ސިޔާސީ މަގާމުތަކުގެ މުސާރައަށް މަހެއްގެ މައްޗަށް ގާތްގަނޑަކަށް 50 މިލިއަން ޑޮލަރު!؟

Loading

Facebook
Twitter
WhatsApp

މި ސަރުކާރުން 2،000 އަށްވުރެ ގިނަ ސިޔާސީ މަގާމަށް މީހުން އައްޔަންކުރައްވައި, އެ މީހުންނަށް މުސާރަ ދިނުމަށް މަހެއްގެ މައްޗަށް 700 މިލިއަން ރުފިޔާ ޚަރަދު ކުރަމުން އަންނަ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އިއްޔެ ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީއިން އިއްޔެ (29 ޖޫން ގައި) ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ މި ސަރުކާރުގެ ނާގާބިލުކަމުގެ ސަބަބުން މާލީ ހާލަތު ގޯސްވެފައިވާ ކަމަށެވެ. އަދި އެކަން ފޮރުވުމަށްޓަކައި މިއަދުގެ ސަރުކާރުން ހަގީގަތާ ޚިލާފު ވާހަކަ ދައްކަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ހަމައެހެންމެ މި ސަރުކާރުން ހާލަތާ ނުބައްދަލު ގޮތަކަށް ޚަރަދު ކުރަމުން އަންނަ ކަމަށް ވެސް އަމީރު ތުހުމަތު ކުރެއްވިއެވެ.

މި މައުލޫމާތުތައް ހާމަކުރުމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ޕްރެޒެންޓޭޝަނެއްގައިވާ ގޮތުން މި ސަރުކާރަށް ޚަރަދުތައް އިތުރު ކުރެވޭނެ ޖާގަ ނެތް ނަމަވެސް ރިކަރަންޓު ޚަރަދުތައް އަންނަނީ އިތުރު ކުރަމުންނެވެ. އެގޮތުން ސިޔާސީ މަގާމުތައް އިތުރުކޮށް, އެ މަގާމުތަކުގެ މުސާރަ ބޮޑުކޮށް, އާ އޮފީސްތައް ގާއިމުކޮށް އެ ތަންތަނަށް މުވައްޒަފުން ނެގުން ހިމެނޭކަން ފާހަގަކޮށްފައިވެއެވެ.

އަމީރު ވިދާޅުވި ގޮތުން މި ސަރުކާރުން ވަނީ 2،000 އަށްވުރެ ގިނަ ސިޔާސީ މަގާމަށް މީހުން އައްޔަންކުރައްވައިފައެވެ. އަދި އޭނާ ވިދާޅުވި ގޮތުގައި އެ މީހުންނަށް މުސާރަ ދިނުމަށް މަހެއްގެ މައްޗަށް 700 މިލިއަން ރުފިޔާ ޚަރަދު ކުރެއެވެ. 700 މިލިއަން ރުފިޔާއަކީ ގާތްގަނޑަކަަށް 50 މިލިއަން ޑޮލަރެވެ.

އަމީރު ވިދާޅުވި ގޮތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުސާރައާއި ޚަރަދުތައް ވެސް ވަނީ އިތުރުކޮށްފައެވެ. އެގޮތުން ދައުރު ބަދަލުވިއިރު ކުންފުނިތަކުގެ ޕޭރޯލް ހުރި މިންވަރާ އަޅައިބަލާއިރު, މުސާރައިގެ ޚަރަދު މިހާރު މަދުވެގެން %15 މައްޗަށް ގޮސްފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.

އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އެކަމާގުޅޭ ތަފާސްހިސާބުތައް ވެސް ހާމަކޮށްފައެވެ.

ސަރުކާރު ކުންފުނިތަކުގެ މަންތްލީ ޕޭރޯލް:

  1. ފެނަކަ ކޯޕަރޭޝަން ލިމިޓެޑް

2023 ވަނަ އަހަރު ނިމުނުއިރު: 74 މިލިއަން ރުފިޔާ
މިހާރު: 84 މިލިއަން ރުފިޔާ

  1. އެމްޓީސީސީ

2023 ވަނަ އަހަރު ނިމުނުއިރު: 60 މިލިއަން ރުފިޔާ
މިހާރު: 65 މިލިއަން ރުފިޔާ

  1. އާރްޑީސީ

2023 ވަނަ އަހަރު ނިމުނުއިރު: 22 މިލިއަން ރުފިޔާ
މިހާރު: 28 މިލިއަން ރުފިޔާ

  1. ސްޓެލްކޯ

2023 ވަނަ އަހަރު ނިމުނުއިރު: 40 މިލިއަން ރުފިޔާ
މިހާރު: 44 މިލިއަން ރުފިޔާ

  1. ވެމްކޯ

2023 ވަނަ އަހަރު ނިމުނުއިރު: 21 މިލިއަން ރުފިޔާ
މިހާރު: 31 މިލިއަން ރުފިޔާ

  1. ޕީއެސްއެމް

2023 ވަނަ އަހަރު ނިމުނުއިރު: 6.7 މިލިއަން ރުފިޔާ
މިހާރު: 7 މިލިއަން ރުފިޔާ

  1. އެޗްޑީސީ

2023 ވަނަ އަހަރު ނިމުނުއިރު: 30 މިލިއަން ރުފިޔާ
މިހާރު: 35 މިލިއަން ރުފިޔާ

  1. އާރްސީއޭއެލް

2023 ވަނަ އަހަރު ނިމުނުއިރު: 8.3 މިލިއަން ރުފިޔާ
މިހާރު: 9.4 މިލިއަން ރުފިޔާ

  1. މޯލްޑިވިއަން

2023 ވަނަ އަހަރު ނިމުނުއިރު: 43 މިލިއަން ރުފިޔާ
މިހާރު: 45 މިލިއަން ރުފިޔާ

  1. މިފްކޯ

2023 ވަނަ އަހަރު ނިމުނުއިރު: 20 މިލިއަން ރުފިޔާ
މިހާރު: 23 މިލިއަން ރުފިޔާ

  1. އެމްއޭސީއެލް

2023 ވަނަ އަހަރު ނިމުނުއިރު: 70 މިލިއަން ރުފިޔާ
މިހާރު: 73 މިލިއަން ރުފިޔާ

  1. އެމްޕީއެލް

2023 ވަނަ އަހަރު ނިމުނުއިރު: 34 މިލިއަން ރުފިޔާ
މިހާރު: 48 މިލިއަން ރުފިޔާ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވައުދުފުޅަކީ އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށްވުރެ އިތުރު ނުކުރެއްވުމެވެ.ވނަމަވެސް މި ސަރުކާރުން ގިނަ އަދަދެއްގެ މީހުންނަށް ސިޔާސީ މަގާމުތައް ދީފައިވާއިރު, އެ އަދަދުތައް ހާމަނުކުރާތީ ސަރުކާރަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.

ސިޔާސީ މަގާމުތަކުގެ އަދަދު ހޯދަން ރައްޔިތުންގެ މަޖިލީހުން ވެސް މަސައްކަތް ކުރި ނަމަވެސް މިހާތަނަށް ސަރުކާރުން އެ މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ. މި މަގާމުތަކުގެ މައުލޫމާތު ހޯދުމަށްޓަކައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ހުށަހެޅުމުން ވެސް ސަރުކާރުން އެ މައުލޫމާތު ހާމައެއް ނުކުރެއެވެ.

މިހާރުގެ ސަރުކާރުން 2،000 އަށް ވުރެ ގިނަ ސިޔާސީ މަގާމަށް މީހުން އައްޔަންކުރައްވައި، މުސާރައިގެ ގޮތުގައި 700 މިލިއަން ރުފިޔާ މަހަކަށް ޚަރަދު ކުރަމުން އަންނަކަމަށް އަމީރު ވިދާޅުވި ނަމަވެސް, ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން, މިއަހަރުގެ ޖޫންމަހާއި ހަމައަށް ދައުލަތުގެ ހުރިހާ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ޚަރަދުކޮށްފައިވަނީ 2.4 ބިލިއަން ރުފިޔާއެވެ. މިއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 480 މިލިއަން ރުފިޔާއެވެ.

މި ހިސާބުތަކަށް ބަލާއިރު ސިޔާސީ މަގާމުތަކުގެ އަދަދު 2,000 އަށްވުރެ މަދުކަމަށް ބެލެވިދާނެއެވެ.

ސިޔާސީ މަގާމުތަކުގައި ގިނައީ ނާގާބިލު މީހުން, އަދާކުރަންޖެހޭ މަސްއޫލިއްޔަތެއް ނޯވޭ:

ކޮންމެ ސަރުކާރަކުން ވެސް ސިޔާސީ މަގާމުތައް ދެނީ “ޕާޓީގެ ކުދިން“ ކޮޅަށެވެ. ސަރުކާރުގެ މަތީފަޑީގައި ތިއްބަވާ ބޭފުޅުންގެ އާއިލީ މީހުންނާއި ރަހުމަތްތެރިންނާއި އެ މީހުންގެ ދަރީންނަށެވެ. ސޯޝަލް މީޑިއާގައި ސަރުކާރު ދިފާއުކޮށް ވާހަކަދައްކައި ވީހާވެސް ގިނަގިނައިން ސަނާ ކިޔައި, ތައުރީފުކޮށް, ހުޝާމަދު ކުރާ މީހުންނަށެވެ.

އެއިން ގިނަ މީހުންނަކީ ކަމަށް ނާގާބިލު, އެކަށީގެންވާ އިލްމެއް ލިބިފައިނުވާ މީހުންނެވެ.

ސިޔާސީ މަގާމުތަކުގައި ތިބޭ ބައެއް މީހުން އަދާކުރަންޖެހޭ މަސްއޫލިއްޔަތެއް ނުވަތަ ޒިންމާއެއް ވެސް ނޯވެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެފަދަ ކިތަންމެ ބަޔަކު އެބަ ތިއްބެވެ.

އެއިން މީހަކާ ދާދިފަހުން ސުވާލުކޮށްލީމެވެ. އޭނާ ބުނީ ސޮއިކުރަން ދާންޖެހޭ ކަމަށާއި ނަމަވެސް އިތުރު ކަމެއް ކުރަން ނުޖެހޭ ކަމަށެވެ.

“ހެނދުނު އޮފީހަށް ގޮސް ސޮއިކޮށްލާފައި އަންނަނީ ގެއަށް. ދެން ނިމޭ ގަޑިއަށް ދާންޖެހޭ. އިތުރު ކަމެެއް ނޯވޭ ކުރާކަށް. ދެން އެތާ އިނުމަށްވުރެ މާޞރަނގަޅުތާ ގެއަށް އައިސް އޮތީމަ.“ ބަރާބަރަށް މުސާރަ ލިބޭކަން ފާހަގަކުރަމުން އޭނާ ބުބކ

ފެންނަ މަންޒަރުތަކުން ބައެއް މީހުން ސޮއިކޮށްލާފައި ގޮސް ތިބެނީ ކޮންމެވެސް ހޮޓަލެއް ނުވަތަ ކެފޭއެއްގައި ކޮފީއެއްގައެވެ. ނުވަތަ އޮންލައިން ގޭމެއް ކުޅެލާށެވެ. ބައެއް މީހުން މައުލޫމާތު ދިން ގޮތުގައި ތަނުގެ ޖާގައާ ނުބައްދަލު މިންވަރަށް މުވައްޒަފުން ވެސް އެހާ ގިނައެވެ.

Loading

One Response

  1. ސާބަހޭ ރައީސް! ސަންސިޔާމު ތިއީ މިވެރިކަން އަޔަނުދޭން ހެޓަކަށް މަސައްކްތްކުރި މީހެއް. ހަމަ ފައިސާކޮޅެއް ދޭއިރަށް ޕޕމ ޕނސ ވެރިކަމުގެ ބައިވެރިއެއް. ހަމަ ސާބަސް. ގައުމު އޮތީ ދަރުވާލައިފައޭ އެހެންވެ ރައްޔަތުންގެ ސަލާމަތަށްޓަކައި އިބޫ ޗރގެ ސަރުކާރު ބަދަލުކުރަން ޖެހެޔޭކިޔާފަ ރައްޔަތުން ބޮލަށް ޗިޕްޖަހައިގެން ވެރިކަން ލިބުނީމާ މިހާރު ކުރީސަރުކާރުން ދައުލަތް ދަރުވާލައިފާ އޮތީއޭ ކިޔުމުން ދެހަވަނީ ތިމާގެ މުނާފިގު ކަމެވެ. އޭރުވެސް އެނގޭ ގައުމުގެ ޙާލަތު. އެހެނަސް ބޭނުންވީ ވެރިކަން. ޔާމީނަށް ލަނޑުދީފާ އަދުރޭއާއި ދެމީހުން ވެރިކަން ފޭރިގަތީމާ ވެރިކަން ކުރެވިދާނެތޯއެެ. ވެރިކަމަކީ އެކަމުގެ ހުނަރާއި ފެންވަރާއި ބޭރުދުނިޔެއާއި އޮންނަންޖެހޭ ގުޅުން ބެލެންސްކޮށް ލެވޭވަރުގެ މީހުން ކުރަންވާނެ ކަމެކެވެ. ހަމަ ކޮންމެ މީހަކަށް ވެރިކަމެއް ނުކުރެވޭނެއެވެ. ވެރިކަން ގަނެވިދާނެއެވެ. ނުވަތަ އަތުލައި ގަނެވިދާނެއެވެ. އަސްލު ބޭކާރު ވާހަކަ ނުދައްކާ ގައުމު ހިންގަދޭންވީއެވެ. ވީ ވަޢުދުތައް ނުފުއްދެންޏާއި އިސްތިޢުފާ ދޭންވީއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް