އީރާނުން އިސްރާއީލު ނެތިކޮށްލަން ގޮވަމުންދާތީ އީރާނު ނެތިކޮށްލުމަކީ މިހާރު ކޮންމެހެންވެސް ކުރަންޖެހިފައިވާ ކަމެއް ކަމުގައި އިސްރާއީލުގެ ޚާރިޖީ ވަޒީރު ޔައިރް ލެޕިޑް ބުނެފިއެވެ.
އިސްރާއީލުގެ ޚާރިޖީ ވަޒީރު މިހެން ބުނެފައިވަނީ އެ ގައުމުން ހިޒްބުއްލާ އާއި ދެކޮޅަށް ފުލް-ސްކޭލް ހަނގުރާމައެއް ފަށައިފިނަމަ އެކްސިސް އޮފް ރެޒިސްޓޭންސް އިން ފުރިހަމައަށް އެ ހަނގުރާމައިގެ ތެރެއަށް ވަންނާނެ ކަމަށާއި އޭރުން އެ ހަނގުރާމަ ވެގެންދާނީ ވަރަށް ގެއްލުންބޮޑު ހަނގުރާމައަކަށް ކަމުގައި ޔޫ . އެން. ގައި ހުންނަ އީރާނުގެ މިޝަނުން ހާމަކުރުމާއި ގުޅިގެންނެވެ.
އޭނާގެ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެހެން ގައުމެއް ނެތިކޮށްލަން ގޮވާނަމަ އެ ގައުމެއް ނެތިކޮށްލުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ. އަދި ހިޒްބުއްލާ އިން އިސްރާއީލަށް ދެމުންގެންދާ ޙަމަލާތައް ނުހުއްޓާ ކުރިއަށް ގެންދާނަމަ އިސްރާލަށް ލިބިފައިވާ ހުރިހާ ބާރަކާއެކު ހިޒްބުއްލާ އަށް ޙަމަލާދެމުން ގެންދާނެ ކަމަށެވެ.
އިސްރާއީލު ޚަރިޖީ ވަޒީރުގެ މި ބުނުމާއި ގުޅިގެން ކޮމެންޓް ކުރި ވަރަށް ގިނަ މީހުން ބުނެފައިވަނީ އޭނާގެ ބުނުން ތަންފީޒު ކުރުމަށްޓަކައި އެންމެ ފުރަތަމަ އިސްރާއީލު ނައްތާލަން ޖެހޭ ކަމަށެވެ. ނޭވާގެ ދެކޮޅުގައި އިސްރާއީލުން ޙަމާސް ނައްތާލުމަށާއި ފަލަސްތީނު ކިޔާ މިނިވަން ދައުލަތެއް ނު އުފެއްދޭނެ ކަމަށާއި ލެބަނަން ހިލައިގެ ޒަމާނަށް ފޮނުވާލާނެ ކަމަށް ބުނަމުން ގެންދަނީ އެމީހުން ކަމަށްވާތީއެވެ.
އޮކްޓޯބަރ މަހު 7 ވަނަދުވަހު ގައްޒާ-އިސްރާއީލު ހަނގުރާމަ ފެށުމާއެކު ހިޒްބުއްލާ އިންވެސް ގެންދަނީ އުތުރު އިސްރާއީލުގެ އަމާޒުތަކަށް ޙަމަލާ ދެމުންނެވެ. އިސްރާއީލުގެ ދިފާއީ ވަޒީރު ޔޯ ގަލަންޓް ބާރު އަޅަމުން ގެންދަނީ ހިޒްބުއްލާ ގެ ދެކޮޅުވެރިކަން ޙައްލު ކުރުމުގައި މަޝްވަރާގެ މޭޒު އިޚްތިޔާރު ކުރުމަށެވެ.
އެއީ މީގެ ކުރިން ޙިޒްބުއްލާ އާއި އިސްރާޢީލާއި ދެމެދު ކުރެވިފައިވާ ނާކާމިޔާބު ފަނާކުރަނިވި ހަނގުރާމަތަކުގެ އަލީގައެވެ. ހިޒްބުއްލާ އާއި ދެކޮޅަށް އިސްރާއީލުން ކުރާ ހަނގުރާމައެއްގެ ތެރެއަށް އެމެރިކާއިން ވަނުމުން ވަރަށް ނުރައްކާތެރި ޙާލަތަކަށް މެދު އިރުމަތި ބަދަލު ވެގެން ހިނގައިދާނެ ކަމަށް އެމެރިކާގެ އާރމީ ކޮމާންޑަރ ޖެނެރަލް ޗާލްސް ބްރައުން ވަނީ އިންޒާރު ދީފައެވެ.
ޖެނެރަލް ގެ އިންޒާރުގައި ބުނެފައިވަނީ ހިޒްބުއްލާ އަށް ނުރައްކާތެރި ވެއްޖެކަން އީރާނަށް ކަށަވަރު ކުރެވޭ ހިސާބުން އަލްފީ ހަނގުރާމަވެރިން ލެބަނަން އަށް ވަދެގަންނާނެ ކަން ޔަގީން ކުރެވޭ ކަމަށެވެ. އެފަދަ އިން ކުރެވޭ ހަނގުރާމައެއްގައި އެމެރިކާއިން ބައިވެރިވިޔަސް އިސްރާއީލު ދިފާއު ކުރެވިދާނެ ކަމަށް ބަލައިގެން ނުވާނެ ކަމަށެވެ. އިސްރާއީލަކި ދުނިޔޭގައި އޮތް އެންމެ ޖާސޫސީ އަދި އެމެރިކާގެ ވާގި ލިބިގެންވާ ބާރުގަދަ މިލިޓަރީ ޤައުމެއް ކަމުގައި ބުނެ ފަލަސްތީނުގެ ކުޑަކުޑަ ގާޒާގައި 8 މަސްދުވަހުގެ ގަތުލުއާންމު ހަނގުރާމައިގާ މި ދަނީ ބޭނުންވާ ނަތީޖާ ނުލިބި ކަމުގައެވެ.
ލެބަނަންއާއި އިސްރާއީލުގެ ބޯޑަރ ޙަމަލާތަކުން ހޫނުވަމުންދާ މި ދަނޑިވަޅުގައި ތުރުކީގެ ރައީސް ޕާލަމެންޓުގައި ވާހަކަފުޅު ދައްކަވަމުން ނަތަންޔާހޫގެ ރޭވުމަކީ އިސްރާއީލު-ގައްޒާ ހަނގުރާމަ މުޅި ސަރަހައްދަށް ފުޅާކުރުން ކަމުގައި ވިދާޅުވެއްޖެއެވެ. ގައްޒާ ބިމާ ހަމަކޮށްލުމަށް ފަހު މިހާރު އޭނާގެ އަމާޒަކީ ލެބަނަން ކަމުގައެވެ.
މި ހަނގުރާމަ ވަގުތުން ހުއްޓުވަންޖެހޭ ކަމަށް ތުރުކީގެ ރައީސް ވިދާޅުވިއެވެ. މީގެ ކުރިންވެސް ރައީސް އުރުދުޣާން ގޮވާލައްވާފައި ވަނީ އިސްލާމީ ގައުމުތަކުން އިސްރާއީލުގެ ޖަރީމާތައް ބަލަން ނުތިބެ އެކައްޗެއް ކިޔައިގެން ހަނގުރާމަ ހުއްޓުވަންވީ ކަމަށެވެ.
ލެބަނަން އަށް ކުރިމަތިލާން ޖެހިފައިމިވާ ނުރައްކާތެރި ޙާލަތުގައި ތުރުކީން ހަމަގައިމުވެސް އޮންނާނީ ލެބަނަންއާއި އެކުގައެވެ. އަދި ލެބަނަން ދިފާޢު ކުރުމުގައި އެއްބައިވަންތަކަން ދައްކާ ދިނުމަށް އިސްލާމީ އުންމަތަށް މި ފުރުސަތުގައި އަނެއްކާވެސް ގޮވާލާކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ. އިސްރާއީލުން ހިޒްބުއްލާ އަށް ދީފާނެ ޙަމަލާތަކުގައި ސައިޕްރަސް ގެ ވައިގެ ބަނދަރުތައް ބޭނުންކޮށްފާނެ ކަމުގެ ވާހަކަތަކެއްވެސް ފެންމަތިވެފައިވާ މި ދަނޑިވަޅުގައި ތުރުކީގެ ޚާރިޖީ ވަޒީރު ހަކާން ފިދާން ސައިޕްރަސްއަށް މަޝްވަރާ ދެއްވާފައިވަނީ އިސްރާއީލު-ހިޒްބުއްލާ ގެ ދެކޮޅުވެރިކަމުގެ ތެރެއަށް ނުވަނުމަށެވެ.
ސައިޕްރަސްއިންވެސް ބުނަމުން ގެންދަނީ އިސްރާއީލު- ހިޒްބުއްލާގެ ދެކޮޅުވެރި ކަމުގެ ތެރެއަށް އެ ގައުމުން ނުވަންނާނެ ކަމަށެވެ. އަދި ސައިޕްރަސް އިން މިހާރުވެސް މަސައްކަތް ކުރަމުން މިގެންދަނީ ޔޫރަޕިއަން ޔުނިއަންގެ މެމްބަރު ގައުމުތަކުން ލެބަނަން އަށް މާލީ އެހީ ލިބޭނެ މަގުތައް ހޯދުމަށާއި ގައްޒާއަށް ބޭނުންވާ އިންސާނީ އެހީތައް ފޯރުކޮށްދިނުމަށް މަގެއް ހުޅުވޭތޯ އެވެ.
އިސްރާއީލާއި ޙަމާސްއާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓުވޭނެ މަގެއް ނުހޯދިގެން އުޅޭއިރު ލެބަނަން އާއި އިސްރާއީލުގެ ބޯޑަރުގައި އިތުރު ހަނގުރާމައެއް ފެށުމުގެ ނުރައްކާތެރިކަން ބޮޑުވަމުންދާތީ އާއި އޭގެ ސަބަބުން ނިއްވާލުން އުނދަގޫ ހަނގުރާމައި ހުޅުގަނޑެއް މުޅި މެދު އިރުމައްޗަށް ފެތުރިގެން ހިނގައިދާނެތީ ޔޫރަޕް އާއި އަރަބި ގައުމުތަކުން ގެންދަނީ އެ ހަނގުރާމަ ހުއްޓުވުމަށް ކުރެވިދާނެ ކަންތަކާ ދޭތެރޭ މަޝްވަރާ ކުރަމުން ކަމުގައި ބުނެފާވެއެވެ.
އިސްރާއީލުގެ ކުރީގެ ޑިޕްލޯމެޓުންނާއި އަދި މިހާރުގެ ތަޖުރިބާކާރުންވެސް ދެކޭ ގޮތުގައި ހިޒްބުއްލާ އާއި ހަމާސް އަޅާ ނުކިޔޭނެއެވެ. ހިޒްބުއްލާއާ އެކު ކުރެވޭ ހަނގުރާމައެއްގެ ސަބަބުން އިސްރާއީލަށް ލިބިގެން ހިނގައިދާނެ ގެއްލުންތައް އަންދާޒާކުރުން ވެސް އުދަނގޫ ވާނެކަމަށެވެ. ހަމަ އެއާއެކު އިސްރާއީލާއި އެކު ހަނގުރާމައެއް ފެށިއްޖެނަމަ އެމެރިކާއާއި ޔޫރަޕުގެ ގައުމުތަކުގެ ބަސް އިސްރާއީލުން ނާހާނެކަމަށް އެގަމުތަކުން ގެންދަނީ ހިޒްބުއްލާ އަށް އިންޒާރުދީ ހަނދާންކޮށް ދެމުންނެވެ. ޙިޒްބުއްލާ ވެރީންގެ ޖަވާބަކީ އިސްރާޢީލާއި ހަނގުރަމައެއް ކޮށްލުމަކީ އައުކަމެއް ނޫންކަމާއި އަހަރެމެން މިތިބީ ޢަދުއްވުންނާއި ކުރިމަރިލާން ކެތް މަދުވެފައި ކަމަށެވެ.
3 Responses
އަހަރެމެންވެއްޖެ ހޭލަން މިފެށެނީ ތިންވަނަބޮޑުހަނގުރާމަށްބަދަލުވެދާނެ ވަރަށްބިރުވެރި އިންޒާރުތައް އިޒްރޭލުގެ ވެރިންއެދެނީ މިހާރުވެސް ގައުމެއްފަނާއެކޮށްލީ …
އިސްރާހެލް (އިޒްރޭލް) އެއީ ކާކު ކޮންތާކުން ހޯދަދިން ގައުމެއް. ހަމަ ގަދަބާރުން ފަލަސްތީނު ފޭރިގަނެގެން މިއީ ޑިމޮކްރެޓިކް ގައުމެކޯ އިޒްރޯލެކޯ އެމެރިކާގެ ފުރޭންޑޯ. ކޮން ބަލާވެރިކަމެއްތޯއެވެ. މީހުންގެ ބިން ގަދަބާރުން ފޭރިގެން ތިބެ ގައުމެކޭ ކިޔައިގެން އެބަ އަނގަ އަރުވާނޫން ހެއްޔެވެ؟ ހަމަ އަވަހަށް އިޒްރޭލު ފުޑާލައި ފަލަސްތީނު މިނިވަން ކުރަންވީއެވެ. އަރަބިންގެ ކަންފުޅެއް ނެތީމާ އެމެރިކާގެ ޙަރާމްދަރި އިޒްރޭލު ފުއްޕަނީއެވެ. ދެން މާ ލަހެއްނުވެ މާތްﷲ އިރާދަފުޅުން ތި ނިރުބަވެރި އިޒްރޭލުގެ ނިމުން އަންނާށިއެވެ.
އިނގިރޭސި އިސްތިއުމާރުގެ ވަކިތަކުން ސަލާމަތްވި އެއްވެސް ގައުމެއް ހަމަހިމޭނުން އެބަ ތިބިތަ. ކޮންމެވެސް ގޮތަކުން ފަނި އަޅުވާފާ ދޫކޮށްލާނީ. އެ ދުވަސްވަރު ފުރުސަތު ނުލިބުނުނަމަ ފަހުންވެސް ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރާނެ.