އައިވީއެފް އަދި އައިޔޫއައި ހަދަން އެދުނު މީހުންގެ ތެރެއިން ޝަރުތު ހަމަވި 37 މީހަކަށް އެހީ ދެނީ

Loading

Facebook
Twitter
WhatsApp

ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ހާސިލް ކުރުމަށް ކަނޑައަޅާފައިވާ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ”އައި.ޔޫ.އައި“ އަދި ”އައި.ވީ.އެފް“ގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމަށް ހުޅުވާލި ފުރަތަމަ ބުރުގައި، އެކަމަށް އެދުނު 153 މީހުންގެ ތެރެއިން ޝަރުތު ހަމަވި 37 މީހަކަށް އެހީ ދޭން ނިންމައިފި އެވެ.

މިކަންހާމަކޮށް އެންސްޕާއިން މިއަދު ބުނީ، މުއްދަތު ހަމަވިއިރު އެހީއަށް އެދި 153 މީހުން ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން އެ 153 މީހުންގެ ތެރެއިން ޝަރުތުހަމަވާ 37 މީހުން ކަނޑައަޅާ ކަމަށާއި ފުރަތަމަ ބުރުގައި އެ މީހުންނަށް އެހީ ދޭން ހަމަޖެހިފައިވާ ކަމަށެވެ.

ފުރަތަމަ ބުރުގައި އެހީ ހަމަޖެހިފައިވާ ފަރާތްތަކުން 30 ޖުލައި 2024 ގެ ކުރިން ފަރުވާ ކުރިއަށްގެންދާނެގޮތުގެ ޕްލޭން ހިއްސާކުރުމާ ގުޅޭގޮތުން އެންސްޕާއިން އެފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދޭނެކަމުގައިވެސް ވަނީ ބުނެފައެވެ.

އެންސްޕާއިން ބުނީ މި އެހީއަށް ޝަރުތު ހަމަނުވާކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ތެރެއިން ހާލަތުބަދަލުވެފައިވާ ފަރާތްތަކަށާއި އަލަށް އެހީއަށް އެދެން ބޭނުންވާ ފަރާތްތަކަށް 31 ޖުލައި 2024 ގެ 14:00 ނިޔަލަށް އެހީއަށް އެދި އަލުން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ހަމައެހެންމެ މި ލިސްޓާއި ގުޅިގެން ޝަކުވާ ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 10 ޖުލައިގެ 14:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް އެ އިދާރާއަށް ޝަކުވާ ހުށަހެޅުމަށްވެސް ވަނީ އެދިފައެވެ.

މީގެ އިތުރުން މިކަމާ ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފު ކުރުމަށް ނުވަތަ ފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވާނަމަ، އެންސްޕާގެ ހޮޓްލައިން 1402 އަށް ގުޅުމަށް އެ އެޖެންސީން ވަނީ އެދިފައެވެ.

2024 ވަނަ އަހަރު ”އައި.ވީ.އެފް“ގެ ފަރުވާއަށް އެހީ ހަމަޖައްސާދިނުމަށް ހަމަޖެހިފައިވަނީ 100 ދެމަފިރިންނަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް