ލާދީނީ ކަންކަން ހިމެނޭ އެގްރީމަންޓެއްގައި ރާއްޖެއިން ބައިވެރިވަނީ

Loading

Facebook
Twitter
WhatsApp

ބައިނަލްއަގްވާމީ އެއްބަސްވުމެއް ކަމަށްވާ އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް) ގެ ”ސަމޯއާ އެގްރީމަންޓް“ ގައި ބައިވެރިވާން ނިންމައި މިކަމާމެދު މަޖިލީހުގެ ރުހުން ހޯދަން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ފޮނުއްވީ މިދިޔަ ހަފުތާގައެވެ.

މި އެގްރީމަންޓްގައި ބައިވެރިވާން ރައްޔިތުންގެ މަޖިލީހުން މިހާރު ވަނީ ރުހުން ދީފައެވެ.

މި އެއްބަސްވުމުގައި ރާއްޖެއިން ބައިވެރިވާން މަޖިލީހުން ރުހުން ދިނީ އިއްޔެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 84 މެންބަރުންގެ އިއްތިފާގުންނެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ”ސަމޯއާ އެގްރީމަންޓް“ އަކީ ކުރިއަށް އޮތް 20 އަހަރަށް އީޔޫ-އޯއޭސީޕީއެސް ގުޅުމުގެ މައިގަނޑު 6 ދާއިރާއަކަށް ބިނާވެފައިވާ ގާނޫނީ އޮނިގަނޑު ހާމަކޮށްދޭ އެގްރީމަންޓެކެވެ.

މި މައިގަނޑު ހަ ދާއިރާއަކީ:

ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ

ޕީސް އެންޑް ސެކިއުރިޓީ

ޑިވެލޮޕްމަންޓް

އިކޮނޮމިކް ގްރޯތު

ކްލައިމެޓް ޗޭންޖް

މައިގްރޭޝަން އެންޑް މޮބިލިޓީ

މި އެގްރީމެންޓުގައި ބައިވެރިވެ އޯއޭސީޕީއެސްގެ ފުރިހަމަ މެންބަރަކަށްވުމުން ޔޫރަޕްގެ އިއްތިހާދުން އެކި ދާއިރާތަކުން ފަހިކޮށްދޭ ފުރުސަތުތައް ރާއްޖެއަށް ލިބުމުގައި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހިގެންދާނެ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

”އެގޮތުން ދިވެހިރާއްޖެއިން ބޭރަށް އެކްސްޕޯޓުކުރާ ކަނޑުމަހުގެ އެކި ބާވަތްތަކަށް ރަނގަޅު އަގެއް ހޯދުމަށް އިތުރު ދޮރުތަކެއް ހުޅުވުމަށް މަގުފަހިވުން ވެސް މި ފަސޭހަތަކުގެ ތެރޭގައި ހިމެނޭ“ ރައީސް އޮފީހުން ބުނެފައިވެއެވެ.

ސަމޯއާ އެގްރީމަންޓްގެ މައިގަނޑު ނުކުތާތަކުގެ ތެރޭގައި އެއްޖިންސުން ގުޅުން ހިންގަން ފުރުސަތު ދިނުމާއި، އެބޯޝަން ހެދުމުގެ ހުއްދަ ދިނުމާއި، ދީނީ މިނިވަންކަން ދިނުން ހިމެނެއެވެ.

މި އެގްރީމަންޓުގައި ބައިވެރިވާން މަޖިލީހުން ރުހުން ދިނުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް އެފްރިކާގެ ބޮޑެތި ގިނަ ގައުމުތަކުން ވެސް ދެކޮޅު ހަދަމުންދާ ކަން ފާހަގަކުރައްވައި އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން އަމްރު ވިދާޅުވީ މަޖިލިހަށް ހުށަހެޅޭ ބިލްތައް މެންބަރުން ކިޔާނުލާތީ ހިތާމަކުރައްވާ ކަމަށެވެ.

“މީ އަޅުގަޑުގެވެސް ގައުމު. މި ގައުމުގަ އެއްޖިންސުން ގުޅުން ހިންގަން ހުއްދަ އޮންނަނާކަށް ނޭދެން.“

އެހެން މީހަކު ބުނެފައިވަނީ ޖިންސު ބަދަލުކޮށް (ޓްރާންސް ޖެންޑާ) 3 ވަނަ ޖިންސެއް ހޯދުމަކީވެސް ސަމޯއާ އެގްރީމަންޓުން ބާރުދޭ ކަމެއް ކަމަށެވެ.

މިކަމާ ގުޅިގެން ޚިޔާލު ފާޅުކުރި އިތުރު މީހަކު ބުނީ މި އެގްރީމަންޓަކީ އެމީހުން (ޕީޕީއެމް/ޕީއެންސީ) ލާދީނީ ކަމަށް ބުނާ ސަރުކާރުތަކަށް ވެސް ސޮއިކުރަން ނުކެރުނު ނުރައްކާތެރި ހީލަތްތެރި އެއްޗެއް ކަމަށެވެ.

Loading

3 Responses

  1. ﷲ ގެކޯފާޔާ ލައުނަތުން އެކަމަށް ދެކޮޅުހަދާއެއްމެން ސަލާމަތް ކުރައްވާށި އަދި ﷲ ރުހިވޮޑިގެންނު ާ ކަންތަށް ކުރަންއުޅޭއިސްމީހުނަޒް ހެޔޮވިސްނުންދެއްވާށި ޔަގީނުންވެސް ރައީސް ޔާމީނުނަމަ އެފަދަކަންތަށް ތަކަން ގަބޫލެއްނުވާނެ ލާދީނަށްވެސް ކުރަންނުކެރުނު ކަންތަށް ﷲ ހަރާން ކުރެއްވިކަންތަކުގެ ތެރެއަށް މުޅިގައުމު ގައްބާލަނީތަ يارب އަޅަމެއް ސަލާމަތް ކުރަށްވާށި

  2. އަބުދުއްރަހީމަޒއެގޭ ޔާމީނު އެފަދަޖަމާއިތަކުގާބާވެރިނުވާނެކަން އެހެންވެ ރޭވީ މުއިއްޒަށް ރިޔާސީޓިކެޓު ދޭންރޭވީ

  3. ތިއީ އެގްރީމެންޓެއްތޯ ނުވަތަ ކުޅޭކުޅޭ އެއްޗެއްތޯއެވެ. އެހެނީ އެގްރީމެންޓްގައި ސޮއިކޮށްފާ އޭގެން ބައެއްކަށް ޢަމަލު ނުކުރާނެގޮތަށް ބޭއްވޭތޯއެވެ. އެގްރީމެންޓް ގައި ހިމަނައިފާ ސޮއިކޮށްފާ ދެން އެ މާއްދާ މި މާއްދާ އަށް ޢަމަލު ކުރަން ނުޖެހޭނެއޭ ތިކިޔަނީ ބޮޑު ޖޯކެއްދޯ؟ ކޮބާތަ ސަލަފް ބްރޯތައް؟؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް