ވިއްސާރަވެ ފެން ބޮޑުވުމުގެ ސަބަބުން އާސާމްގައި ގިނަބަޔަކު ހާލުގައި ޖެހިއްޖެ

Loading

Facebook
Twitter
WhatsApp


އިންޑިޔާގެ އާސާމް އަށް ބޯކޮށް ވާރޭވެހި ބޮޑެތި ހިސާބު ތަކެއްގައި ވަރަށް ބޮޑަށް ފެންބޮޑުވުމުގެ ސަބަބުން ގިނަބަޔަކު ހާލުގައި ޖެހިއްޖެ އެވެ. އުތުރު އިންޑިޔާގެ ބައެއް ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމުގެ އިތުރުން ބިންގަނޑު ކަނޑައިގެން ދިއުން ފަދަ ހާދިސާތައް ވެސް ވަނީ ހިނގާ، މީހުންގެ ފުރާނައަށް ގެއްލުން ލިބިފައެވެ.


ފެންބޮޑުވެފައިވާ އާސާމް އަށް ކުރިޔަށް އޮތް ދެތިން ދުވަހުވެސް ވާރޭ ވެހޭކަމަށް ފޯކާސްޓް ކޮށްފައިވާތީ އެކަމަށްވެސް ދަނީ ތައްޔާރުވަމުންނެވެ. ފެންބޮޑުވެ ހިނގި ތަފާތު ހާދިސާތަކުގައި އާސާމުން 34 މީހުން މިހާތަނަށް މަރުވެފައިވާއިރު ވިއްސާރައިގެ އަސަރު ހަލައްކައެއްހާ މީހުންނަށް ވަނީ ކޮށްފައެވެ.
އާސާމް ގެ ޗީފް މިނިސްޓަރ ވިދާޅުވެފައިވާ ގޮތުގައި ކުރިޔަށް އޮތް ދެތިން ދުވަހުވެސް ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާބެހޭ އިދާރާއިން ފޯކާސްޓް ކޮށްފައިވާތީ އެސްޓޭޓްގެ ހާލު ވަރަށް ގޯސްވާނެކަމަށް ދަނީ ބެލެމުންނެވެ.
ގިނަ ކޯރުތަކެއް ހިމެނޭ އާސާމް އަށް ކޮންމެ އަހަރެއްގެވެސް މޫސުމީ ވިއްސާރައިގައި ބޮޑެތި ގެއްލުން ތަކެއް ލިބެއެވެ. މިގޮތުން 2022 ވަނަ އަހަރުވެސް ވިއްސާރައިގެ ސަބަބުން ހަތަރު މިލިއަން މީހުންގެ ގެދޮރު ގެއްލި 45 މީހުން މަރުވެފައި ވެއެވެ.
އިންޑިޔާގެ އުތުރުގެ ހިސާބު ތަކުގެ އިތުރުން އަވަށްޓެރި ބަންގްލާދޭޝް ގައިވެސް ވިއްސާރައިގެ ސަބަބުން ބޮޑެތި ގެއްލުން ތަކެއް ލިބި އެތައްހާސް ބައެއްގެ ގެދޮރު ވަނީ ގެއްލިފައެވެ. ގެދޮރާ އިމާރާތްތަކުގެ އިތުރުން ބޮޑެތި ދަނޑުބިންތަކަށް ވެސް ވަނީ ވިއްސާރައިގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް