ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް މިރޭ ބާއްވަން ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ނިންމައިފިއެވެ.
އެ ޕާޓީން ބުނީ ޕީއެންއެފްގެ މިރޭ ފްރަންޓް އޮފީހުގައި ބާއްވާ ޖަލްސާއަކީ އަނެއްކާ ވެސް މުޅީން އާ ސްޓައިލެއްގެ ޖަލްސާއެއް ކަމަށާއި ތަފާތުވާނެ ކަމަށެވެ.
މިރޭ 20:45 ގައި ބާއްވާ މި ޖަލްސާއަށް ހުރިހާ ބޭފުޅުންނަށް ވަނީ ދައުވަތު އަރުވައިފައެވެ.
މިއީ މިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ފަހުން ޕީއެންއެފްއިން ބާއްވާ ދެވަނަ ޖަލްސާއެވެ. ކުރިން ބޭއްވި ޖަލްސާގައި ވެސް ރައީސް ޔާމީން ބައިވެރިވެވަޑައިގެންނެވިއެވެ.
2 Responses
އަސަރުކުރާނެ މިހާރު ބަލި ވާތީ މޮޔައިޒްމެން ޖެހެނީ ޑިފެންސް އަށް ކުޅެން
ކޯއްޗެސް ފަޅާލައްވާނީ މިރޭ