ޖޯ ބައިޑްން ވެރިކަމަށް ގެންނަން ތިޔަވަރަށް އުޅެންޖެހޭ ހެއްޔެވެ؟

Loading

Facebook
Twitter
WhatsApp

ފޮކްސް ނިއުސް ޑިޖިޓަލްގެ އެންޑްރިއާ ވެކްޗިއާނޯ މިއަދު ބުނެފައިވާ ގޮތުގައި މިދިޔަ ހުކުރު ވިލޭރޭގެ ރިޔާސީ ބަހުސަށްފަހު ރައީސް ބައިޑްން އަށް ފާޑު ކިއުން އިތުރުވެފައިވާ މި ދަނޑިވަޅުގައި ރައީސް ބައިޑްންގެ އަނބިކަނބަލުންގެ ކުރީގެ ފިރިމީހާ ބިލް ސްޓީވަންސަން ނިއު ޔޯރކް ޓައިމްސްއަށް ދިން ބަސްދީ ގަތުމެއްގައި ރައީސް ބައިޑްން ވެރިކަމަށް ގެންނަށް އެވަރަށް މަސައްކަތް ކުރައްވަނީ ކީއްވެގެންތޯ ސުވާލު އުފައްދައިފިއެވެ.

ސްޓީވްސަން ވަރަށް ދެރަވެފާއި އިނދެ ކިޔާދީފައި ވަނީ ރައީސް ބައިޑްންގެ އަނބިކަނބަލުން އަދި އަހަރެންގެ ކުރީގެ އަނބިމީހާ މިހާރު ފެންނަނީ އަހަރެމެންގެ ކައިވެނީގެ ދުވަސްތަކާ ވަރަށް ތަފާތު ކޮށެވެ. މުޅިމީހާ އެހުރީ ތަފާތު ވެފައެވެ.

ފާއިތުވެގެންމިދާ ފަސް އަހަރުތެރޭގައި އެކަމަނާ ޓީވީން ފެންނަ ކޮންމެ ފަހަރަކު އަހަރެން ހިތަށް އަރަނީ އެއީ ހަމަ އަހަރެން އިނދެގެން އުޅުނު ޑޮކްޓަރ ޖިލް ބާވައެވެ. މިދިޔަ ހުކުރު ވިލޭރޭގެ ރިޔާސީ ބަހުސް ގައި ރައީސް ބައިޑްން ރިޔާސީ ރޭހުން ދުރަށް ދިއުމަށް މީހުންތައް ގޮވަމުންދިޔައިރުވެސް ޖިލް ގެންދިޔައީ ރައީސް ބައިޑްންއަށް ތައުރީފް ކުރަމުންނެވެ. ”ޖޯ“ އެވެ.  

އެމީހުންގެ ހުރިހާ ސުވާލުތަކަކަށް ވަރަށް ފުރިހަމައަށް ޖަވާބު ދީފީމުއެވެ. އެ ހުރިހާ ސުވާލުތަކެއްގެ ޖަވާބު ކުރިއްސުރެން އެނގިފާ ހުރި ކަހަލައެވެ. އެ ކަމަނާގެ ތައުރީފުގައި ބުނަމުން ގެންދިޔައެވެ.  ޖިލް ބައިޑްން ގެ ވާހަކަތައް އަޑުއެހުމަށްފަހު ސްޓީވަންސަން ބުންޏެވެ. އެ ކަމަނާ އަނގަމަޑުން ލައިގެން ހުރިނަމަވެސް ތަންކޮޅެއް ރީތިވީހެވެ. ހަގީގަތުގައި އެ ކަމަނާގެ ތައުރީފުން ޖޯ ބައިޑްން އަށް ކުރާނީ ގެއްލުމެވެ. އެންމެނަށްވެސް އެ ކަމަނާގެ މުނާފިގުކަން ފާހަގަ ކުރެވޭނެތީ އެވެ.  އެއްދުވަސްވަރެއްގައި އަހަރެން އޭނާއާ ދޭތެރޭ ފަޚްރުވެރި ވީމުއެވެ. އެކަމަކު މިހާރު ފެންނަގޮތުން ބޮޑަށް ލަފާކުރެވެނީ އެކަމަނާ ރައީސަކަށް ވާން އުޅޭހެންނެވެ. ސްޓީވަންސަން އަކީ ޓްރަމްޕް އަށް ތާއީދުކުރާ މީހެކެވެ. ރައީސް ބައިޑްން ބައެއްފަހަރު ކުރީގެ ރައީސް ޓްރަމްޕް އަކީ ދޮގުވެރިއެކޭ ބުނެ ވާހަކަ ދައްކާތީވެސް ސްޓީވަންސަން ހުންނަނީ ބައިޑްން ދެކެ ފޫހިވެފައެވެ. ތެދުތެދަށް ވާހަކަ ދައްކާނަމަ ކޮންމެ މީހަކުވެސް ބުނާނީ ރައީސް ބައިޑްން އަށްވުރެން ބޮޑު ދޮގުވެރިޔަކު ނުހުންނާނެ ކަމަށެވެ.                                                             

 އަހަރެންނަށް ރައީސް ބައިޑްން ރަނގަޅަށް އެނގޭތާ ފަންސާސް އަހަރު ވެދާނެއެވެ. އޭނާއަކީ ވަރަށް ނުލަފާ މީހެކެވެ. ރިޔާސީ ރޭހަށްފަހު ޔޫރަޕުގެ އޮފިޝަލުން ރައީސް ބައިޑްން ސިފަކުރަމުން ގެންދަނީ ވެއްޓެމުން ދިޔަ ރޯމަން އެމްޕަޔަރގެ ގޮތުގައެވެ. 

ފޮކްސް ނިއުސް ޑިޖިޓަލްގެ އެޑިޓޯރިއަލްގައި ބުނެފައިވަނީ ހުކުރު ވިލޭ ރޭގެ ރިޔާސީ ބަހުސްގައި ކުރިއަށް އޮތް ހަތަރު އަހަރުގެ ދައުރުގައި ސަރުކާރުގެ މައިގަނޑު ސިޔާސަތުވެސް ރައީސް ބައިޑްންއަށް އޮޅުން ފިލުވާ ނުދެވުނު ކަމަށެވެ.

ރައީސް ބައިޑްންއަށް ހުކުރު ވިލޭރޭގެ ރިޔާސީ ބަހުސް ކާމިޔާބު ނުކުރެވުނު ކަމަށް ވެދާނެއެވެ. އެކަމަކު ބިލް ސްޓީވަންސަންގެ ވާހަކައިގައި ތެޔޮނާށި ކާޅުގެންދިޔުމުގެ ރުޅިގަނޑުވެސް ނެތެކޭ ނުބުނެވޭނެއެވެ.                                          

Loading

4 Responses

    1. ދިވެހި މުޖުތަމާގެ ވާހަކަ ނުދައްކާވާ. އެކަން ނިމިއްޖެ. ސަދޫމްކުޅި އެގްރިމެންޓްގައި އެ ކުރީ ސޮއި ވެސް. ހައްޕު!

  1. ހާދަ ލޯބިވާ ދެމަފިރިންނޭ ދޯ؟ ކެމްޕޭން ޖައްސާއިރު އެންމެންގެ ތެރޭގައި ބައްދާ ދޮންދެނީ! އެމީހުންގެ އާދަ ކާދަ ވިއްޔާދޯ؟ ދެން އޯ ކޭ ތާއެވެ. ބަލަމާ ހިނގާ މޮޅުވާ މީހެއް.

  2. ލޯތްބަކީ ލޯ ކަނު އެއްޗެއް. ލޯކަނު މީހުން ހީކުރާނީ އެހެން މީހުނަށްވެސް ނުފެންނާނެކަމަށް. ކުރީގެ ފިރިމީހާ އެވަރަށް ދިމާކުރީމާ ދެއްކުންތެރިކަންވެސް ހުންނަން ޖެހޭނެ. ކުރިން މަހީކުރީ ދިވެހިން އެކަނި ކަމަށް ވަރިކުރަނީ. އެންމެންވެސް ކުރާކަމަކަށްތާ މިވީ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް