ޕޯސްޓް މޯޓަމް ނަހަދާ ޖަމީލްގެ ހަށިގަނޑު ވަޅުލައިފި

Loading

Facebook
Twitter
WhatsApp

މާފުށީ ޖަލުގައި ބަންދުކޮށްފައި ހުއްޓާ އިއްޔެ ނިޔާވި މުހައްމަދު ޖަމީލުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އާއިލާއިން ދެކޮޅު ހެދުމުން އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ނުހަދައި ރޭ ފަތިހު ވަޅުލައިފިއެވެ.

ހިތް ހުއްޓިގެން ޖަމީލު ނިޔާވި ކަމަށް ކަނޑައަޅާފައި ވަނީ އިއްޔެ 12:45ގައެވެ.

ޖަމީލަށް އަނިޔާކޮށްފައިވާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރަން ފެށުމުން އޭނާގެ ހަށިގަނޑުގެ ޕޯސްޓު މޯޓަމް ހެދުމަށް ފުލުހުން ވަނީ ނިންމާފައެވެ. އެގޮތުން ފުލުހުން ވަނީ ހުޅުމާލޭ ސަހަރާއަށް ގޮސް ޕޯސްޓްމޯޓަމް ހަދަން ހަށިގަނޑުގެ ގެންދަން މަސައްކަތްކޮށްފައެވެ.

ނަމަވެސް ހަށިގަނޑުގެ ޕޯސްޓުމޯޓަމް ހަދަން އާއިލާއިން އިއުތިރާޒް ކުރުމުން އާއިލާއިން ބޭނުންވި ގޮތަށް ވަޅުލުމުގެ ހުއްދަ ފުލުހުން ވަނީ ދީފައެވެ.

އެހެންކަމުން ޖަމީލްގެ ކަށުކަމާކެމީގެ ކަންތައް ނިންމައި ވަޅުލާފައިވަނީ ރޭގެ ފަތިސްނަމާދަށް ފަހުއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް