މާލޭގައި ހުންނަ އިއްޒުއްދީން ސްކޫލް ބަންދު ކުރަން ސަރުކާރުން ނިންމައިފިއެވެ.
ޖޫމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވަނީ މިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޕީއެންސީއަށް 50 މިލިއަން ރުފިޔާ ޚަރަދު ކުރައްވައިފައެވެ.
އޭގެ ބަދަލެއްގެ ގޮތުން އިއްޒުއްދީން ސްކޫލް ހިންގި އިމާރާތް ޤާސިމަށް ދެއްވުމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަނީ
ވައުދުވެވަޑައިގެންފައެވެ.
ޤާސިމްގެ ވިލާ ކޮލެޖްއާއި އިއްޒުއްދީން ސްކޫލް ހިންގާ އިމާރާތް ހުރި ބިން އެއްކޮށްލުމަށް ބޭނުންވެ ޤާސިމް އެދިވަޑައިގެންނެވި ގޮތަށް އިއްޒުއްދީން ސްކޫލު ހުރި އިމާރާތް ވިލާ ކޮލެޖަށް ދިނުމަށް މުއިއްޒު އެއްބަސްވެވަޑައިގެންފައިވާކަމަށް މައުލޫމާތު ލިބެއެވެ.
“ސަންދާނު“ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިއްޒުއްދީން ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުން ބަހައިލަން ނިންމަވާފައިވަނީ މާލޭގެ އެކި ސްކޫލްތަކަށެވެ.
އިއްޒުއްދީން ސްކޫލުގައި ކިޔަވަމުންދިޔަ ދަރިވަމުން އެކި ސްކޫލުތަކަށް ބަދަލުކުރަން ނިންމާފައިވާތީ ބެލެނެވެރިން އަންނަނީ އެކަމާ އިހުތިޖާޖުކުރަން ތައްޔާރުވަމުންނެވެ.
ގާސިމް އެންމެ ފުރަތަމަ ބޭނުންފުޅުވި ބިމަކީ މާލޭގެ ޖަލު ހުސްކުރި ތަނެވެ.
އިއްޒުއްދީން ސްކޫލް ހިންގި އިމާރާތް ޤާސިމަށް ދިނުމަށްޓަކައި ސަރުކާރުން ދައްކަމުންދާ އުޒުރަކީ އެ ސްކޫލަކީ ދަރިވަރުން ކިޔަވަން ތިބޭ ވަރަށްވުރެ ބާވެފައި ހުރި ތަނެއް ކަމަށެވެ. އެގޮތުން އިމާރާތުގައި ރެނދުލައިފައިވާ ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ.
4 Responses
މައްސަލައަކީ މަޖިލިސް އިންތިހާބައް ރައީސް ޕާޓީއަށް ފަންސާސް މިލިއަން ޚަރުދުކޮއްފަ އޭގެބަދަލައް އެތަންދޭން ނިންމީމަ. އެގޮތައް އެކަންނުވާނެ ބެލެވޭނީ ރައީސް ރިސްވަތު ހިފީކަމައް އެތަން ބޭނުން ނުކުރެވެންޏާ ބިޑު އުސޫލުންދޭންވާނީ ރައީސްއެއްކަމަކު
މިއައް ވުރެ ބޮޑުކޮށް ކިހިނެއްތޯ ސާބިތު ކުރާނީ ރިޝްވަތު ހިފި ކަން.. ނުލާހިކު ފުންނާބު އުސް ލޯޔަރަކު ސާފުކޮށްލަ ދެއްވަބަލަ.. ނިދި ނައިސްގެންނޭ މިއުޅެނީ …
މިއައް ވުރެ ބޮޑުކޮށް ކިހިނެއްތޯ ސާބިތު ކުރާނީ ރިޝްވަތު ހިފި ކަން.. ނުލާހިކު ފުންނާބު އުސް ލޯޔަރަކު ސާފުކޮށްލަ ދެއްވަބަލަ.. ނިދި ނައިސްގެންނޭ މިއުޅެނީ …
Education ministry in ethan nudheyne kamah bunefa othy