ވ.އަތޮޅު ބޮޑުފިނޮޅާއި އެ ފިނޮޅުގެ ފަޅު 11.2 މިލިއަން ރުފިޔާ ނުވަތަ 729000 ޑޮލަރަށް ވިއްކާލައިފި އެވެ.
ވ.އަތޮޅު ބޮޑުފިނޮޅާއި އެ ފިނޮޅުގެ ފަޅު ހިމެނޭހެން ފަތުރުވެރިކަމަށް ތަރައްގީކުރުމަށް 17 ތަނެއް މިދިޔަ މެއި މަހު ހުޅުވައިލި ނަމަވެސް, އެ ތަންތަނުގެ ތެރެއިން މިހާތަނަށް ވިކިފައިވާ ތަންތަން ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
“ސަންދާނު“ އަށް އެނގިފައިވާ ގޮތުން, ވ.އަތޮޅު ބޮޑުފިނޮޅާއި އެ ފިނޮޅުގެ ފަޅު ގަންނަން 4 ފަރާތަކުން ޕްރޮޕޯސަލް ހުށަހެޅިއެވެ. އޭގެތެރެއިން އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހެޅީ ކާނި ހޮޓެލްސްއިންނެވެ.
ވ.އަތޮޅު ބޮޑުފިނޮޅާއި އެ ފިނޮޅުގެ ވިއްކާލުމާ ގުޅިގެން ވ. ތިނަދޫ ކައުންސިލުގެ ރައީސް ޝިފާޤު ޙުސައިން “އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މާލެ އަތޮޅާއި ވ.އަތޮޅުގެ ރިސޯޓުތަކާއި ގެސްޓްހައުސްތަކުން އެތަނަކުން އާމްދަނީ ހޯދަމުން ދިޔަ ވ.ބޮޑުފިނޮޅު ސަރުކާރުން ވިއްކައިލީ އެންމެ 729,000 ޑޮލަރަށް ކަމަށާއި ނުވިއްކައި ބޭއްވި ނަމަވެސް ދައުލަތަށް ލިބޭ އާމްދަނީ އެތައް ގުނައެއް އިތުރު ވީސް ކަމަށެވެ.
”ރައީސް މުޢިއްޒުއެވެ. ހެޔޮނުވާނެއެވެ. ތިޔަ ވިއްކައިލީ މާލެ އަތޮޅާއި ވ.އަތޮޅުގެ ރިޒޯޓްތަކާއި، ގެސްޓްހައުސްތަކުން އެތަނަކުން އާމްދަނީ ހޯދަމުން ދިޔަ ވ. ބޮޑުފިނޮޅެވެ. އެވެސް އެންމެ 729,000 ޑޮލަރަށެވެ.“ ބޮޑު ފިނޮޅަކީ ވ.އަތޮޅުގައި ނުގިރައި އޮތް ހަމައެނި ފިނޮޅު ކަމަށާއި އެހެންކަމުން އެންމެ ބަޔަކަށް މަންފާ ލިބޭ ގޮތަށް ވިއްކައި ނުލުމަށް އިލްތިމާސްކުރައްވަމުން ޝިފާގު ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ވ.އަތޮޅު ކައުންސިލުގެ ރައީސް ވިދާޅުވީ ލާމަރުކަޒީ ގާނޫނާ ހިލާފަށް އަތޮޅުތަކުގެ ގުދުރަތީ ވަސީލަތްތައް ވިއްކުން ހުއްޓުވެންޖެހޭ ކަމަށެވެ. މިއީ މުޅި ސަރަހައްދުގެ ފަތުރުވެރިކަމަށް ލިބޭނެ ގެއްލުމެއް ކަމަށާއި ވ.އަތޮޅު ރައްޔިތު މީހާއަށް, ހިންގޭ ވިޔަފާރިތަކަށް, އަދި މުސްތަގުބަލަށް އެޅޭ ބޮޑު ހުރަހެއް ކަމަށެވެ.
One Response
Dhen lalala la