ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާމެދު އިހުމާލުވަމުންދާ ކަމަށް އާއިލާތަކުން ބުނޭ

Loading

Facebook
Twitter
WhatsApp

ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަފަރާތްތައް
ނުހަނު ގިނައެވެ. ބައެއް ޢާއިލާތަކުގައި ދެކުދިން ތިންކުދިން ތިބެއެވެ. އެހެން ކަމުން ދެމަފިރިން ކުރެ މީހަކަށް އާމްދަނީ ހޯދަން މަސައްކަތެއް ކުރާނެ ވަގުތެއް ނުލިބެއެވެ. 24 ގަޑިއިރު ހޭދަވެގެން ދަނީ އެކުދިން ބެލެހެއްޓުމުގައެވެ.

ދައުލަތުން މިފަދަ ފަރާތްތަކަށް ޢިނާޔަތެއް ދޭކަމަށްޓަކާ ޝުކުރު ޙައްގެވެ. އެހެނަސް ދެރައީ މަސް ނިމިގެން މިފަދަ ފަރާތްތަކަށް ދައުލަތުން ކަނޑައަޅާފައިފާ ޢިނާޔަތުގެ ރުފިޔާ ކޮޅު ޖަމާކޮށް ދެނީ އެފައިސާކޮޅަށް ބަރޯސާވެގެން ތިބޭ ޢާއިލާތައް މާޔޫސް ކުރުވާފައި ކަމަށް ވީތީއެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިން ބޭނުންވާ އެއްޗެއް އެކުދިންނަށް ނުލިބިއްޖެނަމަ ނުވަތަ ގަނެ ނުދެވިއްޖެނަމަ ދެންދިމާވާ ހިތްދަތިކަން އެއީ ތަޙައްންމަލް ކުރެވޭވަރަށްވުރެ މާބޮޑަށް އަސަރު ކުރުވާ ކަމެކެވެ. މިކަންކަން ޢިޙުސާސް ކުރެވޭނީ މިފަދަ ކުދިން ބަލަހައްޓާ ފަރާތަކަށެވެ. ނުކުޚެދުންތެރިކަން އެކިކުދިންގެ ކިބައިގާ ހުންނަނީ އެކި މިންވަރަށެވެ. އެހެން ކަމުން ދައުލަތުން ވަނީ މިފަދަ ފަރާތްތަކަށް ޢިނާޔަތް ދޭނެ ދަރަޖަތަކެއްވެސް އެކަށައަޅާފައެވެ.

އެގޮތުން ނުކުޅެދުން ތެރިކަން ހުންނަ މިންގަނޑު ތިންދަރަޖައަކަށް ބެހިފައި ވެއެވެ. އެއީ ތިންހާސް ރުފިޔާއި ފަސްހާސް ރުފިޔާ އަދި ހަ ހާސް ރުފިޔާއެވެ. މި މިންވަރަކީ ދެމަފިރިއަކު އާމްދަނީ ހޯދަން މަސައްކަތް ނުކޮށް ތިބެ ޚަރަދުބަރަދު ފޫބެއްދޭނެ މިންވަރަކަށް ނުވިނަމަވެސް ދައުލަތުން ދެއްވާ ޢިނާޔަތުގެ މި ދެންނެވި ފައިސާކޮޅަކީ މަސްނިމިގެން އެންމެ ފުރަތަމަ ޖަމާކޮށްދޭ ޢިނާޔަތުގެ ފައިސާ ކަމަށް ހަމަޖެހިއްޖެނަމަ މިފަދަ ޢާއިލާތަކުން ތަޙަންމަލް ކުރަމުން އަންނަ ހިތްދަތި އިޙުސާސް ތަކަށް ލުޔެއްލިބިގެން ދިޔައީހެވެ.

ނުކުޅެދުންތެރިކަން އިންތިހާއަށް ހުރި ތިންކުދިން ބަލަހައްޓާ ޢާއިލާއެއްގެ މަންމައަކު ބުންޏެވެ. މި ހުސްވުމަހުގެ 27 ވަނަ ދުވަހު ވަނީ ޢުމުރުން ދުވަސްވީ މީހުނާއި ދައުލަތުގެ މުސާރަވެރިންގެ އިތުރުން ޕެންޝަނަރުންނަށް
މުސާރާއާއި ޢިނާޔަތާއި އެލާވަންސް ޖަމަޢަ ކޮށްދީފައެވެ. އެހެނަސް ނުކުޅެދުންތެރިންގެ ޢިނާޔަތުގެ ފައިސާކޮޅު ޖަމާވީ އޭގެ ދެދުވަސް ފަހުން 30 ވަނަ ދުވަހުއެވެ. މިހެން ދިމާވުމުން މި ހުސްވިމަހުގެ 28 ،29 އަދި 30 ވަނަ ދުވަހު އެ އާއިލާއަށް ކައިބޮއި އުޅެވުނީ ތިމާގެ މީހުންގެ އެހީތެރިކަން ލިބުނީތީ ކަމަށް އެ އަންހެންމީހާ އަސަރާއެކު ބުންޏެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދީންނާއި ބޮޑެތި ބައެއް މީހުންނަކީ ވިސްނައިދީގެން ކަން ކަން ޙައްލު ކުރެވޭ ވަރަށްވުރެ މާބޮޑަށް ނުކުޅެދުން ތެރިކަން އަށަގެންފައިވާ ފަރާތްތަކެވެ. އެހެން ކަމުން އެ ކުދީންނަށް ދައުލަތުން ދޭ ޢިނާޔަތުގެ ފައިސާ އަކީ މަސް ނިމިގެން ސަރުކާރުން އެންމެ
ފުރަތަމަ ޖަމާކުރާ ފައިސާ ކަމުގައިވެއްޖެނަމަ މި ފައިސާއަށް ބަރޯސާވެގެން ތިބޭ ޢާއިލާތަކަށް ކުރިމަތިވާ ތަކުލީފުތަކަށް ޙައްލު ލިބިގެން ދާނެއެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް