އެޗްޑީސީގެ ނަމުގައި ސްޕޭމް މެސެޖުތަކެއް ފޮނުވަމުންދާތީ ސަމާލުވާން އެދިއްޖެ

Loading

Facebook
Twitter
WhatsApp

ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމުގައި އޯޓީޕީގެ ގޮތުގައި ސްޕޭމް މެސެޖުތަކެއް ފޮނުވަމުންދާތީ ސަމާލު ވުމަށް އެ ކޯޕަރޭޝަނުން އެދިއްޖެއެވެ.  

މިކަންހާމަކޮށް އެޗްޑީސީން މިއަދު ނެރުނު ބަޔާނުގައި ބުނީ ރޭގެ ވަގުތެއްގައި އެ ކޯޕަރޭޝަނުގެ ނަމުގައި އޯޓީޕީގެ ގޮތުގައި ސްޕޭމް މެސެޖުތަކެއް ފޮނުވާފައިވާކަން އެ ކޯޕަރޭޝަނުގެ ސަލާމު ކަމަށް އައިސްފައިވާ ކަމަށެވެ.

މިގޮތުން އެއީ އެ ކޯޕަރޭޝަނުން ފޮނުވާފައިވާ މެސެޖުތަކެއް ނޫން ކަމަށް އެޗްޑީސީގެ ނޫސް ބަޔާނުގައި ބުނެފައި ވެއެވެ.

އެހެންކަމުން ކުރިއަށް އޮތް ތަނުގައި ވެސް އެގޮތަށް ދައުރުވާ މެސެޖުތަކާމެދު ސަމާލުވާން އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ. އެޗްޑީސީގެ ކަސްޓަމަރުންނާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޑޭޓާގެ މައްސަލަ ފުލުހުންނާ ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެފައި ވެއެވެ.

މީގެ އިތުރުން އެޗްޑީސީން ބުނީ ކަސްޓަމަރުންގެ މައުލޫމާތާއި ސެކިއުރިޓީއަކީ އެ ކުންފުނިން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށާއި އެޗްޑީސީގެ ނަމުގައި ލިބޭ ސްޕޭމް މެސެޖުތަކަށް ކަސްޓަމަރުން ކުރިއަށް އޮތް ތަނުގައި ވެސް ސަމާލުވުމަށާއި، އޯޓީޕީ ފަދަ ސެކިއުރިޓީ ކޯޑުތައް އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް އެ ކޯޕަރޭޝަނުން އެދިފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް