ހުޅުމާލެ ޖަލުގައި މަސައްކަތް ކުރާ އޮފިސަރަކަށް މަރުތޭލަކުން ހަމަލާދޭން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

ހުޅުމާލޭ ޖަލުގައި މަސައްކަތް ކުރާ ޕްރިޒަން އޮފިސަރަކަށް މަރުތޭކަލަކުން ހަމަލާދީ މާރާމާރީ ހިންގަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

އެގޮތުން މިދިޔަ މަހުގެ 11 ވަނަ ދުވަހު ހިނގި އެ ހާދިސާގައި ހުޅުމާލޭ ޖަލުގައި މަސައްކަތް ކުރާ ޕްރިޒަން އޮފިސަރަކަށް ފާރަލައިގެން ސައިކަލުގައި ދުއްވާފައިދަނިކޮށް، ދެ މީހަކު ވަނީ މަރުތޭކަލަކުން އޭނާގެ ބޮލުގައި ޖަހަން މަސައްކަތްކޮށްފައެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އަޙްމަދު ޢިޔާޒް، ރ. އިނގުރައިދޫ / މިރިހިމާގެ (24އ) އާއި އަޙްމަދު ރަބީޢު، ގއ. މާމެންދޫ / ގްލޭނޫރަންމާގެ (26އ) އެވެ.

އެ ހާދިސާ ހިނގި ސަރަހައްދުގައި ހުރި ޕޮލިސް ކެމެރާ ފުޓޭޖްތައް ބެލިއިރު، ހުޅުމާލެ ޖަލު ސަރަހައްދުގައި ސައިކަލެއްގައި ހެލްމެޓް އަޅައިގެން ތިބި ދެ މީހަކު ހުޅުމާލެ ޖަލުން ނުކުންނަ މުވައްޒަފުންނަށް ފާރަލަމުން ދިޔަކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެމީހުން ވެސް ހައްޔަރުކޮށްފައި ވަނީ ފިލައިގެން އުޅެނިކޮށް ކަމަށެވެ. މިގޮތުން އެ ދެމީހުންގެ ތެރެއިން ޢިޔާޒް ހައްޔަރުކޮށްފައިވަނީ އޭނާ ހއ. ބާރަށުގައި ހުއްޓާ މިދިޔަ މަހުގެ 14 ވަނަ ދުވަހު ކަމަށެވެ. އަދި ރަބީޢު ހައްޔަރުކުރީ މާލޭގެ ގެސްޓް ހައުސްއެއްގައި ހުއްޓާ މިދިޔަ މަހު 20 ވަނަ ދުވަހު ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މި ހާދިސާގައި ޖަލު އޮފިސަރަށް އަނިޔާވެފައި ނުވި ނަމަވެސް މި މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ތަހުގީގު ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައި ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް