުން.

ލަކުޑިން ތަކެތި އުފެއްދުން (ފަރުނީޗަރު ފިޔަވައި).

މައިނިންގ އެންޑް ކޮރީންގް ގެ މަސައްކަތް.

މައިނިންގ އޮފް ސޭންޑް.

ފޮރެސްޓްރީ.

މި އިއުލާނާ ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ ( [email protected] ) އަށް އީމެއިލް ކުރުމަށް ނުވަތަ 3333181 / 3333182 އަށް ގުޅުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އެދިފައެވެ.

ފޮޓޯޯ: އަވަސް

Loading

2 Responses

  1. ވަރަށް ބަރާބަރު މަރުހަބާ ރައީސް މުއިޒަށް. މަނާ ކަންތައް މިއޮތީ ހާމަކުރެވިފަ ފެން ކޮށްދޭންވީ މީޑިއާ މެދުވެރިކޮށް މިކަންތައް ދިގުދެމޭ ގޮތަށް އެންގުން. ހުރިހާ މުއައްސަސާ އެއް ނިކުމެ މިކަން މެކުހަށް ޖަހަންވީ.. ޑިޕޮސިޓް ހުންނާނެ އެއްނު ހުރިތަނަކު މީހުންގަނޑު މޯލްޑިވިއަންއަށް ބާރުކޮށް ބަރުކޮށްފަ ފޮނުވަން ފަށަންވީ.. އޭރުން ވިސާފީވެސް ދެންހުރި ފީއެއް ދެއްކުން އަވަސްވެ މި ބަންގާޅު ބައިގަނޑު މައިތިރި ވެދާނެ އޮޓޯއިން. މިކަމަށް ވުޒާރާއެއް ހަދަންޔާ ވަޒީފާއެއްދޭތި މީ އަށް އޯކޭ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް