ޕޮލިސް ކުލަބާއި އެފްއޭމް ގުޅިގެން ކާމިޔާބު ކަމާއެކު ފުޓްސަލް ރެފްރީ ކޯހެއް ކުރިއަށް ގެންގޮސްފި

Loading

Facebook
Twitter
WhatsApp

ޕޮލިސް ކުލަބާއި އެފްއޭއެމް ގުޅުގެން ކާމިޔާބު ކަމާއެކު ފުޓްސަލް ރެފްރީ ކޯހެއް ކުރިއަަށް ގެންގޮސްފިއެވެ.

މިކަންހާމަކޮށް ފުލުހުން ބުނީ ޕޮލިސް ކުލަބާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގުޅިގެން ހިންގި ބޭސިކް ފުޓްސަލް ރެފްރީ ކޯސް ނިންމައި ފާސްވި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފައިވާ ކަމަށެވެ.

މި ކޯސް ނިންމާ ފާސްވި ބައިވެރިންނަށް ހަނދާނީ ލިޔުން ދިނުމަށް ރޭ ސާޖަން އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ ގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ސްޓޭޓް މިނިސްޓަރ ޢަބްދުލް ރައްޒާޤު އިބްރާހިމްއެވެ.

މި ކޯސް ކުރިއަށް ގެންގޮސްފައި ވަނީ 2024 ޖޫން 27 އިން ޖުލައި 2 ވަނަ ދުވަހުގެ ނިޔަލަށެވެ. އެގޮތުން މި ކޯހުގައި 33 މުވައްޒަފުން ބައިވެރިވެފައިވާއިރު، ކޯސް ފުރިހަމަކޮށް ކަނޑައަޅާފައިވާ މިންގަނޑަށް ފާސްވެ ލިޔުން ހާސިލްކޮށްފައިވަނީ 24 މުވައްޒަފުންނެވެ. އޭގެ ތެރޭގައި 2 އަންހެން މުވައްޒަފުން ހިމެނޭކަމަށް ފުލުހުން ހާމަކުރެއެވެ.

މި ކޯހަކީ ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ފުޓްސަލް ރެފްރީކަން ކުރުމުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ މުވައްޒަފުންނަށް އެ ފުރުސަތު ހޯދައި ދިނުމުގެ ގޮތުންނާއި ކުޅިވަރުގެ ދާއިރާއިން މީހުން ބިނާކުރުމަށްޓަކައި ޕޮލިސް ކުލަބުން ކުރަމުންދާ މަސައްކަތުގެ ދަށުން ހިންގި ކޯހެކެވެ.

މިރަސްމިއްޔާތުގައި ޕޮލިސް ކުލަބުގެ ރައީސް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރަޝީދު އާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޑިރެކްޓަރ އޮފް ރެފްރީސް އަޙްމަދު ޤާސިމްއާއި ޕޮލިސް ކުލަބުގެ ޖެނެރަލް ސެކްރެޓަރީ އިންސްޕެކްޓަރ އޮފް ޕޮލިސް ޢަލީ އިބްރާހިމް އާއި ކޯހުގައި ކިޔަވައި ދެއްވި މުދައްރިބުންނާއި ބައިވެރިން ބައިވެފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް